މެގަ މޯލްޑިވްސް ކުންފުނި އުވާލަން ނިންމާފިއެވެ.

ވައިގެ ދަތުރުފަތުރާ ބެހޭ ޚަބަރު ގެނެސްދޭ ވެބްސައިޓެް ކަމުގައިވާ "އޭވިއޭޓަރ" އިން ބުނެފައިވާ ގޮތުގައި، މެގަ މޯލްޑިވްސް ލިކުއިޑޭޓު ކުރުމުގެ މަސައްކަތް އެކުންފުނިން މިހާރު ދަނީ ކުރަމުންނެވެ.

އެގޮތުން، ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ކުންފުނި ލިކުއިޑޭޓު ކުރުމަށްޓަކައި އެކުންފުނީގެ ހިއްސާދާރުން ވަނީ، ރާއްޖޭގެ ލޯ ފާރމެއް ކަމުގައިވާ "ވިޝާމް އެންޑް ކޯ" ހަމަޖައްސާފައި ކަމަށް "އޭވިއޭޓަރ"އިން ރިޕޯޓުކޮށްފައިވެއެވެ. މެގަ މޯލްޑިވްސްއިން މިދިޔަ އަހަރުގެ މެއި މަހު ވަގުތީ ގޮތުން ދަތުރުތައް ހުއްޓާލުމަށްފަހު، އޯގަސްޓް މަހު އަލުން ދަތުރުތައް ފެށުމަށްވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ވާ ގޮތެއް ނުވިއެވެ.

އެކުންފުނިން ދިވެހި ސަރުކާރަށާއި ކުންފުނީގެ މުވައްޒަފުންނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ނިންމާފައިވާ ކަމަށްވެސް އެ ވެބްސައިޓުގައި ބުނެފައިވެއެވެ.

އެމެރިކާގެ ކުންފުންޏަކާއި ރާއްޖޭގެ އަމިއްލަ ފަރާތަކުން ގުޅިގެން އުފެއްދި މެގަ މޯލްޑިވްސް އެއާލައިންސްގެ އޮޕަރޭޝަންތައް ފެށީ 2010 ވަނަ އަހަރުއެވެ. އެ އެއާލައިނުން ބޭރުގެ 50 އަށް ވުރެ ގިނަ ތަފާތު މަންޒިލުތަކަށް، 1.1 މިލިޔަނަށް ވުރެ ގިނަ ފަސިންޖަރުން އުފުލައިދިނެވެ.

އެކުންފުނީގެ ހިއްސާދާރުންނަކީ 51 ޕަސަންޓު ހިއްސާ ކޮންޓްރޯލްކުރާ މިފްޒާލް އަހްމަދާއި މިޒްނާ އަހްމަދުގެ އިތުރުން، 49 ޕަސަންޓު ހިއްސާ ކޮންޓްރޯލްކުރާ، ކުންފުނީގެ ސީއީއޯ ޖޯޖް ވެއިންމަންއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޙަސަން ޟާމިރު

  ނުހައްގުން އުފެއްދި ކުންފުންޏެއްތީ. ދިވެހި ދައުލަތަށް ލިބުނު ފުރުޞަތެއްގައި ބޮޑު ރިޔަލެއް ނަގައިގެން އެ ފުރުޞަތު ފޭރިގަތީ. އެހެންވީމާ ވާނީ ތިކަހަލަ ގޮތެއް. ނަޝީދުގެ ސަރުކާރުގައި ކަންކަން ކޮށްފައި ހުރީ މި ބީދައިން. އެހެންވެ އެހެން މީހުން ވެސް ވާނީ މިހެންނޭ ހީކޮށް އެހެން މީހުންނަށް ވަގަށް ގޮވެނީ ކުރެވިފައި ހުރި ވައްކަންތައް ގިނަކަމުން. ވަރަށް ވާހަކަ.

 2. މާރިޔާބޫންބޫން

  ދައުލަތުގެ މުދާ ޣަސްބުން ފޭރިގެން ހިންގި ވިޔަފާރި ނިކަން ރީއްޗަށް ތިއޮތީ ބަނގުރޫޓު ވެފަ. ދެން ލަލަލާ.

 3. ހެހެހޭ

  މާރިއާއައްތަމެން ފަގީރުވީތާ....!!!

 4. ހާމިދު ދާއީ

  މިއީ، ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އިންވެސްޓް މޯލްޑިވްސް ކިޔާ ތަނެއް ހަދައިގެން އުޅުނު އިރު އެތަނަށް ޗައިނާގެ ފަރާތެއް މެދުވެރިކޮށް އައި ފުރުޞަތަކުން ނާޖާއިޒް ގޮތުގައި (ކޮރަޕްޝަނަށް ވާރުތަވާގޮތައް) އުފެއްދި ކުންފުންޏެއްކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ. އޭރު މިފްޒާލު ހުންނެވީ އެތަނުގެ އިސް ވެރިއާގެ މަގާމަށް ލައްވާފައެވެ. އަދި އޭނާއަކީ މާރިޔާ ދީދީ ގެ ކޮށްކޮ ކަންވެސް ފާހަގަ ކުރެވެއެވެ.

 5. ހުސޭނުބޭ

  އެ އެއްޗެއް ދާނީ އެ އެއްޗެއް އައިގޮތަކަށެވެ. ވަރަށް ސަލާން.

 6. ޕަންޕު

  ކޮބާބާ ތަންތަނައް ދައްކަންޖެހޭ ފައިސާ އެފައިސާ ކޮންއިރަކުންބާ ދައްކަނީ އަދިވެސް މާރިޔާމެން އެހެން މީހުންނާ ދިމާލައް ހަޅޭއްލަވާތި