ނީލަން ފިހާރަ ސަރަހައްދަށްދާއިރު މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފި

ނީލަން ފިހާރައިގައި ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދަށްދާ ފަރާތްތަކުން މާސްކު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ. އެޗްޕީއޭއިން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގުމުން ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަޔް ނިވާކުރުމަށެވެ. އަދި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ދުމަށް ނުވަދެވޭނެހެން ބަންދުކުރުމަށެވެ. ނޭވާލާ ނިޒާމު އަދި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން … Continue reading ނީލަން ފިހާރަ ސަރަހައްދަށްދާއިރު މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފި