ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި ޒަޚަމްވެފައި ވަނީ އުމުރުން 25 އަހަރުގެ ފިރިހެނަކަށެވެ. މި ހާދިސާ އާއި ގުޅިގެން އޭނާ ހުލުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވަނީ މިއަދު ހެނދުނު 7:10 ގައެވެ.

އެ ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ. ނަމަވެސް ފަހުން އާއިލާއިން ބޭނުންވެގެން އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އޭރު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެއެވެ.

މި މައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާއިރު ފުލުހުން ވިދާޅުވީ، ހުޅުމާލޭގައި އެސްޓީއޯއިން ހަދަމުންދާ ހޮޓެލް ކައިރީގައި ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 7:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިއަދު ހުޅުމާލޭގައި މާރާމާރީއެއް ހިނގައި ޒުވާނަކަށް ވަޅިން ހަމަލާދިން އިރު، މިދިޔަ ބުރާސްފަތި ދުވަހުވެސް ޒުވާނެއްގެ ބޮލުގައި ދަގަނޑުބުރިއަކުން ޖަހައި ޒަހަމްކޮށްލާފައި ވެއެވެ. އެ ޒުވާނާއަށް ޓްރީޓޮޕް ހޮސްޕިޓަލެގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޣގ

    ޒުވާނުންގެ ސިޓީ ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް

    • ގޣ

      ސިޓީ އާއި ނުކުޅޭ

  2. މާނަ

    މިކަން ހުއްޓުވޭތޯ ބަލަމާ

  3. ހަ

    ކިތަންމެ ވަރަކަށް ސަރުކާރުގެ އަގުވައްޓާލަން އެބައިމީހުން މީހުނަށް ފައިސާ ދީގެން މިކަހަލަ ކަންކަން ކުރިޔަށް ރައްޔިތުންނަށް ވިސްނޭ މީ ކޮންބަޔަކު ކޮންކަހަލަ މަގްސަދެއްގައި މިދުވަސްކޮޅާ ދިމާކޮށް ކުރާކަމެއްކަން. ހަމަ މިހެން ދޯ 2008 ގަވެސް މިސޮރުމެން އުޅުނީ.

  4. މ

    ސުބުހާނަﷲ

  5. Anonymous