މި އަހަރުގެ އަޟުހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނަމަ ހުއްދަ ނެގުމަށް އިސްލާމިކް މިނިސްޓްރީ އިން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިޔުލާއެއްގައި ވަނީ، މި އަހަރުގެ އަޟްހާ ހީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް އެކަމަށް އެދި، ރަށްރަށުގެ ކައުންސިލްތަކުން ނުވަތަ ޖަމިއްޔާތަކުން އެ މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްގެން ނުވާނެ ކަމަށެވެ.

އަދި ހުއްދަ ހޯދަން އެދޭއިރު، އަޟްހާ އީދު ނަމާދު އިމާމުވެ ކުރައްވާ ބޭފުޅުންގެ މައުލޫމާތުވެސް އެ މިނިސްޓްރީއަށް ފޮނުވުމަށް އެ މިނިސްޓްރީން ނެރުނު ސާކިޔުލާގައި ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީގެ ހުއްދައާ ނުލައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނުކުރެވޭ ގޮތަށް ހަމަޖެއްސެވީ ކީއްވެކަމެއް ނޭގެއެވެ.