އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ)

ތ.އަތޮޅުގަ އިތުރު އެއާޕޯޓެއް އަޅާނެކަމަށް އިދުކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބުރާހިމް މުހަންމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް އިބޫ ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އަތޮޅު ގުރައިދޫ އަށް ވަޑައިގެން ވިދާޅުވީ، ތިމަރަފުށީގައި އެއާޕޯޓެއް އޮތްނަމަވެސް ގުރައިދޫ ދާއިރާގެ ދަތުރު ފަތުރަށް ދަތިކަމެއް ކުރިމަތިވެފައިވާކަމަށްށެވެ.

"ވޭމަންޑޫ ފިޔަވައި އެހެން ރަށްރަށާ ދުރުގައި އޮންނަ ރަށެއް ކަމުން އެއާޕޯޓަށް ދިޔުމަށް މިއަތޮޅުގެ ގިނަ ރަށްރަށުގެ ރައްޔިތުން ދިގު ދަތުރެއް ކުރަންޖެހޭ. ދަތުރުފަތުރުގެ ގޮތުން ބަލާއިރު ތ.އަތޮޅަކީ މިހާރު މާލެއާ އެންމެ ދުރު އަތޮޅު. އެހެންވީމަ އެ ސަރަހައްދުގައި ވައިމަގުން ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ. އަދި މިކަމާ ދޭތެރޭގައި އަޅުގަނޑުމެންގެ ސަރުކާރެއްގައި ވިސްނައި، މިއަށް ގޮތެއް ހޯދަދޭނަން" އިބޫ ވިދާޅުވިއެވެ.

ތ.އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅާނެ ކަމަށް އިބޫ ވިދާޅުވިއިރު ރައިސް ޔާމީންގެ ސަރުކާރުން މާގިނައިން އެއާޕޯޓް އަޅާކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

ބަޖެޓްގަ ޖަހައިގެން ރައްޔިތުންނަށް ދަޅަ ދައްކަން އުޅޭނަމަ އެއީ ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުމެއް، އަޅުގަނޑުމެން ސަރުކާރެއް އަތުވެއްޖެނަމަ އެގޮތަށް ރަތްޔިތުންނަށް އޮޅުވާލުމެއްގެތެރޭ ނުބައި ތިއްބާނެކަމަށް އިބޫ ވިދާޅުވިއެވެ.

ތ.އަތޮޅު ގައި އިތުރު އެއާޕޯޓެއް އެޅުމަށް އިބޫ ވިދާޅުވިއިރު، އެކަމާ ބެހޭގޮތުން އިބޫ އިތުރު ތަފްސީލެއް ވިދާޅުވެފައެއް ނުވެއެވެ.

ރާޢްޖޭގެ ދަތުރު ފަތުރު ނިޒާމް ތަރައްގީކުރުމަށް ރައީސް ޔާމިން  އިސްނަންގަވާގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓް ތަރައްގީ ކުރމުގެތަފާތު އެކި މަސައްކަތްކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހދ ކުޅުދުއްފުށި، ށ. ފުނަދޫ ގދ ފަރެސްމާތޮޑާ، ނ މާފަރުގައި ވެސް އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ކިހިނެއް އަޅާނީ ކޮބާ ތިކަން ކުރާނެ އިންޖިނިއަރުން؟ ލޮލް

  2. ނޭޅޭނެ!! ނާޅާނެ!! މުޅިން ވަޢުދޭ ތިވަނީ ރަށްރަށަށް އަރާ!! ތިކަމެއްނުވާނެ!! ވި ނަމަ 2008 ވަނަ އަހަރު ތިޔަޕާޓީން ރައިސްކަމަށް އައިސް ކުރެވުނީސް!! އޭރުވެސް ތިބާވަތުގެ އެތައް ވަޢުދެއް ވަމުންދިޔައީ ނަޝީދުގެ ކެމްޕެއިންތެރެއިން އޭރު ރަށްރަށަށް އަރާ!! ވެރިކަން ލިބުނީމާ އެއްކަމެއްވެސް ނުކުރެވުނު ތާގައި އޭގެ ކުރިން ދެމުން އައިގޮތަށް ޚިދުމަތްތަށްވެސް ދެމެހެއްޓެނިވި ގޮތެއްގައި ނުދެވުނުތަން ފެނުނީ!! ސިއްޙީ ނިޒާމް އޭރު އޮތީ ކޮންފަދަ ޙާލަތެއްގައި!! އައިޖީއެމްއެޗް އޮތީ ވަރަށް ދަށުދަރަޖައިގަ!! ޑޮލަރުގެ ފަހަތުގަ ފުލުހަކު ބަހައްޓާނެކަމަށް ބުނެ ޑޮލަރު އަގުބޮޑު ކުރީ!! މުޅި ރާއްޖެ އިންޑިޔާއަށް ދިންތަން ފެނުނީ!! ފުރަތަމަ ދިނީ ރާއްޖޭގެ މައި ވައިގެ ބަދަރު!! ދެން ދިނީ މާލޭގެ ބޮޑެތި ތިން ބިން ޓާޓާ ކުންފުންޏަށް ފްލެޓް އަޅަން!! ދެން ދިރާގާ ފެންކުންފުނީގައި އޮތް ސަރުކާރުގެ މެޖޯރިޓީ ޙިއްސާ ވިއްކާލީ!! މިހުރިހާ ކަމެއްވެސް ކުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް ބަލާފައެއްނޫން!! ސަރުކާރުގެ ކުންފުނިތައް ދިޔައީ އިނދެޖެހެމުން!! މިހާރު މިހުރިހާކަމެއް ރައިސް ޔާމީންގެ ސަރުކާރުން ރަގަނޅުކޮށްފި!! ކުންފުނިތައް ކޮޅަށް ޖަހައިފި!! ޑޮލަރު ތިޔާގި ވެއްޖެ!! ތަރައްގީގެ އެތައް މަސއްކަތެއް ކޮށްފި!! ބޮޑެތި ބިޔަ މަސައްކަތްތަށް ނިމި އަނެއް ބައި މަސައްކަތްތަށް 2019 ގައި ނިމޭނެ!! އިބޫމެން ކޯޅޭޝަން ހަދައިގެން ވެރިކަމަށް އާދެވިއްޖެނަމަ ފުރަތަ އޮންނާނީ ބޯކިބާ ބެހުން!! ދެން ތިކިޔަނީ މެދުތެރެއިން އިންތިޚާބެއް ބާއްވާނެކަމަށް!! ތިބުނަނީ ސިފައިން އުވާލާނެކަމަށް!! ސަރުކާރުން ކުރާ ވިޔާފާރި (އެސްޓީއޯގެ) ކުޑަކުރާނެކަމަށް!! އިންޑިޔާއަށް އެއަރޕޯޓް އަލުން ދޭނެކަމަށް!! ދެން ކިހިނެތް އިގްތިސާދު ނަގާ ކޮޅަށްޖަހާނީ!! ނުވާނެ!! މިބުނީ ނުވާނެ!! އަދިވެސް ހަމަ ޔާމީން ވަރެއް ނެތް!! މިފަހަރު ރައްޔިތުން ތިޔަ ދައްކާ ހުވަފެން ނުބަލާނެ!! އެމީހުން ބަލަނީ ޔާމީން ސީދާ ހަމަލޮލަށް ދައްކާ ތަރައްގީ އާއި ތަމައްދުން!!

  3. ބޭނުމެއްނޫން އިތުރު އެޔަރޕޯޓެއް! ކޮސްހައްދައިގެން ވޯޓުހޯދަން ނޫޅޭ! ރައީސް ޔާމީންގެ މެނިފެސްޓޯއިން ވައްކަންކުރަނީ! ވަގުން އެގޭނު އެބަ؟؟؟!!!

  4. ހެހެހެ ޔާމީން ކޮޕީ ކުރުން ނޫންކަމެއް ނުކުރެވޭ. މޮޔަ ނުގޮވާ ހުރޭ. ތާއީދު ނެތީމަ ވާވަރުތީ. އިންޝާ ﷲ ޔާމީން2018

  5. ޙުސް ކޮޕީ ވައުދު.

  6. އިބޫ މި ބުނަނީ އިތުރު އެއަރޕޯޓެއް އަޅާނަމޭ. އަންނި މި ބުނަނީ އެއަރޕޯޓް އެޅުމުން ކަމުނުދާނެކަމަށާ ޖަޒިރާ ވަންތަ ކަން ހުންނާނި ސިޕްލޭން ގައި ދަތުރު ކުރުމުން ކަމަށް. ދެމިހުން ކިޔާ އެއްޗެއް ދިމާކޮށްބަލަ މާރަނގަޅުވާނެއެ

  7. އިބޫ ބޫ ބޫ ޫޫޫ ޫ ޫ ސަޅިނުކަނޑާ! އެއްއަހަރު
    ދުވަހަށް މަގާމުގައި ހުރެވޭ ސައީސަކަށް ކުރެވޭނެ އެއްވެސް ކަމެއްނުއޮންނާނެ އަމިއްލަ
    އަނބޮޑި ބޮޑުކުރުން ފިޔަވާ. ދިވެހިންނަށް މަލާމާތް ނުކުރޭ!

  8. އިހަވަންދޫ މީހާ

    އިބޫ މިކިޔަނީ ކީކޭ. މިހުރިހާ ދުވަހު ކަލޭމެން ކިޔަމުން އައީ އެއަރޕޯޓް އެޅުމަކީ ބޮޑު ގޯހެއް ކަމަށް. ތިމާވެށި ހަލާކުވެ ޖަޒީރާ ވަންތަ ކަން ގެއްލެނީއޭ. ރަނގަޅުވާނީ ސީޕްލޭން ގައި ދަތުރު ކުރެވޭނެ ގޮތް ހެދިއްޔާއޭ. ދެންތިޔާ ކިޔާ އެއްޗެއް ދެކޮޅުޖައްސަނީ ކިހިނަކުން. އަނެއްކާ އަންނި އިންޒާރު ދޭނެ އިބޫ މަޑުން ހުރުމަށް

  9. ތިމަރަފުށީ އާދަނު

    ތ އަތޮޅުގައި އިތުރު އެއާރޕޯޓެއް އަޅައްގެން ވާނެ ފައިދާ އެއް ނެތް... މިހާރު އޮތް އެއާރޕޯޓުންވެސް ދުވާލަކު ދަތުރު ކުރަނީ ވަރަށް މަދު ބައެއް... ތިމަރަފުށީ މުސްތޮފާބެ މައިތިރި ކުރަން ކޮންމެހެން ސްޓަންޓު ޖައްސާނެ ކަމެއް ނެތް... ކޮންމެވެސް އެހެން ކަމަކާ އުޅެ ބަލަ.... އިބޫ / ފައިސަލް

  10. ނައްޓު / އޭދަފުށި

    ތ އަތޮޅުގައި އިތުރު އެއާރޕޯޓެއް އަޅައްގެން ވާނެ ފައިދާ އެއް ނެތް... މިހާރު އޮތް އެއާރޕޯޓުންވެސް ދުވާލަކު ދަތުރު ކުރަނީ ވަރަށް މަދު ބައެއް... ތިމަރަފުށީ މުސްތޮފާބެ މައިތިރި ކުރަން ކޮންމެހެން ސްޓަންޓު ޖައްސާނެ ކަމެއް ނެތް... ކޮންމެވެސް އެހެން ކަމަކާ އުޅެ ބަލަ.... އިބޫ / ފައިސަލް

    • ތ.އަތޮޅު ތިމަރަފުށީގައި އެއާޕޯޓް އޮތުމުން ވޭމަންޑުއަށް ކައިވާކަމަށް އިބޫ ވިދާޅުވާއިރު އަދި ތިމަރަފުށީގައި އަންނިވެރިކަމު އެއާޕޯޓް އެޅުއްވިއިރު އިބޫ ހުންނަވީ ހަމހޭގަތޯ ސުވާލު އެބައުފެދޭ

  11. ތިހިރީ އެއަރޕޯޓް އެޅި އިތުރުވެފަ! ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލާށޭ ކިޔާފަ ބާވެ ހަސްނެތިފަ އޮތް ދެތިން ދޯނިގަނޑު ނެރެގެން މީހުން ގަނަތެޅުވިބައެއްނު ތިޔައީ! ފެނޭތަ މިހާރު؟ ވައިގެ މަގުން ރާއްޖޭގެ ރަށްތައް އެއޮއް ގުޅާލަނީ!

  12. ކޮބާ ޖަޒީރާ ވަންތަކަން.... މެނިފެސްޓޯ އަކާއި ދައްކާ ވާހަކަޔަކާއި ދިމާނުވޭ.... މިހެންވީމަތާ އަމިއްލަ ޕާރޓީ މީހުންވެސް ކަންބޮޑުވަނީ އިބޫ ރަށްރަށަށް އަރާ މިދައްކާ ވާހަކަތަކާހެދީ....

  13. އަޅުއްވާ. ކިޔާނީ ސިއްކަ އިންޓަރނޭޝަނަލް އެއަރޕޯޓް. ތިއާއިލާގެ ޚާއްސަ އެއަރޕޯޓަކަށް ހައްދަވައިދެއްވާ. ލަންކާއިން ގުރައިދުއަށް ސީދާ ދަތުރުތައް އަވަހަށް ފަށްޓަވާ

  14. ރޔ ގެ މެނިފެސްޓޯއިން ވައްކަންކުރަނީ؟ ވެރިކަމަށް އަންނަނީ ވެސް ވައްކަން ކުރަން. ޓިބި އިރު ވެސް ވައްކަން ކުރީ. ކޮބާ ޖީއެމްއާރު ލާރިގަނޑު؟ މިމީހުންނަށް ކުރެވުނު ވައްކަމުގެ ގިނަކަމުން އެހެން މީހުން ވެސް ވައްކަން ކުރާނެކަމަށް ހީކޮށް ވަގަށް ގޮވުން ނޫން ކަމެއް ނުވާނެ. އެނގޭތަ، ކޮރަޕްޓް ސަރުކާރެއް އޮތިއްޔާ ޤައުމު ތަރައްޤީ ނުވާނެކަން. މި ރާއްޖެ ކުރިއަރައިގެން މި ދަނީ މި ސަރުކާރުގެ ބުރަމަސައްކަތާއި އިޚުލާޞްތެރިކަމުގެ ސަބަބުން ﷲ ދެއްވާ މަދަދާއި ތައުފީޤުން.

  15. އަސްލުހާލަތު

    އެމްޑީޕީން ތިޔަ ކަން ވަނީ ޢަމަލުން ދައްކާފަ އެންމެ 3 އަހަރުތެރޭގަ 5 އެއަރޕީޓެއްގެ ބިންގާ އަޅާ 3 އެއަރޕޯޓްގެ މަސައްކަތް މުޅިން ނިންމި.. މިރައީސަށް 5 އަހަރުން އަދި ކިރިޔާ ބިން ހިއްކެނީ.. މިރައީސްގެ ވެރިކަމުގަ އަޅަން ފަށާ ނިންމި ހަމަ އެންމެ އެއަރޕޯޓެއްވެސް ނެތް..ކުޑަ ހުވަދޫގަވެސް އެއީ ވަހީދު ސަރުކާރުގަ ފެށި ތަނެއް.. މި ސަރުކާރުގަ ބިންގާ އަޅާ ނިންމި އެންމެ ފުލެޓެއް ނެތް.. މަސައްކަތް އެބަ ކުރެޔޯ..

    • ކަލޯ ސަރުކާރުން ނޫންތަ. ދެލޮލަށް މިރުސް އެޅިފަތަ ތިހިރީ. ޔާމީން ވެރިކަމުގަ ބިން ހިތްކާފަ އެޅި އެއަރޕޯރޓެއް ވާނުވާ ނޭނގިގެން ތެޅިބާލަނީ. ދޮގު ނޫން އެހެން އެއްޗެއް ހަދާކަށް ނޭނގޭ. ޢިންޝާﷲ ޔާމީން2018

    • ކުޑަހުވަދޫ އެއާޕޯރޓް މަސައްކަތް ފެށީ 2014 ވަނަ އަހަރު....ރައީސް ޔާމީން ސަރުކާރުން... މިކަން އޮޅުވައެއް ނުލެވޭނެ....

    • ކަލޭގެ ދެ ލޮލަށް ލެންސެއްލައްވަން އިންޑިޔާގެ ޗައިޓެންޔާ ހޮސްޕިަށް ފޮނުވަން ފެނޭ!!!

  16. ހެހެހެ މަޖިލީހަށް ވަދެ ސޮއިކޮށްފަ، ކޮމިޓީއަށް ވަދެ ބޯކޮށްޕާފަ ގެއަށް ދާނީ 105000 ރުފިޔާ ހިފައިގެންނެވެ. ހަލާލު ރުފިޔާ ހޯދަން ކިހާސަޅިގޮތެއް؟ ހާދަހާވާ ރައްޔިތުންނަން އޯގާތެރިއޭދީ... އިންސާފުގެ ކޮޅެއްނެތެވެ. އިޚްލާސްތެރި ކަމުގެ ފޮނިމީރުކަމާއެވެ... ސަހަރޯއޭ...

  17. ތ.އަތޮޅު އަޅަންވީ އިންޓަރނޭޝަނަލް އެއަރޕޯޓެއް. ޙުރިހާ ރަށެއް ކޯޒްވޭއަކުން ގުޅާލާނީ. މީ މެދުރާއްޖެތެރޭއޮތް އެންމެ އުންމީދީ އަތޮޅު. ސަރުކާރުތަކުން މިއަތޮޅަށް ވަނީ ވަރަށް އިހުމާލުވެފަ.

    • އުހުމާލު ވަނީ ވެފަ. ތިއީ ތެދެއް. އެކަމަކު ތ އަތޮޅުގެ ހުރިހާ ރަށެށް އޮންނަނީ އެއް ފަޅެއްގައި ނޫން ވީމަ ކޯޒްވޭ އަކުން ނުގުޅޭނެ. 13 ރަށް 6 ފަޅެއްގަ އޮންނަ އިރު އޮންނަނީ އެހާ ދުރުގަ.

      1. ބުރުނީ ފަޅު
      2. ވިލުފުށި--މަޑިފުށި--ދިޔަމިގިލި ފަޅު
      3. ގުރައިދޫ--ގާދިއްފުށި--ތިމަރަފުށި ފަޅު
      4. ވޭމަންޑޫ--ކިނބިދޫ--އޮމަދޫ-ހިރިލަންދޫ ފަޅު
      5. ވަންދޫ ފަޅު
      6. ކަނޑޫދޫ ފަޅު

  18. އެއަރޕޯޓު އަޅާނީ ހިރިލަންދޫ ކައިރީ

  19. ތިމަރަފުށީ އެއަރ ޕޯޓަށް ދުވާލަކު ފުލައިޓެއް ޖައްސާވަރަށް މީހުން ނުލިބި އުޅޭއިރު ކޮންއެރޕޯޓް އެއްގެ ވާހަކަ ބަލަގަ ކޮސްގޮވަނީތަ؟؟

  20. ޖަޒިރާގައި އެއާރޕޯޓް ހުރޭތަ!

  21. 2018 ޔާ ކާމިޔާބު ކުރައްވައިފި އިންޝާﷲ

  22. ޢައްދޭ، ތިވާހަކަ ތިބުނީ އަންނި ބެ ކައިރީގަ އަހާފަތަ؟ އަދި ޗެކްކޮއްލައްވާ. ޢަންނި ބެ ބޭނުން ވާނީ ކަންޑުމަގުން ހެލެމުން ހެލެމުން ދާން ހެން ހީ ވަނީ.

  23. ފައިނު މީހާ.

    މިފަހަކަށް އައިސް އެއަރޕޯޓް މަޝްރޫޢަކީ ރައީސް ޔާމީނުގެ އެޖެންޑާއެއް.އެކަމާ އިބޫ ނޫޅުއްވާ. އެކަމެއްނުވާަނެ ވައްތަރެއްވެސް ނޫން.

  24. ތިޔަ އެމްޑީޕީން ނޫންތަ ؟ ތިމަރަފުށީގައި އެއާޕޯޓެއް އަޅާނަމޭ ކިޔައިގެން ރެސޯޓެއްގާ ހުރި ޓޫރިސްޓަކަށް ފައިސާދީގެން ގެންގޮސް ތިމަރަފުށީ މީހުނަށްއޮޅުވާލީ .ތިޔަޕާޓީ އަކަށް ދިވެހި ގައުމު ތަރައްގީ އެއް ނުކުރެވޭނެ .ތިޔަ ޕާޓީން ކުރެވޭނެ ކަމަކީ އަދި މިހގާތަނަށް ކުރަމުން އައި ކަންކަމަކީވެސް ގައުމުގެ ތަރައްގީ އަށް ހުރަސް އަޅާ ތަރައްގީހުއްޓުވުން.

  25. މާލޭގަ ހުރި އެމްޑީޕީ ސަރުކާރުން ވިއްކާލި ބންތަކުގެތެރޭން މިހާރު އަތުނުލެވި އޮތީ ސޯސަންމަގު ގާއޮތް އެގްރިކަލްޗަރުން ގަސް ވިއްކާ ހެދި ބިން. މިބިން 5 މިލިއަނަ ޑޮލަރަށް ވިއްކާލީ އިންޑިޔާސަރުކާރަށް . 5 މިލިއން ޑޮލަރު އަބުރާދީފާ މިބިން އިންޑިޔާސަރުކާރުން ހޯދަންޖެހޭނެ. އެމްޑީޕީ ސަރުކާރުން ވިއްކާލި މިބިން އަވަހަށް ހޯއްދަވާދެއްވާ.

  26. މީގެކުރިން އެމްޑީޕީގެވެރިކަމުގަ އެއޮތީމަޑިފުއްޓާ ވިލުފުއްޓާވެސް ކޯޒްވޭއަކުންގުޅާލާފަ އެކަމުއެސްލޯނު ހޮޅިންހެދީމަވީގޮތަކީ ވިއްސާރައިގަ ހަލާކުވީ ދެންމިފަހަރު ގުރައިދުއާ ހިރިލަންދޫގަ އެއަރޕޯޓުއަޅަނީ އެމްޑީޕީގެވެރިކަމުގަ ތ އަތޮޅައް ކޮންކަމެއްބާކޮށްދީފައޮތީ

  27. ޢިބޫ ފަރަންޖީ

  28. އެއަރޕޯޓް އެއްބައި ނިމޭއިރަށް ބުއްޅަބޭ ބުނެފާނެ މަސައްކަތް ހުއްޓާލާފައި ލަނޑާނަގަން ދާށޭ! އިބޫ ޖެހޭނީ އެ އަމުރަށް ތަބާވަން. އެވަރުގެ އަޅުވެތިކަމަކު ހުރި މީހެއް ތިއީ!

  29. އިބޫގެ ދާއިރާއަށް މިވޭތުވި 5 ދައުރު ކޮށްދިން ކަމެއް ނިކަން ކިޔާދީބަލަ މަމެންނެަށް!

  30. ނޭޅޭނެ ނުވެސް އަޅާނެ. ރީނދޫމީހުންނަށް ވެރިކަން ކާމިޔާބު ވެއްޖެނަމަ އެއްމެ ފުރަތަމަވާނެ ކަމަކީ އިންޑިއާގެ ޖީއެމްއާރުން ހުޅުލޭ އެއަރޕޯޓާ ޙަވާލުވުން. އެހިސާބުން ބޭރުފައިސާ ނުވަތަ ޑޮލަރު އެ ތާށިވީ ދެންފަށާނީ މާތްﷲގެ ވާގިފުޅާއެކު ރައީސް ޔާމީންގެ މަސައްކަތުން ނަގާ ކޮޅަށްޖަހާފައިހުރި ކުންފުނިތައް ވިއްކާށެވެ. އެއާއެކު އީޔޫގެ އަމުރުތައް ތަންފީޒުކުރަން ފަށާނެއެވެ. އިސާހިތަކު ފައްޅިތަކުގެ ބިންގާތައް ދަމާލާނެ އެވެ. ދެނަކާދެނެއްނެތެވެ. ތަކެތީގެ އަގުތަށް އުފުލި މުޅިގައުމު އަނެއްކާވެސް ފަގީރު ކަމުގެ ތެރެއަށް ސޮއްސާލާނެއެވެ. އޭރު މިސްކިތްތަކުން ގޮވާ ބަންގީގެ އަޑަށްވުރެ ފައްޅިތަކުގެ ރަގަބީލުގެ އަޑުގަދަވާނެއެވެ. މާތްﷲ މިގޮތް މެދުވެރި ނުކުރަށްވާށި. އާމީން

  31. ޕިލަސްތިސިޓި.

    ޕުލާސްޓިކުންތަ އެއާޕޯޓު އަލަނީ. ޕުލަސްޓިކުން ތަރައްގީ ނެވޭނީ.

  32. މިއޮށް އެއާޕޯޓެއް. ރާއްޖޭގެ ރައްތަކަށް ބޭނުން ވަނީ ސީ ޕްލޭން ޖެއްސޭނެ ސިސްޓަމެއް. ދަތުރުފަތުރުގެ ގޮތުން ތ އަތޮޅަކީ އެންމެ ދުރު އަތޮޅު ކަމަކީ ހަމަ ތެދެއް. ގުރައިދޫ އަށް ސީ ޕްލޭން ޖެއްސޭ ގޮތަށް ހަދަންވީ.

  33. ރަނގަޅުވާނެއެ އެއާޕޯޓް ނެތް އަތޮޅެއްގައި އެޅުން އިބޫ އެއްއަތޮޅެއްގައި ހުރިހާ އެއާޕޯޓެއް އަޅާނެކަމެއް ނެތެއްނު. ހިންނަވަރުގަ އެއާޕޯޓެއް އެޅުން ކިހިނެއްވާނެ. އާބާދީ ބޮޑުރަށެއް އެހެންނުންތޯ.

  34. ހިންނަވަރު އިބޫ އަށް އެއްވެސް ކަމެއް ނުކުރެވޭނެ އަންނި ބުނާކޮތަށް ކަންކުރަން ހުރި މީހެއް ތިޔައީ. އަންނިޔަކީ ދޮގުހެދުމުގެ މާހިރު. ކަލޯ މާދަމާ ޖަވާބްދާރީވާން ޖެހޭނެ ހެއްދެވި ފަރާތަށް. ތިޔަވަރަށް ދޮގުނަހަދާ.

  35. ރުޒާނާ ޗޮއްޕަޓު

    ކަކަކަ ކަލޯ މިހާރުއްސުރެ ތިކަން ދޫކޮށްލާފަ ގެއަށް ވަންނަންވީނު. ކޮށްދޭނެ ކަމެއް އެނގެނީކީ ނޫން. ޔާމީން ކޮށް ދެއްވަމުން ގެންދަވާ ކަންކަމާއި ކޮށް ދެއްވަން ވިދާޅުވާ ކަންތަކުގެ ވާހަކަ ނޫނީ ދައްކާކަށްވެސް ނޭނގޭ. ވައްކަމެއްނު ތިކުރަނީ. ތިވަރުން ތިކަމާ ނޫޅެން ވީނު. އަޅެ ހަމަދަރުދީވޭ.

  36. ހުސެންމަނިކު

    ކިތައްމެ އަސަރެއްކުރިޔަސް އިބޫ ގުރައިދޫގަ އެއާރޕޯޓެއް އަޅާނެ