ރައްޔިތުން ބޭނުން ވަނީ ތަރައްގީ އެއް ނޫންކަމަށާއި ރައްޔިތުން ބޭނުންވަނީ އަދުލު އިންސާފު ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ލ.ގަމުގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ލ.ގަމުން ރައީސް ޔާމީން އަށް ލިބޭނެ ވޯޓަށް ވުރެން ގިނަ މާފަތި މިއަދު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި އެޅުވިގެން ދިޔަ ކަމަށަވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންގެ މި ވޯޓަށް އަޅުގަނޑުމެން ހިޔާނަތްތެރިވެގެން ނުވާނެ, މި ވޯޓަކީ އަޅުގަނޑުމެންގެ އެތަށް އަހަރެއްގެ މުސްތަގު ބަލް. މި ވޯޓަށް އަޅުގަނޑުމެން ހިޔާނަތްތެރިވެގެން ނުވާނެ" އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ އިދިކޮޅު ފަރާތްތަކެއްގެ ސަރުކާރެއްގައި ހުރިހާ ބޭފުޅުންނަށް ވެސް ހައްގުވާ މިންވަރު ހޯދައިދޭނެކަމަށާއި އަނިޔާވެރިކަން ނައްތާލުމަށްފަހު ތަރައްގީ ގެންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އަޅުގަނޑުމެންގެ ކެންޑިޑޭޓް އަކީ ދޫކޮއްލެވޭނެ ކެންޑިޑޭޓް އެއް ނޫން ކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ މި ގައުމުގައި އަދުލު އިންސާފު ގާއިމު ކޮއްދެއްވާނީ އިބްރާހިމު މުހައްމަދު ސޯލިހު ކަމަަށެވެ.

"އިންތިހާބާއި ދިމާކޮށް އަޅުގަނޑުމެންގެ ހިތްތަކާއި ސިކުނޑިތަކާއި ކުޅެލުމަށް އަޅުގަނޑުމެންގެ ވާދަވެރިން މިދަނީ މަސައްކަތް ކުރަމުން. ހުރިހާ އެންމެންނަކީ ހުރިހާ ކަމެއް ފުރިހަމަވެ ފުދިންގެން ތިބި ބައެއް ނޫން, އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އަޅުގަނޑުމެންގެ ރައްޔިތުންނަަށް ދިމާވެފައިވާ ދަތިތަކާއި އުނދަގޫތަށް ހައްލު ކުރުމަށް" އަލީ ޒާހިރު ވިދާޅުވިއެވެ.

އިންސާފް ޤާއިމްކޮށް އަނިޔާވެރިކަން ހުއްޓުވާނީ ފިނިކޮޓަރީގައި ތިބެގެން ނޫން ކަމަށް ވިދާޅުވެ ޢަލީ ޒާހިރު ވިދާޅުވީ ކުށްވެރިއަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.

"ރައީސް ޔާމީން ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖޭގައި ވެރިކަން ކޮށްފިކަމުގައި ވާނަމަ މުޅި ގައުމު ނުދެކޭ ވަރުގެ އަނިޔާ ވެރިކަން ފެންނާނެ" އަލީ ޒާހިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޢަފްލާ

    ތިއަށްވުރެ އަނިޔަވެރި މީހަކު މިގައުމުގަ ނެތް އަންނަ ކޮންމެ ސަރުކާރެއްގަ ބަޣާވާތް ކުރަނީ އަދާލަތުގެ މާނަ ތިކަލޭގެއަށް އެނގޭބާ

  2. ހައްގު

    ކަލޭ ކާކަށްތަ ހައްގު ނުވާމިންވަރުހޯދައިދެވޭނީ ކަލޭ އިބޫ ކައިރީ އަހާލަބަލަ ބަޖެޓަށް ވޯޓުނުދޭތާ ކިތަށް އަހަރު ވެއްޖެތޯ ގަމާރާ

  3. އަބްދުއްލާ

    ދިވެހި ރައްޔިތުންނަކީ ކުށްކުރަން އާދަވެފާތިބި ބައެއް ނޫން .ދިވެހިރަްޔިތުންނަކީ ގާނޫނީ ހުދޫދުގާ ތިބޭ ކިޔަމަންތެރި ބައެއް. ދިވެހިގައުމުގަދިރިއުލޭ އިންސާނުންގެތެރޭގަ ގާނޫނާ ގަވާއިދާ ކީރިތި ގުރްއާނާ ރަސޫލާ ވެސް ގަބޫލު ނުކުރާ ބަޔަކު އިންސާފުނެތޭ އިންސާފު ނުލިބެޔޭ ކިޔަކަސް ގައުމު އޮތީ އިންސާފާ ހަމަހަމަކަމުގާ . ގައުމުގެރައްޔިތުން ބޭނުންވަނީ ތަރައްގީއާ މުއްސަނދިކަން.

  4. ރައީސް

    އިންސާފް ހޯދާދީފައި ޖަލަށް ބަޔަކު ލީމަވެސް ކަމަކު ނުދޭދޯ. ތަރައްޤީވެސް އިންސާފްވެސް މިދަނީ ހޯދާ ޤައުމު ކުރިޔަށްދަނީ އެހެންވެ އޭއްޗެކޭ މީއްޗެކޭ ތިކިޔެނީ. ރިކޯރޑް ކޮށްފައި ޕްލޭ ކުރަންޏާ ތިކަހަލަ އެއްޗިހިވެސް ކިޔޭނެ ދޮންކަލޯ. ލޯ ހުޅުވާނިކަން ޤައުމަށް މިއަންނަ ބަދަލު އަމިއްލައަށް ވަޒަންކޮށްލައްވާ.

  5. ޜަަައްޔިތުމީހާ

    ތަރައްގީވެސް ބޭނުން އިންސާފު ވެސް ބޫނުން

  6. ޝަރފު

    އަލީ ޒާހިރުގެ ސިޔާސީ ވިސްނުމުން ކިރާއިރު ރައްޔިތުން ބޭނުންވާ ކަންކަން ފެންނާނީ އަލީ ޒާހިރަށް ވިސްނޭ ގޮތަށް. އެ ހަގީގަތަކަށް ނުވެދާނެ. އެއީ ރައީސް ޔާމީނުގެ މައްސަލައެއް ނޫން.

  7. މާނާ

    ރައްޔިތުން ބޭނުންވަނީ ދެފުއްކެހެރި ޓޭޕް އެގިންޖެތަ؟

  8. ޝާމިނު

    އަނިޔާ ވަނީ ހަމައެކަނި ސިޔާސީއޭ ކިޔައިގެން މިއުޅޭ ބައިގަނޑަށް އެކަނިތަ؟ މި މީހުންނަކީ ކުށެއްކުރެވޭ ބައެއްވެސްނޫންތަ؟ ރާއްޖޭގައި އޮންނަ ކޮންމެވެރިކަމަކާ މި ބައިގަނޑު ދެކޮޅުމިވަނީ ކީއްވެތަ؟ މި މީހުން ނަށް އިންސަފަކީ ކޮބައިތަ؟
    ޖަވާބަކީ: މިގައުމުގެ ބައިތުލްމާލް މިމީހުން ނުވަތަ މި ބައިގަނޑަށް ނުލިބޭހާ ހިނދަކު ހުރިހާކަމެއްވެސް ފެންނާނީ އަނިޔާ ' ނާއިންސާފު 'ހުދުމުހުތާރު އެހެންގޮސް ދުނިޔެލެއްވި ހުރިހާ ނުބައިކަމެއް އެސަރުކާރެއްގަވާ ސަރުކާރަކަށް ! މީދެން އަރަތެއްނު ؟ ފަހަކަށް އައިސް މިރާއްޖޭގައި އެކުލަވާލެވުނު 3 ސަރުކާރަށްވެސް މި މީހުންގެ ބަލާއަކުން ސަލާމަތެއްނުވެވުނު !
    ދިވެހިން މިފަހަރުވިސްނާނެ މިކަމާ އިގޭތޯ ... މަގޭވޯޓް ހަމަ ހާރްވާނެ މިފަހަރު ތި އަދާލަތު ވައިއެޅުނުމީހަކަށްވެސް ،،،، އަދާލަތެއްނޫން ފަސާދަ ޕާޓީގެ ނައިބު އަލީޒާހިރު މިހެންލިޔެބަލަ....

  9. ޙަމޭ

    ދެން ކީއްވެ ތަރައްގީ ބޭނުން ނުވާއިރު މިތާ ފާލަމެއް އެތާ ނަރުދަމައެއް މިތާ އަނެކެއްޗެއް މިތާ 25ސުކޫލް ކިޔާފަ ތި އަނގަ އަރުވަނީ. ދެން އެހެންވީމަ އިންސާފޭ ކިޔާފަ އެކަި ވޯޓް ވިއްކަން ނޫޅެނީ ކީއްވެ. ޢޭގެން އެނގޭ އެއްޗަކީ ރައްޔިތުން ބޭނުންވަނީ ތަރައްގީކަން. ޖަލުގަ ތިބި ކުއްވެރިން ހިމާޔަތް ކުރުމެއްނޫން

  10. Anonymous

    ރައްޔިތުން ބޭނުމެއްނޫން އެއްވެސް އެއްޗެއް، ތަރައްޤީވެސް ބޭނުމެއްނޫން، އިންސާފުވެސް ބޭނުމެއްނޫން، އެގިއްޖެތަ ކަލޯއަށް

  11. އެދުވަސް

    އަލީޒާހިރުއައްދަންނަވާލަންއޮތީރައްޔަހުންބޭނުމީތަރައްގީތަރައް

    ގީ ތަރައްގީނުލިބިއެއް އިންސާފެއް ނުލިބޭނެ ވީމާ ފުރަތަމަ

    ބޭނުމީ ތަރައްގީ އެއަންފަހު އިނަސާފު

  12. އޮޅުންއަރާމީހާ

    ކަލޭގެ އަނިޔާވެރިކަމާއި ޚިޔާނާތްތެރިކަން އެނގޭ ރަސޫލާގެ ރަށުން މަދީނާ ޔުނިވަރސިޓީން ކިޔައިވައިގެން އައިސް ފިކުރީ އަވާގެ ހަނގުރާމައިގައި ޖެހި ތަތްލައިފައި އޮތްވަރު ފެނުނީމާވެސް!

  13. ކެރަފާ

    އަލީޒާހިރު ކަލޭތިޔައީ އިލްމު ވެރިޔެއްތަ؟ ކަލޭކިޔެވީ ކޮންފޮތަކުން ؟ ކަލޭއަޅުކަންކުރަނީ ކޮންފަރާތަކަށް؟ އެހެންވިއްޔާ ކަލޭ ކީރިތީ،މޫރިތި ރަސޫލާއަށް ހަޖޫޖަހާފަ ހުރި ޕާޓީއަކައް ސަޕޯޓު ކުރަނީ ކީއްވެ ކީރިތި ރަސޫލާ ނުވާނަމަ މިދުނިޔެއެއްވެސް ނުވީހޭ ހަނދާން އެބަހުރިތަ ؟ ﷲގެ ކިބަފުޅައް ބިރުވެތިވޭ ކުފުރުން އެއްކިބާވެ ތައުބާވެބަލަ........

  14. މައުމޫން

    ރައްޔިތުން ބޭނުންވޭ ތަރައްގީ ވެސް ދެން ކިހިނެއް ޖަޒީރާ މީހުން ނަން ވޯޓް ދޭނީ. އަހަރެން ކުރިން ނިއްމާގެން ހުރީ އިބޫ އަށް ވޯޓް ދޭން. ދެން ނުދޭނަން ވޯޓް. އެއީ ތަރައްގީ ބޭނުން ނުވާ ބަޔަކަށް ވޯޓް ނުދޭނަން ސޮރީ. އަހަރެން ބޭނުން ތަރައްގީ.

  15. ނުރަބޯ

    އެހެންވެގެން ދެއްތޯ އެންމެ އިންސާފުވެރި މީހުންގެ ފަހަތަށް މުޅިޕާޓީ ގޮވައިގެންގޮސް ރީނދޫ ޕަޕެޓަކަށްވެގެން ތިޔައުޅެނީ....؟؟؟ ނޫނޭނޫނޭ ނުލަފާކަންބޮޑު.

  16. ދަސްވެނި

    އައްޔާ ތިހިރީ އިންސާފު ހޯދަން މިނިސްޓަރުކަމަށް އަރަން ތައްޔާރުވެގެންދޯ؟ ލިބިވެސްދާނެ. ކާކަށް އެނގޭނީ. އެކަމަކު އިންސާފު ހޯދައިދޭނީ ޕާޓީމީހުންގެ ވައުދުތައް ފުއްދައިދީފަ އެމީހުންގެ މުދާ ތައް ފޮރުވައިދީފައެއްނު

  17. އާބިދާ

    ދީންވެރިންކަމަށް ހެދިގެންތިބެ ދީނަށް ފުރައްސާރަކުރާ މީހުން ކަލޭމެންނަކީ، އަހަރުމެން ބޭނުން ތަރައްޤީވާން މަގޭވޯޓް ރައީސް ޔާމީނަށް އިންޝާﷲ

  18. ތިނު

    ޔަޤީންތާ ؟

  19. ހުސްނީ

    މީދެން ކާކު ޕޯޑިއަމް ތަކަށް އަރައިގެން ވާހަކަ ދައްކާ ކަށް. މަގޭ ވޯޓް ރައީސް ޔާމީނަށް. އެއީ ޤައުމަށް ތަރައްޤީ ގެނެސް ދޭތީ. ސާފް ވެއްޖެތަ. އިބޫ ކައިރީގައި ބުނޭ ރަށް ރަށަށް އަރާ ނަރުދަމާ އަޅާ ވާހަކަ އާއި މަގުތައް ހަދާ ވާހަކަ ނުދައްކާށޭ.

  20. ޒާ

    ކަލެޔަށްތަ އިނގޭނީ ރައްޔިތުން ބޭނުންވާ ކަންތައް ބުނެދޭން.

  21. Anonymous

    އޭ މިހިރަ އަލީ ޒާހިރު ބުރާންޗާ، ކަލޭތީ ކާކު އަހަރެމެން ރައްޔިތުންގެ ފަރާތުން ވާހަކަދައްކަން؟ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާތަ؟ މާހިތްމައްޗަށް އަރައިގެން އުޅޭނެ ކަމެއްނެތް. ކަލޭމެން ތިއީ މިހާރު މުރުތައްދުންގެ ދަރަޖައަށް ގޮސްތިބި ލާދީނީ މީހުންގެ އަޅުން.

  22. އިނާ

    ތަރައްޤީ ނުވަންޏާ އިންސާފެއް ބޭނުމެއްނޫން