ފުލުހުން ތަޙްޤީޤު ކުރަމުން ގެންދާ މައްސަލައަކާއި ގުޅިގެން އަންހެނަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ވީޑިއޯ އެއް އާންމު ކުރުމަށް ފަހު ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ ވީޑިއޯއިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.

އަންހެން މީހާ އާއި ގުޅޭ މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ފުލުހުން ވިދާޅުވީ އޭނާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އޭކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    މާލޭގަ ވައްކަން ނުކޮށް ދިރިއުޅެވޭތަ؟ އެހެން ނޫނަސް އެއީ ބުރުގާ އެޅި މުސްލިމް އަންހެނެއް.

    • އޭ

      މުސްލިމުންނަސް ކުއްކުރެވޭނެ.. ގަސްތުގަ ނުކުރުން ދެންތައުބާވެ ތަކުރާރު ނުކުރުން އޮންނަނީ

  2. Anonymous

    ފުލުހުންނަކަށްވެސް ނުކެރެ ރަތްލާޖެހި ބިޔަބޮޑެތި ވއްކަންތަކުގެ ވާހަކަ ދައްކަންވެސް ކޮންކަހަލަ ބައެއްބާ