
އައްޑޫ ސިޓީ ފޭދޫގައި ދެސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ ފޭދޫ އީޒީ އެކްސް ފިހާރަ ކައިރިން ބޮޑު މަގުގައެވެ.
އެކްސިޑެންޓްގައި އަނިޔާވި ދެމީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
މިއެކްސިޑެންޓުގައި ބޮޑަށް އަނިޔާވެފައިވަނީ ބިދޭސީ އަކަށެވެ.
މިއެކްސިޑެންޓުގައި ދެން އަނިޔާ ވެފައިވަނީ ގަމުގައި ހުންނަ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ މީހަކަށެވެ.
އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.