އޮތީ އެންމެ ކުށެއް އެއީ ތެދަށް ވާހަކަ ދެއްކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މިރޭ އިދިކޮޅު ފަރާތް ތަކުން ތ .ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ ތިމަރަފުށިން 90 އިންސަތަ ވޯޓާއި އެކު މި ފަހަރު ރައީސް ޔާމީން ބަލި ކުރާނެ ކަމަށެވެ.

"އަޅުގަނޑު ތިމަރަފުށީގެ ރައްޔިތުންގެ ކައިރީގައި އާދޭސް ވެސް ކުރާނަން މި ފަހަރު ރައީސް ޔާމީން އަށް ވޯޓް ދެވެން ނެތް ހުރިހާ ގޮތަކަށް މަސައްކަތް ކުރާނަން" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ އެނާއަކީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއީރާ ތަމްސީލު ކުރައްވާ މެންބަރު ކަމަށާއި ނަމަވެސް އެނާ އަށް މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުމުގެ އެއްވެސް ފުރުސަތެއް އެއް އަހަރުވި އިރުވެސް ނުލިބޭ ކަމަށެވެ.

"އަޅުގަނޑުގެ ގޮނޑި ގެއްލުނު ކަމަށް ނިންމީ އެންމެ ކުށެއް ކުރެވުނީމަ އެއީ އަޅުގަނޑު ހަގީގަތަށް ވާހަކަ ދައްކާތީ, އަޅުގަނޑަކީ ޖަލަށް ބިރުގަންނަ މީހެއް ނޫން, އަޅުގަނޑަކީ 19 ފަހަރު ޖަލަށް ވެއްދި މީހެއް" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ އިތުރަށް ވިދާޅުވީ މި ސަރުކާރުން ތަރައްގީ އޭ ކިޔައިގެން ކުރަނީ ހުސް ވައްކަން ކަމަށާއި, ރައްޔިތުންގެ ތަރައްގީ ބޭނުމެއް ނުވާ ކަމަށާއި ރައްޔިތުން ބޭނުންވަނީ އަސާސީ ހިދުމަތްތަށް ކަމަށެވެ.

"ރައްޔިތުން ބޭނުން ވަނީ އޭނާ އަށް ރަށުގައި ހުރެގެން ވަޒީފާ އަދާ ކުރެވޭނެ ގޮތެއް ވުން, ރައްޔިތުން ބޭނުން ވަނީ އޭނާ އަށް ރަށުގައި ހުރެގެން އޭނާ އަށް އާމްމުދަނީ ލިބޭނެ ގޮތެއް ވުން" މުސްތަފާ ވިދާޅުވިއެވެ.

ދޮގުހަދައިގެން އަބަދު ރައީސް ޔާމީނަށް ވެރިކަމުގައި ނުހުރެވޭނެ ކަމަށް ވިދާޅުވެ މުސްތަފާ ވިދާޅުވީ މި ސަރުކާރުގެ މުއްދަތު މިހާރު މިއޮތީ ހަމަވެފައި ކަމަށެވެ.

"މި ސަރުކާރުގެ މުއްދަތު ހަމަވެއްޖެ ރައްޔިތުން ކުރަންވީ އެންމެ ކަމެއް. އެއީ ރިޔާސީ އިންތިހާބުގައި މި ސަރުކާރަށް ވޯޓުން ނޫނެކޭ ބުނަންވީ" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ރައީސް ޔަމީން އަކީ އަމިއްލަ ފައިދާއަށް އުޅޭ މީހެއް ކަމަށެވެ. މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ ތަރައްޤީގެ ނަމުގައި މިސަރުކާރުން ވައްކަން ކުރިނަމަވެސް، އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ތަރައްޤީގެ ނަމުގައި ވައްކަން ނުކުރައްވާނެކަމަށެވެ. އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބޫ އަކީ މިދިވެހިރާއްޖެ އެކުވެރިކުރުވާނެ ލީޑަރެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ އޭނާ އެންމެ ބޮޑު އުންމީދަކީ އިބޫ އަންނަ ރިޔާސީ އިންތިހާބު ކާބިޔާބު ކުރުން ކަމަށާއި ﷲ ގެ އިރާދަފުޅާއި އެކު އިބޫ އިންތިހާބު ކާމިޔާބުވެސް ކުރާނެ ކަމަށެވެ. މުސްތަފާ ވިދާޅުވީ އެދުވަހުން އޭނާ އިބޫ އަށް ގޮވާނީ ރައީސް އިބޫގެ ނަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހުސޭނުބޭ

    ލަނޑާނަގާ ބަޔަކަށް ލިބެންޖެހޭ ލާރިކޮޅު ނުލިބެގެން ކަލޭ އެބަ އެމީހުން ހޯދައި! ތެދުބަހުން ވާހަކަދައްކާލެއް ގިނަކަމުން!!!!!!!!

  2. ކިނބޫ

    ބަލަ ކަލޭ އެކަންޏެއް ނޫން ދޯ ރައީސް އިބޫ އޭ ގޮވާނީކީ. މަވެސް އަދި އެންމެން ވެސް ގޮވާނީ ހަމަ އެހެން ދޯ. ޢިރާދަކުރެއްވިއްޔާ އެހެން ގޮވާކަށް ނުޖެހޭނެ.

  3. 19

    ދެން ތިގޮވާ ގޮތަކަށް މިހާރުވެސް ގޮވާލަ ގޮވާލާ ހުރޭ.
    ޔާމިން 100 ހަމަ.

  4. ތޯހާ ޖަމީލު ދެއްވަދޫ

    މާތްކަލާކޯ! ކަލޯ ސަރަނގު އާދަމްމަނިކު ގެޔަށް މިސޮރު އައިސް ފައިސާއަށް ކިޔާކިޔާ ފައިސާ އާދަނިކު ނުދިނީމަ ޖެހިގެން އައި ދުވަހު އެގެޔަށް އައިސް 2 ރަކުވަތުގެ ނަމާދެއް ކޮށްފައި ސަރަނގު އާދަމްމަނިކުގެ ގޭގެ ކުޑަދޮރަކުން ބޭރަށް ނިކުމެ ހުރެފައި އާދަމް މަނިކާއޭ ތިމަންމަ މި ވެއްޓި މަރުވަނީ އޭ، ތިމަންނަ އަކީ މިހާރު ނެތް މީހެކޭ މިހެން ހުއްޓަސް އެހެންވީމަ މަރުވުން ވެސް މާރަނގަޅޭ ކިޔާފައި އާދަނިކަށް ބިރު ދައްކައިގެން، އާދަމް މަނިކު އަތުން 2 މިލިޔަން ރުފިޔާ ޕަކަޅާ ކޮށްލައިގެން ރައްކާވި ގޮތަށް އުޅޭ ޗޯރެއްތީ!

  5. ކުއްޓި

    ތިލަފުށީ ފަޅުގައި ކަލޭ ފޭރިގެން ގެނެސް އޮތް އާގު ބޯޓުގައި މަސައްކަތް ކުރަން ގެނެއި ބިދޭސީންގެ ހައްޤު ދީބަލަ ފުރަތަމަ! އެސޮރުމެން މުސާރަ ނުދީ ފޮނުވާލި ދުވަހު އަމިއްލައަށް މަރުވަން ވެސް އުޅުނު އެހެންތާ ވާނީ 2 އަހަރު ދުވަހުގެ މުސާރަ ވިއްޔާ.. ފައިސާ ފޮނުވާބަލަ މާތާހިރުވާނެ އެކަން ކުރިއްޔާ! ކަލެއަށް ނޭރޭނެ އިންޑޮނޭޝިޔާ،ޕިލިޕީންސަކަށް،ވެއެޓްނާމަކަށް،ކަލޭ ކާލާނެ! މާސިންގާ
    ބޮޑު ޗޯރެއް ތީ!

  6. ހުސެން ލޮޖު

    ތިމަރަފުށީ މުހައްމަދުފުޅަށް ބިރު ދައްކައިގެން ކައްވާލި ލާރި ގަނޑު ދީބަލަ ފުރަތަމަ! އެތައް ބަޔަކު އަތުން ފޭރެމުން ދުވާ ބޮޑު ވަގެއްތީ!

  7. ސެއްޓި

    ތިމަރަފުށީ މުސްތަފާ ކިޔަންވެސް އެރަށު މީހުން ލަދުގަނޭ! ކަލޭ ތެދު ހަދާލެއް ގިނަކަމުން..?

  8. ކޮބަޑި

    މުސްތަފާ ކަލޭތީ ބޮޑުވަގު ކަލޭ މީހުން ހައްޖައްގެންދާނަމޭ ބުނެފަ ހޯދި ލާރި ގަނޑު ކޮބާ އޮޅުވާލުމާ މަކަރާ ހީލަތް ތެރިކަން ކަލޭގެ ކިބައިގާ އެބަހުރި ވަގަކަށް ހާސްދުވަސް ވެރިޔަކަށް 1 ދުވަސް.

  9. ހޯބޯލަވާ

    އެހެން ނޫނަސް ކަލެޔަކަށް ތެދައް ވާހަކަ ދައްކާކަށް ނޭގޭނެ ހަދާނީ ހުސްދޮގު އަބަދުމެ ހުންނާނީ ވާނުވާ އޮޅިފަ މިކަން ވާންފެށި ސޫފި ލަނޑަޔަށް ތިމަރަ އަޅަން ފެށި ހިސާބުން.....

  10. އަންމަ ކަޅޭ

    19 ފަހަރު ޖަލައްލީ ވެސް ހަމަ އެއްވެސް ކަމަކާ ނުލާދޯ މުސްތަފާ ކަލޭ އެންމެ ތާހިރީ ވައްކަމުގެ ވާހަކަ ދައްކަން

  11. ދިވެއްސެއް

    މުސްތަފާއަށް ނުކުރެވެނީ އެންމެ ކަމެއް އެއީ ތެދަށް ވާހަކަ ދެއްކުން.

  12. ތުއްތަ

    މިކަލޭގެ އެއްޗެކޭ ބުންޏަސް ކޮމެންޓެއް ކޮއްލާނެ މީހަކުވެސް ނުވޭ އުތަ...

  13. އަލީ

    ތިމަރަފުށީ މީހުން ބޭހަކަށްވެސް ތެދެއް ނަހަދާނެ.

  14. ޢާއިޝަތު ޢަލީ / ތިމަރަފުށި

    ތިމަރަފުށިންވެސް ރައީސް ޔާމީނަށް ލިބޭވޯޓް މަދެއްނުވާނެ! ރޭގެ ޖަލްސާއިންވެސް އެކަން ހާމަވެއްޖެ! ކަލޭ ލަދުގަންނަވާލާވަރުގެ ތަފާތުބޮޑު ނަތީޖާއަކުން އިންޝާއަﷲ ރައީސް ޔާމީން ދެވަނަދައުރަށް އިންތިޚާބުކުރާނީ! މުޅިރާއްޖެ އޮތީ ރައީސް ޔާމީން ހޮވަން ކެތްމަދުވެފަ! ދެކެން ހުންނާތި!

  15. ސައްޔިދު

    ތިހެއްދެވީވެސް ފަލަދޮގެއް! އޮޅުވާލަން ނޫޅުއްވާ! މުސްތަފާއަކީ ރަށްފުށުގެ ނިކަމެތި ރައްޔިތުން ވިއްކަންގެންދާ އުރަހަކޮޅުން ދޮގުހަދައިގެން މަކަރާ ހީލަތުން ބައެއްކައިލާ މީހެއް!ގައިގައިޖަހައިފައިވާ މަހަކީ ހަރާންމަހެއް!

  16. ހާލުބުރި

    ދަރަނިބޯ އަދި އެބަ އަނގައަރުވައޭ ދޯ ލަދެއްނެތިގެން.

  17. ޔާމިން

    މުސްތޮފާ ކަލެއަކީވަރައްހަޔައްކުޑަނަގޫބަޅެއް ފެލިފެލިހުންނަންޖެހޭނީ2018ރައީސްޔަމިންކާމިޔާބްކުރައްވާނެ އިންޝާﷲ

  18. ނިޔާޒް

    ކަލެއައްއެގޭތަ ކަލޭމީހުންގެއަތުންފޭރިގަންފާހުރިފާސާތައް ބޮޑުޖައްލާލް

  19. ޔާމިން

    ހަރަންކޯރު

  20. ޒަަހިރު

    ކަލެެެޔަައް ހަމަސުމެެެކެވެ