ވިލިމާލޭ ކުނި ކޮށި ކައިރީ ހުރި ފަޅު އިމާރާތެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯރޓް ލިބިފައިވަނީ ރޭ ދަންވަރު 2:10 ހާއިރުއެވެ. އަދި ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

ވިލިމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ކުރި މަސައްކަތުން ފެން ޖަހައިގެން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކޮށްފައިވަނީ ރޭ 4:08 ހާއިރުއެވެ.

މިހާދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވާ މި އިމާރާތަކީ ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ އިމާރާތެކެވެ. މި އިމާރާތް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

މިހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަހުގީގްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނީނާ

    އަންދާލާ