ސްކޫޓް އެއާލައިން އިން ވެލާނާ އިންޓަނޭޝަލް އެއާޕޯޓްއިން ދުނިޔޭގެ ތަފާތު ހަތް މަންޒިލަކަށް ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ޕްރޮމޯޝަން ފެށުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ. މި ޕްރޮމޯޝަންގެ ދަށުން. ސިންގަޕޫރް، ޕިލިޕީންސް، އިންޑޮނޭޝިއާ، ތައިލެންޑް، ޓައިޕޭ، އޮސްޓްރޭލިއާ އަދި ވިއެޓްނާމް ހިމެނެއެވެ.

މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 50 ޕަސެންޓްގެ ޑިސްކައުންޓަކާއެކު މި މަންޒިލްތަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ސްކޫޓް އެއާލައިންގެ ޓިކެޓްތައް ވިއްކަން ފަށާނެެއެވެ. އަދި މި ޕްރޮމޯޝަން 22 އޮގަސްޓް ވަނަ ދުވަހު ނިމޭއިރު، މި ޕްރޮމޯޝަންގެ ދަށުން ޓިކެޓް ނަގާ ފަރާތްތަކުން 15 ނޮވެމްބަރ 2018ގެ ކުރިން އެ މަންޒިލަކަށް ދަތުރުކުރަން ވާނެއެވެ.

ސްކޫޓް އިން މައުލޫމާތު ދިން ގޮތުގައި، މީގެ ކުރިންވެސް މިފަދަ ޕްރޮމޯޝަންތަކެއް ވަނީ އެ އެއާލައިންއިން ކުރިއަށް ގެންގޮސްފައެވެ. އަދި އަނެއްކާވެސް މިފަދަ ޕްރޮމޯޝަަންއެއް ކުރިއަށް ގެންދިޔުމަށް ނިންމީ ފަސެންޖަރުންގެ ޑިމާންޑަށް ބަލާފައެވެ.

ސްކޫޓަކީ ސިންގަޕޫރު އެއަރލައިންސްގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ، އޭޝިޔާގެ މަޝްހޫރު ލޯ-ކޮސްޓް އެއަރލައިނެކެވެެ.