ރާއްޖޭގެ އިއްޒަތާއި ކަރާމާތް ނަގާލުމަށް މަސައްކަތް ކުރާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ހާމަކުރުމުން އެކަމަށް މަލާމަތް ކުރައްވާ ކައްޕި ވަރަށް ބޮޑަށް ރުޅި އައިސްފި ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވިދާޅު ވެއްޖެއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާން ރީޓުވީޓް ކުރައްވަވާ ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކައްޕި ވަރަށް ބޮޑަށް ރުޅި އައިސްފި ކަމަށާއި ގޯހެއް އެބައުޅޭ ކަމަށެވެ. އަދި މީގެ އިތުރުން "ބަސްޓް" ވީތޯ ވެސް ރޮޒެއިނާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މިކަން ރަނގަޅަށް ތަހްޤީޤް ކުރަން ޖެހޭ ކަމަށްވެސް ރޮޒައިނާގެ ޓުވީޓްގައިވެއެވެ. ބެލެވޭ ގޮތުގައި ރޮޒައިނާގެ ޓުވީޓްގައި " ކައްޕި" އަމާޒު ކުރެވިފައިވަަނީ ވިދާޅުވެފައިވަނީ ރައީސް ޔާމީނަށެވެ.

ރޮޒައިނާ މިމޭރުމުން ޓުވީޓް ކުރައްވާ ފައިވާއިރު، "ޝިން ޔުއާން 18" ނަމަކަށް ކިޔާ ރާއްޖޭގެ ދިދަ ނަގާފައިވާކަމަށް ބުނާ އުޅަނދަކާއި، އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދަކާއި ދެމެދު ކަނޑުމަތިން ޤަވާއިދާ ޚިލާފު މުއާމަލާތްތަކެއް ހިންގި ކަމަށް ބުނެ ބައެއް ފަރާތްތަކުން ދޮގުމައުލޫމާތު ފަތުރާފައިވާތީ ސަރުކާރުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން ސަރުކާރުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ދިދަ ބޭނުންކޮށްގެން ރާއްޖެއާއި، ދިވެހިންގެ އިއްޒަތާއި ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ދިވެހިސަރުކާރުން މިއަދު ހާމަކުރައްވައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙުމަދު

    ތީ ތަސައްރަފު ނުފުދޭ އަންހެނެއް

  2. ސައިމަން

    ބަލަ ތިމީހުން އިސްލާމޭ ގައުމޭ ކިޔައިގެން ވާހަކަނުދައްކަބަލަ. އެމީހުން ދައްކާވާހަކަގަބޫލްކުރާ މީހުނޭ ވިސްނަބަލަ ކޮން އިރަކުތޯ އެމީހުން ގައުމައް ފައިދާހުރި ކަމެއްކުރީ ނުކުރާނެ ދުވހަކު ކޮއްފަވެސް ނޯންނާނެ. ތަޅާނީހުސް އަގަ އެމީހުންގެ ކޮންމެވެސް ފައިދާ އަކައް މަސައްކަތްކުރާނީ

  3. ކާޅުކެއަސް ސޮއްނުގޮވާ

    މިއީ ވަރަށް އަޚްލާޤީ ފެންވަރު ދަށް އަނގަ ހަޑި އަންހެނެއް.

  4. މުއްތު

    ކައްޕިގެ މާލިމީކަމުގައި ދުއްވާ ހުރިހާއޮޑިއެއް މިއަރަނީ ފަރަށް ތިކައްޕީގެ ލައިސަންސް
    ބާތިލްކުރަންޖެހޭނެ