2014 ވަނަ އަހަރު ވީނުވީއެއް ނޭންގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ރިލްވާނުގެ މަރުގެ މައްސަލާގައި ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލުކޮށްފިއެވެ.

މިއަދު 15:00 އަށް ތާވަލުކޮށްފައިވަނީ މިމައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެވެ. އެއީ ގ ހިލްޓަން، އާލިފް ރައޫފާއި ގދ ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުއެެވެ

މި އެންމެންގެ މައްޗަށްވެސް ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ. މީގެ ތެރެއިން ސުމައިދު ރާއްޖޭގައި ނެތްކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާކަމަށް ބެލެވޭކަމަށް ދައުލަތުން މީގެކުރިން ކޯޓްގައިވަނީ ބުނެފައެވެ. އެހެންކަމުން ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާލިފް އާއި ނޫރައްދީނުގެ މައްޗަށެވެ.

މިމައްސަލާގައި މިހާރުވަނީ ބައެއް މީހުންގެ ހެކިބަސްވެސް ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙާދަހީވޭ ކެންސަލް ހެން...ހއހއ