ރާޢްޖޭގެ މީޑިޔާތަކުގައި ހަރަކާތްތެރިވާ ފަރާތްތަށް އަދި މީޑިޔާ ރޮނގުން ކުރިޔަށް ދިޔުމަށް ބޭނުންވާ ފަރާތްތަކަށް ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް ރާއްޖޭގެ ފުރަތަމަ މީޑިޔާ އިންސްޓިޓުއުޓް އިފްތިތާހު ކޮށްފިއެވެ. މީޑިޔާ އިންސްޓިއުޓް އަކީ ޕީއެސްއެމްގެ ދަށުން ހިންގާ އިންސްޓިއުޓެކެވެ.

ރާޢްޖޭގެ ފުރަތަމަ މީޑިޔާ އިންސްޓިޓުޓް އިފްތިތާހު ކުރުމަށް މިއަދު ދިވެހި ރާޢްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއެވެ.

ފުރަތަމަ މީޑިޔާ އިންސްޓިޓުޓް މިއަދު އިފްތިތާހު ކުރިއިރު އެތަނުގެ އެންމެ ބޮޑު މަގުސަދަކީ މުޅި މީޑިޔާ އިންޑަސްޓުރީއަށް ބޭނުންވާ ސިކުނޑިތަކެއް އުފެއްދުން ކަމަށް މީޑިއާ އިންސްޓްޓިއުޓް އިން ބުނެއެވެ. އަދި ދާއިރާތަކުން ކިޔަވާގެން ތިބި އެކި ބޭފުޅުންނަށް ވެސް އެ އިންސްޓިޓުޓް އާއި ގުޅުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށް އިންސްޓިއުޓް އިން މައުލޫމާތު ދެއެވެ.

މީޑިއާ އިންސްޓިއުޓް އިފްތިތާހް ކުރަން ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
މީޑިއާ އިންސްޓިއުޓް އިފްތިތާހް ކުރަން ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

މިއަދު ގެ ހަފްލާގައި މީޑިޔާ އިންސްޓިޓުޓް ހުޅުވާ ދިނުމަށް ފަހު މިނިސްޓަރު ޒަމީރު ވަނީ މިފަދަ އިންސްޓިއިޓެއް ހުރުމުގެ މުހިންމު ކަމަށް ފާހަގަ ކުރައްވާފައެވެ. މީޑިޔާ އިންސްޓިޓުޓް އަކީ ގިނަ ބަޔަކަށް ހީވެފައި ވާ ގޮތަށް ހަމައެކަނި ޖާނަލިސްޓުން އުފައްދާ ތަނެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިފަދަ އިންސްޓިޓުޓެއް ހުޅުވުމުން ޓޫރިޒަމްް ފަދަ އިންޑަސްޓުރީ ފުޅާވަމުން ދިޔުމުން ޓޫރިޒަމް އާއި ގުޅުންހުރި މީޑިޔާ ރިލޭޓަޑް ދާއިރާތަކަށް ތައުލީމް ހޯދުމުގެ ފުރުސަތު މިކަމުން ފަހިވެގެންދޭ" ޒަމީރު ވިދާޅުވިއެވެ.

ޕީއެސްއެމް އިން އިސްނަގައިގެން މިފެށި މަސައްކަތުން .ރާއްޖޭގަ ތިބެގެން މި ދާއިރާތަކުން ތައުލީމް ހޯދުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް މޫސާ ޒަމީރު ފާހަގަ ކުރެއްވިއެވެ.

"ރައީސް ޔާމިން ވެރިކަމަށް ހަވާލުވެ ވަޑައިގެން މި ހުޅުވާލި ފުރުސަތުގެ ދަށުން އެކި ދާއިރާތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވިއްޖެ. އެތަންތަަނަށް ބޭނުންވާ އެކި ދާއިރާތަކަށް ތައުލީމް ހޯދުމުގަވެސް މިފަދަ އިންސްޓިޓުޓް ގެ ދަށުން ފުރުސަތު ފަހިވެގެންދޭ" ޒަމީރު ިދާޅުވިއެވެ.

މީޑިއާ އިންސްޓިއުޓް އިފްތިތާހް ކުރަން ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
މީޑިއާ އިންސްޓިއުޓް އިފްތިތާހް ކުރަން ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

މޯލްޑިވްސް މީޑިޔާ އިންސްޓިޓުޓް އިން މައުލޫމާތު ދޭ ގޮތުގައި މިއަދު ފެށުނު މި މަސައްކަތަކީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ފެށުނު މަސައްކަތް ތަރައްގީ ކުރެވެމުމުގެ ނަތީޖާ އެވެ.

މޯލްޑިވްސް މީޑިޔާއިންސްޓިޓުޓް އިން ދަސްވެނިވެގެން ކުރިޔަށް އޮތްތަނުގައި މީޑިޔާ އަދި އެއާ ގުޅުން ހުރި ދާއިރާތަކުން ނިކުންނަށް ފަރާތްތަކަކީ ތައުލީމާ ތަޖުރިބާ އަލީގައި ފާހަގަކޮށްލެވޭނެ ބަޔަކަށް ވާނެ ކަމަށް ޕީއެސްއެމް އިން މައުލޫމަތު ދެއެވެ.

ލިމްކޮކް ޔުނިވާސިޓީ އާއި ގުޅިގެން މިފެށި މަސައްކަތަކީ ވަރަށް ފާހަގަ ކޮށްލެވޭނެ މަސައްކަތަކަށް ވާނެކަމަށް ޕީއެސްއެމް އިން ބުނެއެވެ.