ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު -- ފޮޓޯ މަޖިލިސް

އައްޑޫ މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝަރީފް ސަރުކާރާ ގުޅެން އުޅޭ ކަމުގެ އިޝާރާތެއް ކޮށްފިއެވެ.

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިއްޖެ ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ބުނެފައިވާ މައްސަލައިގައި ދިވެހި ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ތާއީދުކޮށް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ކޮންމެ ބަޔަކަށް ވެސް ގައުމެއްގެ ދިދަ އެއް ޖަހައިގެން ވަގަށް އުޅެވިދާނެ ކަމަށެވެ. އަދި ޖަޕާނުން އެ ދެބޯޓު ނުހުއްޓުވީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ.

ޝަރީފްގެ މި ޓްވީޓާއި ގުޅިގެން އިނގިރޭސިވިލާތުގައި ކުރިން ހުންނެވި ދިވެހި ސަފީރު ޑރ.ފަރަހަނާޒް ފައިސަލް ވަނީ ޝަރީފަށް ރައްދު ދެއްވާފައެވެ. އެއާއި އެކު ޝަރީފް ވަނީ ""މީހަކު ދެކެ ރުޅި އަޔަސް ޤައުމު ހަލާކު ކުރަން އުޅޭކަށް ނުވާނެ" ކަމަށް ވިދާޅުވެފައެވެ.

ޝަރީފްގެ ވާހަކަތަށް މިގޮތަށް ހުރިއިރު، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހް މީގެ ވަނީ ހަފްތާއެއްގެ ތެރޭގައި ޕީޕީއެމްއާ އިތުރު ފަސް މަޖިލީސް މެންބަރުން ގުޅިވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ބޭނުން މީހަކު ގުޅެންވީ އަދި ބޭނުން މީހަކު ވަކިވާންވީ ކޮންމެ މީހަކީވެސް މިނިވަނެއް، ގޯސްކޮށް ކަމެއް ހިނގާފަ އޮތިއްޔާ ބެލެންޖެހޭނެ ސަރުކާރާ ގުޅުނަސް އިދިކޮޅާ ގުޅުނަސް ވަކި ބަޔކާ ގުޅުނީމަ އެއީ ބަޤާވާތަކަށްވެފަ އަނެއް ބަޔަކާ ގުޅުނީމަ އެއީ ޖިހާދަކަށް ވެގެންނުވާނެ، އަދި ސަރުކާރުގަ ތބި މީހުން އިދިކޮޅާ ގުޅުނީމަ ގޮނޑި ގެއްލޭގޮތަށް އިދިކޮޅުގަ ތިބިމީހުން ސަރުކާރާ ގުޅުނީމަވެސް ގޮނޑި ގެއްލެން ޖެހޭނެ...

 2. ރަނގަޅު ޝަރީފް ތިކަން ކުރން މާ ލަސްވެސް ވެއްޖެ

 3. ޙަފްޞާ / މާލެ

  ހަމަބުއްދިއާ ހެޔޮވިސްނުންހުރި މީހަކު އިދިކޮޅުފަރާތްތަކުން އެޖަހާ ކޫސަނިކް ސަކަރާތަކަށް ތާއީދެއް ނުކުރާނެއެވެ. ދިވެހިރާއްޖެ ރާސްލާފަ ކުރިޔަށްދާއިރު އެ ކުރިއެރުން ހުއްޓުވުވުމަށް ބަޔަކު ޢަދާވާތްތެރިކަމުގައި މަސައްކަތް އެބަކުރާކަން ގިނަ ދިވެހިން ޤަބޫލުކުރެއެވެ. ހަމަ އެކަނި ޞިއްޙީ ދާއިރައާ ތަޢުލީމީ ދާއިރާއަށާ ބިނާކުރަނިވި ދައިރާއަށް ބަލަލިޔަސް ދިވެހިން އުފާކުރުން ޙައްޤެވެ. ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލް ، މާލޭ ދަރުމަވަންތަ ހޮސްޕިޓަލް ، އައްޑޫ ޓާޒަރީ ހޮސްޕިޓަލް މިހުރީ އުފާވެރި މަންޒަރުތަކެވެ.

 4. ޕީޕީއަށްދިޔާމައޯކޭއެހެންޕާޓީއަށްދިޔާމަކަޅުފޮށި

 5. ޙައްގަށް ނަސްރު ލިބޭނީ!! ޙައްގުގެ މަގު އިޚްތިޔާރުކުރާތަން ތިފެންނަނީ!!

 6. ހަމަ ލާރި

  ލާރި ދޭކޮޅަކައް

 7. ޝަރީފަކީ އަބަދުވެސް ޤައުމަށް އިސްކަންދެއްވާ ބެފުޅެއް

 8. ދެން ގޮޑި އަށް ކިހިނެއްވާނީ. ޔަގީން ނުގެއްލޭނެ ދެއްތޯ.

 9. ރަންގަޅުވަަހަކަޔެ ކޮންމެގޮތެއްވިޔަސް ބަޔަކު ކުރަަކަމަކުން މިޤައުމުގެ ކަރާމާތެރިކަމަ ގެއްލުމެވާ ފަދަވާހަކަތައް ދެއްކުމަކިީ ބަލާގެނެވޭވަރުގެ ކަމެއްނޫ

 10. ޝަރީފައިދީ / އައްޑޫސިޓީ

  އައްޑޫސިޓީގެ ހުރިހާ މެމްބަރުން ސަރުކާރާ ގުޅިގެން ކުރިޔަށް ދާންވީ! ފަނާކުރަނި ފިކުރު ދޫކޮށްލައި ބިނާކުރުވަނި ފިކުރަށް ތާއީދުކުރަންވީ! އައްޑޫސިޓީއަށް ލިބެމުންއަންނަ ކުރިއެރުންތައް ބަލާ ވަޒަންކުރަންވީ! ރޮޒޭނާ ، ޝަރީފް ، އަސްލަމް ، ނިޒާރު މި ބޭބޭފުޅުން ފުންކޮށް ޤަވްމާމެދު ވިސްނަވަންވީ! މި ބޭބޭފުޅުންނަކީ ޖާހިލުންނެއްނޫން! މާތްﷲ އެ މެމްބަރުންނަށް ހެޔޮ ވިސްނުން ދެއްވާށި! އާމީން

 11. ތީތަމެން ހީވާއެއްޗެއް ނުވާނެ ތިކަމެއް ހަދާންނަށްތާލާ.....

 12. މީ އެއްވެސް ބަޔަކަށް އިތުބާރު އޮންން ކަހަލަ މީހެއް ވައްތަރއް ނުޖަހާ..

 13. ޝަރީފަކީ އަބަދުވެސް ހައްގަށް ވަކާލާތު ކުރާ މީހެއް..

 14. މުޙައްދަދު.../........

  ޝައްކެއް ނެތް!