ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުގެ އެއާޕޯޓަކުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ތައިލޭންޑުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އާދަމް ސާލިއާ ނަމަކަށް ކިޔާ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ އޭނާގެ ދަބަސްތަކުން ޖުމްލަ 800 ގްރާމުގެ ހެރޮއިން ފެނުމާ ގުޅިގެން ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އޭނާ ހައްޔަރު ކުރީ ތައިލޭންޑުން ފުރައިގެން މެލޭޝިއާ މަގުން ސްރީ ލަންކާއަށް ދަތުރުކުރުމަށް އެއާޕޯޓަށް ގޮސް ހުއްޓައެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާއިރު އޭނާގެ މައްޗަށް ވަނީ ކްލާސް 1 ގެ މަސްތަކުވާތަކެތި ގެންގުޅުމާއި ވިއްކުމުގެ ނިޔަތުގައި އެކްސްޕޯޓު ކުރަން އުޅުމުގެ ދައުވާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖޮއްބެ

    ކިހާ ދެރަކަމެއްތާ މިޖެހެނީ. ހަކުރުބޯ ހަކުރުގެ ވިޔަފާރިކުރާމީހުންނާ ހެދި ބޭރު ގައުމު ތަކުގައި ދިވެހިންގެ އަގުވެއްޓެނިއްޔޭ.

  2. ޙައްޖަ

    ބޯންޖެހޭ. ބޮވެންޖެހޭ. ދޮންމީހުން އުޅޭހެން އުޅެން ޖެހޭ

  3. އާބިދާ

    މިއީ އަންނި ގެންނަން ބޭނުންވާ ތަރައްޤީ