އައްޑޫ ސިޓީ ހިތަދޫ މެދު ސަރަހައްދުގެ ނަރުދަމާއަށް އެދުމުގެ ފުރުސަތު ފެނަކަ ކޯޕަރޭޝަނުން މުއްދަތު އިތުރުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ކުރި އިއުލާންގަ ބުނިގޮތުގައި ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ނަރުދަމާގެ ހިދުމަތަށް އެދޭ ފޯމް ދޫކުރުމާ ބަލައިގަތުން މާދަމާގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ފެނާއި ނަރުދަމާގެ ބޭނުމަށް ހިތަދޫ މެދު ސަރަހައްދުގެ ގޮތުގައި ބަލަނީ ޑެއިޒީ މަގާއި (ހިތަދޫ ސުކޫލު މަގު) ބެރިކޭޑް މަގުން ގޮސް އެޅަދީދީ މަގުން ގޮސް ދިދައެޑި މަގާއި ދެމެދުގައިވާ ސަރަހައްދުތައް ކަމަށް ފެނަކައިން ހާމަކުރެއެވެ.

ހިތަދޫ މެދު ސަރަހައްދުގެ ނަރުދަމާ އަށް އެދުމުގެ ފުރުސަތު ހުޅުވާލީ 17 ޖުލައިގައެވެ. އަދި ނަރުދަމާގެ ހިދުމަތަށް އެދުމުގެ އެންމެ ފަހު މުއްދަތަކަށް ކުރން އޮތީ އޯގަސްޓް މަހުގެ 7 ވަނަ ދުވަހެވެ.

ހިތަދޫ މެދު ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ ނުނިމި އޮތްބައި ނިންމުމަށް ފެނަކަ ކޯޕަރޭޝަންއާ ހަވާލުކުރީ 12 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު އެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރެވުނީ ބައިވޯޓާ އިންޓަނޭޝަނަލް ލިމިޓެޑާއެވެ. ނަމަވެސް އެ މަސައްކަތް ހަވާލުކޮށްފައި އޮންނަތާ ތިން އަހަރުވެގެން ދިޔަ އިރު މަސައްކަތް ނުނިމުމުން އެމަސައްކަތް ނިންމުމަށް ފެނަކައާ ވަނީ ފަހުން ހަވާލުކޮށްފައެވެ.