ލ.ގަން
ލ.ގަން

ލ.ގަމުގައި ހިޖާމާ ޖެހި މެދު އުމުރުގެ އަންހެނަކު ހިޖާމާ ޖަހާ ނިމުނުތަނުން ނިޔާވެއްޖެއެވެ.

ގަމުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އިއްޔެ ރޭ އެރަށުގައި ހިޖާމާ ޖެހި މެދު އުމުރުގެ އަންހެން މީހާ ހިޖާމާ ޖަހާ ނިމުނުތަނުން ހޭނެތުނު ކަމަށާއި އޭނާ ނިޔާވީ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއް ފަހުންނެވެ.

"އޭނާ އަކީ ހިތުގެ ބަލި ނުވަތަ ލޭމައްޗަށް ދިއުން ފަދަ ބައްޔެއް ވެސް ހުންނަ މީހެއް ނޫން ކަމަށް ވަނީ. ހިޖާމާ ޖަހާ ނިމުނުތަނުން އަނބުރައިގަނެގެން ވެއްޓުނީ. ދެން އަވަހަށް ހޮސްޕިޓަލަށް ގެންދިޔައީ. އެކަމަކު ގިނައިރުތަކެއް ނުވެ ނިޔާވެއްޖެ." މައުލޫމާތު ދިން މީހާ ބުންޏެވެ.

ގަމުން ވާހަކަ ދެއްކި މީހާ ބުނީ އަންހެން މީހާގެ ގައިގައި ހިޖާމާ ޖަހާފައި ވަނީ މިހާރު މާލެ އިން އެރަށަށް ގޮސް އުޅޭ ބައެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މިރަށަކީ ހިޖާމާ ޖަހާ މީހުން އުޅޭ ރަށެއް ނޫން. މާލެ އިން އައި ބަޔަކު ކުރި ކަމެއް ކަމަށް ވަނީ."

ހިޖާމާ ޖެހުމަކީ މިހާރު ވަކި ހުއްދައެއް ނަގައިގެން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ގަމުގައި ހިޖަމާ ޖެހީ އެކަމުގެ ހުއްދަ އޮންނަ ބަޔަކުކަމެއް ކަށަވަރެއް ނުވެއެވެ.

ހިޖާމާ ޖެހިތަނުން މީހަކު ނިޔާވި މައްސަލަ ފުލުހުން ތަޙްޤީޤު ކުރޭތޯ ކަށަވަރު ކުރުމަށް ފުލުހުންނާއި ސުވާލު ކުރުމުން އަދި މައުލޫމާތު ސާފުކޮށްދެއްވާފައެއް ނުވެއެވެ.

ނިޔާވި އަންހެން މީހާ އުޅެނީ މީހަކާއި އިނދެގެންނެވެ. އޭނާގެ ކުއްޖަކު ނުހުންނަކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

 1. ދެރަކަމެއް

 2. ޢޮޕްރޭޝަން ކޮއްގެން މަރުވާ މީހުން މަދެއްނޫން

 3. އެހެންއެވަނީ ހިޖާމާޖަހަން ނޭނގޭ މީހުން ދަންނަކަމަށް ހެދިގެން ހިޖާމާ ޖަހަން އުޅެގަތުމުންނެވެ މިއީ ވަރައްދެރަ ކަމެއް މިހާރަކައް އައިސް ރާއްޖޭގައި މިކަންތައްތަށް ވަރަށް ހަލުވިކަމާއެކު ސުޕީޑުގައި ކުރިޔަށް އެބަދެއެވެ ރައްޔަތުން މިކަމަށް ސަމާލުވުމައް ދަންނަވަމެވެ .

  • ވާނުވާ ނޭނގި ކޮމެންޓް ނުކޮށްބަލަ. ޙިޖާމާގެސަބަބުން ވާކަމެއް ނޫން. ތިބުނާގޮތުން ދެމަފިރިކަމުގެ ގުޅުން ހިންގުމަށްވެސް ހުއްދަނަގަންޖެހޭނެ

  • ހުއްދަ އެއް އޮތުން މުހިއްމު. ވާނުވާ ނޭނގި ކުރެވޭ މިކަހަލަ ކަމަކުން ދެރަކަންތައް މިދިމާވަނީ. ހަދަން ޖެހޭ ޓެސްޓު ތައް ހެދުމަށްފަހު އެކަމެއްކުރުމުން ގެއްލުމެއް ނުލިބޭ ކަންތައް ކުރުން ރަނގަޅީ، ހިތާމަ ހުރި.!!

 4. ތިޔަކަމަށްވެސް އެބަޖެހޭ ޤަވާޢިދެއް ހަދަން1 ކޮންމެ ކޮންމެ މީހަކަށް ކުރެވެން އޮތުން ރަގަޅެއް ނޫން!، އެކަމަށް ހުއްދަލިބޭނެ މިންގަޑެއް ކަަޑައެޅުން މުހިއްމު ކަމެއް..

 5. ތިފަދަ ދެރަ ގޮތެއް މީގެ ކުރިން ހިޖާމާ ޖެހި މީހުންނަށް ދިމާވެފަ ނެތަސް މިކަން ރާއްޖޭގަ ކުރަނީ ވަރަށް ދޯދިޔާ ކޮށް. ހިޖާމާ ޖަހާ މީހާގެ އަތުގަ އެއްވެސް ސެޓްފިކެޓެއް ނޯވޭ. ޔޫޓިޔުބް ބަލައިގެން ދަސްކޮށްގެން ޖަހަނީ. ކަމާ ބެހޭ ފަރާތުން މިކަން ރެގިޔުލޭޓް ކުރަން ޖެހޭ. މީހަކު މަރުވީމަ އެކަނި ވާނުވާ މި ބަލާލަނީ..

 6. ހިޖާމާ ޖަހަނީތަ. ނޫނީ ލާރިގަނޑެއް ހޯދަނީތަ

 7. ދިރިތިބީން މަރަށް ތައްޔާރުވޭ

  މަރަކީ މީހަކަށް ހުއްޓުވޭނެ ކަމެއްނޫން.. ނިޔާވި މީހާގެ އާއިލާއަށް ކެއްތެރިކަން ދެއްވާންދޭ. ނިޔާވި މީހާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާންދޭވެ..އާމީން

 8. ހިޖާަމާ ޖަހަނީ މީހާޔާ ވާހަކަ ދައްކަމުން މީހާގެ ފަރާތުން ވަކި އަސަރުތަކެއް ނުކުމޭތޯ ބަލަމުން. އަދި އެމީހެއްގެ ސިއްހީ ހާލަތު ވަރަށް ރަނގަޅަށް އޮޅުން ފިލުވައިގެން. މީ ވަރަށް ދެރަ ކަމެއް، މިކަން ރަނގަޅަށް ކުރާ މީހުންނަށް ލިބޭ ވަރަށް ބޮޑު ދެރައެއްމީ މި ގޮތަށް ކޮންމެ ކޮންމެ ބަޔަކު ކުރަން ފެށުން، އަހަރެން ދަންނަން ދިވެހި ބޭސް ހަދާ މީހަކު ލަންކާގައި 6 މަސް ދުވަހު މި ކިޔަވައިގެން ހަމަ ފެންވަރުގައި ޖަހާ މީހެއް، މިފަދަ މީސް މީހުންނަށް ކިހާ ބޮޑު ދެރައެއް މީހުންގެ އިތުބާރު މިކަމަށް ގެއްލުމަކީ.

 9. މިއޭ މައްސަލަ އަކީ. ތަނެއްދޮރެއް ބެލުމެއްނެތި ހަމަ ފޭސްބުކްގައި އިޝްތިހާރުކޮށްލާއިރަށް އެމީހަކު ލައްވާ ގޭ އެނދުކޮޅުގައިވެސް ހިޖާމާ ޖަހުވަންވީ. ތަނުގެ ސާފުތާހިރުކަމެއް އެހެންކަމެއް ބެލުމެއްނެތް. އެހެންނުވާނީ. އަޅާލާނެ، ރެގިއުލޭޓްކުރާނެ ބައެއްނެތްވިއްޔާ. ލެޔަކީ ހިތަށްއެރިގޮތަށް ބޭނުންމީހަކު ބޭނުންގޮތަކަށް ހަދަން ހުއްދަދޭވަރު އެއްޗެއްނޫން. މިރާއްޖޭގައި މިވަރުކަމެއް ރަނގަޅުގޮތުގައި ކޮށްލާނެބަޔަކުވެސް ނެތް.

  • އަސްލު ވަރަށްރަނގަޅު ވާހަައެއްތި ހިޖާމާ ޖެހުން ރުޤްޔާ ކުރުންވެސް ތަނެއްދޮރެއްނުދަންނަ ކިތައްމީހުންތީކިރަނީ މުޅި ޖީލު ނަފްސާނީ ބަލިމަޑުކަމަކަށް ހުށަހެޅިއްޖެ.

  • ރެގިއުލޭޓަރ

   ރާއްޖޭގައި މިހާރު ތިކަންއެބަކުރޭ ރެޖިސްޓަރ ކޮށްގެން. ޓެސްޓްތައް ހަދައިގެން. ކުރިންދުވަހަކު ރައްޓިއްސަކު ބުނި ޑޮކްޓަރުންގެ ބެލުމުގެ ދަށުން ޙިޖާމާޖަހައިދޭތަނެއްވެސް ހުންނަ ވާހަކަ. ތަންކޮޅެއް ބަލާފަ ވާހަކަ ދައްކަބަލަ.

 10. އަޖަލަކީ އިންސާނާއާ އެންމެ

  ކައިރީގަވާ ކަން. އެވަގުތަކީ

  ތިޔަ ވިދާޅުވި ވަގުތައް ވެސް

  ވެދާނެ. ކަމެއްވާ އިރައް އަނެކާގެ

  ބޮލައް ކަނޑާލުން ދޫކޮށް ކަމުގެ

  ހަގީގަތް ހޯދުމަށް މަސައްކަތް

  ކުރުން މުހިންމު.

  • އާނ ކޮންމެގޮތެއްވިޔަސް އެއީ އަންހެންމީހާގެ އަޖަލް އެހެންވީމަ ނިޔާވީ. ދެން ހިޖާމާ ޖެހި މީހުންގެ ހަގީގަތް ބެލުން މުހިއްމު. މާތްﷲ އޭނަޔަށް ފާފަ ފުއްސަވާ ސުވަރުގެ މިންވަރު ކޮށްދެއްވަވާށި އަދި އާއިލާޔަށް ކެއްތެރިކަން މިންވަރުކޮށްދެއްވަވާށި އާމީން

 11. ހިޖާމާ ޖެހުމަކީ ކޮބައިތޯ؟؟؟؟؟

  • ހަށިގަނޑުގަ ހުންނަ ނުރަނގަޅު ލޭ ނެގުން ގެއްލުން ނުވާ ވަރަށް ކުޑަކޮށް ކަނޑާލައިގެން

 12. ފޭކް ކަންތައްކުރަންޔާ ވާނީ އެހެން. ޑޮކްޓަރަށް ދާންވާއިރު ޕަންޑިތުޖީ ކައިރިއަށް ދިޔާމަ ލިބުން ދެރަތީ

  • ފޭކު ވީމަތާ އޮލިމްޕިކްސް އެތުލީޓުން ޖަހަނީ. ހާދަ ކުރި ނާރައޭ ދޯ ބޭފުޅާ. މީ ކަމެއް ވާ އިރަށް ބޭސް ހަންދަރެއް ކާ ޒަމާނެއް ނޫނޭ. އެހެންތަ ވާނީ ޕަންޑިތުޖީގެ ސީރީޒް ބަަލަން ހޮރުތެރޭ އަބަދު އޮންނަންޔާ.

 13. ހިޖާމާ ޖަހަން އޮންނަ ލިމިޓަށް ވުރެން ގިނައިން ލޭނެގުނީ. އެހެން ނޫންނީ ތިލަ ބޭނުން ކުރުމުގައި ނާރުތައް ބުރިކޮއްލެވޭނެ ވަރަށް ފުންކޮށް ކަނޑާލެވުނީ. ތަޖުރިބާ ނެތި ތިލަ ބޭނުން ކުރުން ރައްކާތެރި ނުވާނެ. ބޮލަށް އެނބުރުން އަރާނެ ލޭ މަދުވުމުން. އެހެން ދިމާވެއްޖެނަމަ ހިޖާމާ ޖެހުން ވަގުތުން ހުއްޓާލާފަ ހަމަ ތަނެއްގަ ބާއްވާފަ 2 ފައި 2 ފޫޓު އުސް އެއްޗަކަށް އަރުވާފަ 20 މިނެޓަށް ބާއްވަން ޖެހޭނެ. އިތުރަށް ކުރިޔަށް ގެންގޮސްފިނަ ހޭނެތުން އެކަށީގެންވޭ.

 14. ފަޤީރު ކަލޯ!

  ހޮސްޕިޓަލް ތަކުގައި އޮޕަރޭޝަން ކުރުމާއި ސިޒޭރިއަން ހަދައިގެން މަރުވާ މީހުން މަދެއްނޫން! އެކަމަކު އެނުވޭ ދެރަކަމަކަށް!

 15. ހިޖާމާއޭ؟ އެއީ ކޯންޗެއް؟ ކޮންތާކަށްތަ ހިޖާމާ ޖެހީ؟

 16. ހިޖާމާ ޖަހަން ބޭނުން ނުވާމީހުން ހިޖާމާ ނުޖަހާށެވެ.

 17. ހިިޖާާާާމާާ ޖަހިއަގެން މީހަކު މަރެންނުވާނެ

 18. ކޮންމެ ޕްރަފެޝަން އަކީ އެކަމުގެ އިލްމު ލިބިގެން ކުރަންވާނެ ކަމެއް. އެކަން ވާންޖެހެނީ އެގޮތަށް. މިތާނގަ ކޮމެންޓް ކުރައްވާފައިވާ އެއްވެސް ބޭފުޅަކަށް ޔަގީންތޯ އެ އުޚްތާ ދުނިޔެ ދޫކުރީ ހިޖާމާ ޖެހުމުގެ ސަބބުންކަން؟ ބަލަގަ ﷲ ސުބުހާނަހޫ ވަތަޢާލާ އަންގަވާފަ ވަނީ ކޮންމެ މީހަކަށް ވެސް ކަނޑަ އެޅުގެންވާ ވަގުތެއްވެޔޭ އެ ވަގުތު އައުމުން ލަސް ނުކުރައްވާ ނަމޭ. ބޮލަށް ބަޑިޖަހާފަ މެޔަށް ބަޑިޖާހަފަ ހޭނެތިފައި ތިބޭ ބައެއް މީހުން މަރުވެފަ އަނެއްބައި މީހުން އެތަކެއް އަހަރުވަން ދެން ދުނިޔޭގަ އުޅެނީ ކިހިނެއް ވެގެންތޯ؟ ހިޖާމާ ނުޖެހި ކަމުގައިވި ނަމަވެސް އެދުވަހު ﷲ އޭނަގެ ފުރާނަ ގެންދަވާނެ ކަން ނޭގެނީ ގަޟާ ގަދަރަށް އީމާން ނުވެވޭތީ. ނޭގޭތީ. ކާކަށް ތޯ ލިޔެވިފައިވާ ދުވަހުގެ ލިޔެވިފައިވާ ވަގުތު އައުމުން އެނެކާ މަރުވިޔަ ނުދީ ހިފަހެއްޓެނީ؟ އެވަގުތު ހިޖާމާ ޖަހާ ނިމިގެން ހިނގައި ދިޔަ ވަގުތު ކަމުގައި ލެއްވީ ﷲ ގެ ޢަޒަލުގައި އެކަން މާކުރިން ލިޔެވި ނިމިފއަި އޮތުމުން. އެހެންޏާ އެވަގުތު އެކަނބުލޭގެ ނަމާދު ކުރަން ހުރި ކަމުގައި ވިއަސް ﷲ ގެ ހަޟްރަތަށް ގެންދަވާނެ ކަން ނެގެނީ ﷲ މެދު ޔަގީން ނުކުރާ ބަލި މަޑުކަމެެއް ހިތުގައިވާ ބައެއް.ކަން ކަށަވަރު

  • ވ.ރަނގަޅު ވާހަކައެއް.

  • ރަނގަޅު އެކަމް އެއީ ހަމައެކަނި މާތްﷲއާމެދު ޔަގީން ނުކުރާ މީހުންނެއްނޫން. އެއީ އަދި ނުވިސްނޭ މީހުންނާއި ވިސްނުމުގެ ބޭނުން ނުކުރާމީހުން

  • ތިކޮށްލެވުނީ ހިތުން މޮޅު ކޮމެންޓެއްދޯ؟ މަރުވާނެ އިރަކުން މަރުވާނެއޭކިޔާފަ އިންޑިއާގެ ވަލުތެރޭގައިހުރި އެއްސިރިންޖަކުން 60 މީހުންގަޔަށް އިންޖެކްޝަންޖަހާތަނަކަށްގޮސްވެސް ބޭސްކުރުވަންވީދޯ؟ އެހެންނެއްނޫން. ކަންތައްތައް ކުރަންޖެހެނީ އޭގެ ރައްކާތެރިގޮތުގަ. ޙިޖާމާވެސް ޖަހަންޖެހޭނީ އެކަމުގެ ތަޖުރިބާހުރި، ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިންކުރާ މީހަކު ލައްވާ. ނިދާ އެނދުގެ އެއްކޮޅުގައި ހިޖާމާ ޖަހާމީހުން އެމީހުން ގެންގުޅޭ އާލާތްތައް ސްޓެރިލައިޒްކުރާގޮތް އެނގޭތަ؟ މާދީންވެރިވެގެން ކޮމެންޓްކުރާއިރު ކުޑައިކޮށް ސިކުނޑިވެސް ބޭނުންކޮށްބަލަ

 19. ކޮންމެ ކަމެއްވެސް ކުރަންވާނީ އެކަން ރަގަޅަށް ދަންނަމީހުން، ކަމެއް ދިމާނުވާނެއެކޭނޫން.

 20. މަރު ބައްދަލުކުރާނެ ވަގުތެއް އެއްވެސް މީހަކަށް ނޭގޭނެ. ފަހަރެއްގައި ހިޖާމާޖެހުމުގެ ސަބަބުން ކަމެއްކަމުގައި ނުވެދާނެ.

 21. ހޮސްޕިޓަލަށް ގެންދިޔައީމަ ބޯބުރިކޮށްލައިގެން ނުވަތަ ނުބައި އިންޖެކްޝަނެއް ޖަހައިގެން މާރާލީ ކިތައް މީހުންތަ ؟ އެއީ އެމީހުންގެ އަތުގައި ހުއްދަނެތިގެންތަ ؟ ނޫނީ އެކަމަށް ޤަވާއިދު ނެތީތަ ؟ މޮޔަނުގޮވަބަލަ ؟ އިންސާފު ލިބޭނީ އިންސާފު ވެރި ވެރިން ތަންތަނުގައި ތިބެގެން !އިންސާފުން ކަންތައް ކޮށްގެން ! ވަލުޖަނަވާރުން އުޅޭ ތަންތަނުގައި ކަންތައް ހިގާނީ ތިގޮތަށް ! ގަދަމީހާގަ ! ބަލީމީހާ ހުންނާނީ ދުރުގަ !

  • ހޫނ އެއްކަލަ ރީނދޫ ހަކުރުބޯ ކަލޭގެދޯ.

   • އޭ ލަލަލާ އަށް އިނގޭތަ އޭނަ ހަކުރުބޯކަމާ އޭނަތާއީދުކުރާ މީހެއް. ފިލާ ހުރެގެން ކޮމެންޓެއް ކޮށްލެވޭތީ ހިތަށް އެރި އެއްޗެއް ތިލިޔަނީ. ފާފަވެރިވާފަދަ ބަސްތަށް އިންޝާﷲ ބޭނުން ނުކުރަމާ އެއްވެސް މީހަކު

 22. ޙިޖާމާއަކީ އަސުރުގެ ފަހުން ޖަހާ އެއްޗެއް ނޫން. ޖަހަން ޖެހޭނީ ހޯމަ ޢަންގާރަ ބުރާސްފަތީގައި.

 23. މީގެކުރިން ވެސް އެމީހާވަނީ ހިޖާމާ ޖަހާފަ އެކަމަކު މަރެންނުވޭ.

 24. ހިޖާމާ ނުވަަތަ ކަވާ ޖެހުމަކީ ދީން ގައި ބާރު އަޅުއްވާ ފައިވާ ކަމެއް.މަރަކީ ވަގުތު ޖެހުމުން ވާ ކަމެއް..ނުދަންނަ މީހުން އެކަން ނުކުރުން އެއީ އެންމެ ރަނގަޅު ގޮތް.ބަލަން ޖެހޭ މިންގަނޑު ތަކެއް މި ޖަހާ އިރު އޮންނާނެ.ހަންގަނޑުން ކަނޑާ ކެނޑުން ތަކަކީ ވަކި މިނެއްގއި ކަނޑާ ކެނޑުން ތަކެއް..މަރު ސާބިތު ކުރާ އިރު އިނގޭނެ ހިޖާމާ ޖެހުމުގެ މައްސަަލަ އެއްވިއްޔާ..ދުއާ އަކީ އާއިލާ އަށް ކެތްތެރިކަން ދެއްވުން..މައްޔިތާ އަށް ސުވަރުގޭގެ ނިއްމަތް މިންވަރު ކޮށްދެއްވުން

 25. އަހަރެން ހިޖާމަ ޖެހިފަހުން ބޮލުގަ ވަރަށް ހަންފޮޅޭ ހިޖާމާ ޖެހިތަނުގައި. އަހަރެން ބޮލަށް ހިޖާމާޖެހީ ބޮލުގަ ރިއްސާތީ. ހަމައެގޮތަށް އަހަރެން ދަންނަ ކިތަންމެ މީހެއްވެސް ބޮލުގަ ރިއްސާތީ ހިޖާމާ ޖެހި ، އެހެންދިމާވީ އަހަރެން އެކަންޔަށް

 26. ކަންމަތީ ފިހާރައިގަވެސް ހިޖާމާ ޖަހަނީ!! ބޮޑުވަރެއް!!

 27. ބޮލެއް މަދުވިީ

 28. ހިޖާމާ ޖަހަން ރަށްރަށަށް ދަނީ ހުއްދަ އޮންނަ އެކަން ދަން ނަމީހުނެއްނޫން. ލާރޫގެ ބޭނުމުގައި ނޭނގޭ ކަންކަންވެސް ކުރަމުންދަނީ

 29. އައިޝަތު ނަފީސާ / ހޮޅުދޫ

  މި ރަށުމީހަކުވެސް އެބަ އުޅޭ ޔޫޓިއުބުން ދަސްކޮށްގެން ހިޖާމާ ޖަހާމީހެއް. މިހާރު އެދަނީ ޔޫޓިއުބުން ރުގުޔާ ކޯހެއްވެސް ހަދަމުން. އޭނަގެ ކޮޓަރި ނިދާނިމުމުން ބަދަލުވަނީ ހިޖާމާ އެނދަކަށް. ވަރަށް އަގުވެސް ހެޔޮ.

 30. އަސްލު މައްސަލަ ހަަމަކޮއްފައެއް ނެތް ޑޮކްޓަރުންނެއް. އެހެންވީމާ އެއީ ހިޖާމަ ޖެހުމުންނޭވެސް ބުނެވޭކަށް ނެތް. ޚަބަރު އެކި ފުރިހަމައެއް ނޫން އެހެންްވީމާ ކޮމެންޓްކުރާއިރު ވިސްނާލާ. ވީނުވީއެއް ނޭގެ.

 31. މީ ދާއިމަށް ދެމިހުރެވޭނެ ތަނެއްނޫން .. ކޮންމެ މީހަކުވެސް އެމީހެއްގެ އަޖަލު ހަމަވީމަ ޖެހެނީ މިތަނުން ދާން... ހިޖާމާ އެއްނޫން ކޮންމެ ކަމެއް ކުރަނިކޮއްވެސް އަޖަލު ހަމަވެދާނެ....................

 32. ހިޖާމާ އަކީ ރަގަޅު ފަރުވަައެއް. ދެން މަރަކީ ކޮންމެ ވަގުތަކުވެސް ވެދާނެ ކަމެއް. ތިކަން ވީގޮތެއް ބަލަން ޖެހޭނެ