ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު އަކީ ރާއްޖެއަށް ކޮންމެހެން ބޭނުން މަޝްރޫޢުއެއް ކަމަށާއި އެއް ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން އެއާޕޯޓް ތަރައްޤީ ކުރުމަށްޓަކައި ނަގާފައިވާ ލޯނުތައް ދެއްކޭނެކަމާއި މެދު އެއްވެސް ޝައްކެތް ނެތް ކަމަށް ރާއްޖޭގެ މަޝްހޫރު ބޮޑެތި ވިޔަފާރިވެރިންތަކެއް ވިދާޅުވެއްޖެއެވެ.

ވިޔަފާރިވެރިން މިހެން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

ޕީއެސްއެމްގެ "މައި ނޭޝަން މައި ފިއުޗާ" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންނެވި ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފް، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)، ކްރައުން ކޮމްޕެނީގެ ވެރިޔާ އަހްމަދު ނަޒީރު (ކްރައުން ނަޒީރު)، މުހައްމަދު އަލީ ޖަނާހް (ޖަނާ) އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް ވަނީ ރައީސް ޔާމިންގެ އިޤުތިޞާދީ ސިޔާސަތައް ވަރަށް ބޮޑަށް ތާއިދު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ޖަނާ ވިދާޅުވީ ފަސް އަހަރު ކުރިން އެއާޕޯޓް އޮތީ ވަރަށް ހާލަތު ދެރަކޮށް ކަމަށާއި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ވެސް އޮތީ މާބޮޑަށް ލަސްވެފައި ކަމަށެވެ.

"ސިންގަޕޫރު ތަރައްޤީ ވެގެން އައި ދެސަބަބަކީ އެއާޕޯޓާއި ސީޕޯޓް. އެއާޕޯޓާއި ރީޖަނަލް އެއާޕޯޓްތަައް ތަރައްޤީ ކުރުން ވަރަށް މުހިންމު. އެއާޕޯޓް ޕްރޮޖެކްޓަކީ ރާއްޖެއަށް އެންމެ މުހިންމު އެއް ޕްރޮޖެކްޓް." ޖަނާ ވިދާޅުވިއެވެ.

ޖަނާ ވިދާޅުވީ ވިސްނަން ޖެހޭނީ އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް ކަމަށާއި އެއާޕޯޓް ތަރައްޤީ ކުރަން ނަގާ ލޯނުތައް ރިކަވާ ކުރެވޭނެ ކަމާއި މެދު އެއްވެސް ޝައްކެއްނެތް ކަމަށެވެ.

ޗަމްޕާ އަފީފް ވިދާޅުވީ ތަރައްޤީ ކުރެވޭނީ ފައިސާ ޚަރަދުކޮށްގެން ކަމަށެވެ.

"އެއާޕޯޓް ތަރައްޤީ ވާން ޖެހޭނެ. ފައިސާ ޚަރަދުކޮށްގެން ކުރިއަށް ދާނީ. އަމިއްލަ ވިޔަފާރިން ވެސް ފެންނަން އޮތީ އެޙަޤީޤަތް. އަޅުގަނޑުމެންނަށް ތިބެވިދާނެ ވަޅެއްގެ ތެރޭގައި ތިބޭ ގޮތައް. އިރު އަރައިގެން އިރު އޮއްސޭނެ. ނަމަވެސް ތަރައްޤީ ވާން ބޭނުންވާނަމަ މިހުރިހާ ކަމެއް ކުރަން ޖެހޭނެ." ޗަމްޕާ އަފީފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ ހަތް މިލިއަން ފަތުރުވެރިން ގެންނަން އޮތް އެންމެ ބޮޑު ދައްޗަކީ އެއާޕޯޓް ތަރައްޤީ ވެފައި ނެތުން ކަމަށެވެ. "ރާއްޖޭގެ މިހާރުގެ ޓްއަރިޒަމް ކެޕޭސިޓީ އިތުރު ކުރެވޭނީ އެއާޕޯޓް ތަރައްޤީ ކުރެވިގެން. ރާއްޖެއަށް އެއާލައިންތައް ގެންނަން ބޭނުންވާ އެތައް ބަޔަކު އެބަތިބި. ރާއްޖެ މިއޮންނަ ސަރަހައްދުގެ ގޮތުން ކާގޯ ވިޔަފާރި ތަރައްޤީ ކުރެވޭނެ." އާސިފް ވިދާޅުވިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމްގައި ވިޔަފާރިވެރިން ބައިވެރިވަނީ
ޕީއެސްއެމްގެ ޕްރޮގްރާމްގައި ވިޔަފާރިވެރިން ބައިވެރިވަނީ

މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވީ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު އަކީ ރާއްޖޭގެ އިޤުތިޞާދަށް ކޮންމެހެން ބޭނުންވެފައިވާ މަޝްރޫޢުއެއް ކަމަށާއި އެމަޝްރޫޢު ކުރިއަށް ނުގެންގޮސް އިތުރު އެއްވެސް މަސައްކަތެއް ކުރެވެން މިހާރު ނެތް ކަމަށެވެ.

ކްރައުން ކޮމްޕެނީގެ ވެރިޔާ ނަޒީރު ވެސް ވިދާޅުވީ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް ނަގާފައިވާ ލޯނުތައް ދެއްކޭނެކަމާއި މެދު ޝައްކެތް ނެތް ކަމަށެވެ.

"ޖީއެމްއާރް އަތުން އެއާޕޯޓް އަތުލިފަހުން މިހާރު ފައިދާގެ ގޮތުގައި އެމްއޭސީއެލް އަށް ވާނީ 400 މިލިއަން ޑޮލަރު ލިބިފައި. އެހެންކަމުން ވަރަށް ޔަގީންކަމާއި އެކު މިދަންނަވަނީ އެއާޕޯޓް މަޝްރޫޢުއަށް ނަގާ ލޯނުތައް ދައުލަތުގެ މާލިއްޔާއިން ދައްކާކަށް ނުޖެހޭނެ." ނަޒީރު ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އާރަންވޭއަކާއި އާޓާމިނަލެއް އަދި ފިއުލް ސްޓޯރޭޖަކާއި ކާގޯ ޓާމިނަލެއް އަޅަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ސީޕްލޭން ޓާމިނަލަކާއި ވީއައިޕީ ޓާމިނަލެއް ވެސް އަޅާނެއެވެ. މީގެ ތެރެއިން ހުރިހާ މަސައްކަތެއް ވެސް މިހާރު ފެށިފައި ވާއިރު ޓާމިނަލްގެ މަސައްކަތް މިމަހު ނިމޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރާއްޖެ

    އަދިވެސް ނުކިޔަވާ ހުރި މީހެއް ރައީސް ކަމަށް ހޮވާފަ މިކުރި ހުރިހާ މަސައްކަތެއް އިންޑިއާއަށް ދީ.

  2. ޙަމޭ

    ސާބަހެ ތިބޭފުޅުންނައް. މިވެރިކަން އެއްބުރުން ނިންމާލަން ތިބޭފުޅުންވެސް 100% ދީ

  3. ޙަމޭ

    ސާބަހެ ތިބޭފުޅުންނައް. މިވެރިކަން އެއްބުރުން ކާމިޔާބުކޮއް ނިންމާލަން ތިބޭފުޅުންވެސް 100% ދީ

  4. ރަޝީދައްތަ

    ޤަވްމުގެ އިޤްތިޞާދު އެބައެއްގެ މައްޗަށް ބުރަވެފައިވާ މައި ތަނބުތައްކަމުގަވާް ރާއްޖޭގެ އިސްވިޔަފާރިވެރިންގެ ބަސް ދިވެހި ރައްޔިތުން އަޑުއައްސަވާނޭކަމުގައި ދެކެމެވެ. ރާއްޖޭގެ އިޤްތިޞާދުގެ ދުވެލި ހަލުވިކަން ރައްޔިތުން ވިސްނަވާނޭކަމުގަ ދެކެމެވެ. މިއަދުގެ ޙާލަތު މިގޮތުގައި ދަމަހައްޓާ ޤާވްމުގެ ކުރިއެރުން އިތުރަށް ބާރުކުރުމަށް ރައްޔިތުން ތިއްބެވިކަމަށް ދެކެމެވެ. ރައީސް ޔާމީން އިންތިޚާބުން ފެއިލްވެއްޖެނަމަ ޤަވްމު ފެއިލްވީއެވެ. ރައީސްޔާމީނަށް އިންތިޚާބު ކާމިޔާބުވެއްޖެނަމަ އިންޝާއަﷲ ޤަވްމަށް ކާމިޔާބު ލިބުނީއެވެ. ި ކާމިޔާބީ ނުވަތަ މި ފެއިލް ރައްޔިތުން ތަޙައްމަލްކުރާނޭކަމީ ޝައްަކެއް އޮތް ކަމެއްނޫނެވެ.

  5. އަންނި

    މިލިސްޓަށް އެއްކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅާބަލަ އީޔޫ

  6. ހަޖަލްމިނާ

    ވެލާނާ އެއަޕޯޓު ތަރައްގީ ނުކޮށް ބޭއްވިޔަސް އަހުން ދިވެހިންނަށް ފުދޭ. ރޫމް ބޮޔަކަށް މަހަކު 5000 ދޭ މަހުޖަނުން އަލަށް ހަދާ ރިސޯޓުތަކަށް އިތުރަށް އައިސްގޮސްވާ ގެސްޓުންނަށް ފަސޭހަ ކުރަން އެއަޕޯޓު ބޮޑުކުރީމާ އަހަރުމެން ކީއްކުރަން އެދަރަނި ހަމަ މަހުޖަނުންނެކޭ އެއްނިސްބަތުން ބޮލުގަ އަޅަންވީ؟ ބުނެބަލަ! ކީއްވެ؟ ކޮބާ އިންސާފު؟

    • ނަސޭހަތް

      ތިޔައީ ދަރިއާ އެވިޔަފާރިން ދުނިޔެކިޔެވިވަރާ ލިބުނު ތަޖުރިބާއާ އެއްވަރަށް ތިދަރިއަށް ނުދެވޭތީ އުފެދުނު ސުވާލެ.. އެއިން ކޮންމެ ވިޔަފާރިވެރިޔަކީ ކޯންބަނޭގާ ކުރޯޅުޕަތީގަ ކުޅެގެން މުއްސަދިވި ބައެއްނޫން.. 5000ނުލިބިގެން ޝަކުވާ ތިކުރަނީ ގޭގަ ގެންގުޅޭ ބަންގާޅީއަށް މަހަކު 2000ދޭންވީމަވެސް ބޮޑުވެގެން ނުދީތިބެނީ ކިތައްމަސް.. މުއްސަދިކަމާ ތަނަވަސްކަންއެއީ ތިހާފަސޭހައެއްޗެނޫން.. ކެތްކުރޭ.. މިވިޔަފާރިން މުއްސަދިވިވަރަކަށް މުއައްޒިފުންނަ ތަނަވަސްކަން ލިބޭނީ..

  7. ހެޔޮއެދޭމީހާ

    ތިޔައީ ހައްތާވެސް މިޤަވްމުގެ ގައްދާރުން
    ބުނެބަލަ ތިތަނުގަ އަމިއްލައެދުމުން ފޯވެ ރައްޔިތަކަށް
    އެއްވެސް މަންފާއެއްކުރާ އެކަކުވެސް ނަހައްޤުގޮތު
    ރާއްޖޭގެ ބިންތަށްފޭރިގަނެގެން އިމްކަމް ޓެކްސް ދެއްކިޔަނުދީ ރައްޔިތުންދަރުވާ ގުރޫޕް

  8. ތުއްތު

    ކޮންމެއަކަސް ދެކިޅަށްވެސް ވާހަކަ ދެއްކިދާނެ، ފެންނަން އޮތްހަގީގަތަކީ ގައުމުގެ ފަރުތަކާ ގިރިތައްވެސް ބޭރުމީހުންނަށް ރާއްޖޭގެ ބިންތައް މިލްކުކުރެވޭ ގޮތަށް ވިއްކައިފި، ގާނޫނު ބަދަލުކޮއްގެން ރައްޔިތުން ތިމަންނާމެން ބޭނުންވާ މިނިވަންކަމާ އެއްޗިހި އޭގަ ލިޔެދޭށޭ ބުނީމަ އޭރޫ ކުރި ބުރަމަސައްކަތް މިހާރުމިއޮތީ އަނެއްކޮޅަށް، ދުނިޔޭގެ އެހެންގައުމުތަށްވެސް ތަރައްގީކުރޭ، އެޔާއެއވަރަށް އިންސާނާވެސް ތަރައްގީވާން ފުރުސަތުއޮވޭ، އަހަރުމެނަށް މިފެންނަނީ ވަކިބަޔަކަށް ނޫނީ މިގައުމުގަ މިނިވަންކަމެއް ނެތްތަން، ވިޔަފާރީގެ މިނިވަންކަންވެސް އިޖްތިމާއީ މިނިވަންކަންވެސް އެންމެންނަށް ހަމަހަމަޔަށް ލިބެންޖެހޭ! ރައްޔިތުންގެ ގައުމެކޭ ކިޔާތީ ދެރައީ! ހަމައެކަނި ޕޯޑިޔަމްތަކުގަ ފޯރަމްތަކުގަ ދެކެވޭވާހަކަޔެއްވީމަ މިކަންކަމާ ގައުމަދޭތެރޭ ވިސްނާމީހުނަށް ކަމަކުނުދާނެ... ކޮންމެ 5އަހަރަކުން ގައުމޭ ރައްޔިތުންނޭ ކިޔާ އަޑުގަދަކުރިޔަސް ރައްޔިތުން މިކަންކަމާ ވިސްނާނެ....

  9. ަައަޖުވަދު

    ކެރޭނެ ކުރާނެ ކުރެވޭނެ .އިންޝާﷲ 2018 ޔާމީން ޝަހީމް

  10. މަރީ

    ރަނގަޅު ވާހަކައެއް. ތާއީދު!!!!