މިރޭ ދަންވަރު 12:00 އިން ފެށިގެން ފަސް ގަޑި އިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފި އެވެ.

ފެން ކަނޑަން ނިންމާފައި ވަނީ މަރާމާތުގެ މަސައްކަތްތަކެއް ކުރުމުގެ ގޮތުންނެވެ. އެ މަސައްކަތްތައް ކުރިއަށްގެންދަނީ މިރޭ 12:00 އިން ފަތިހު ފަހެއް ޖަހަންދެނެވެ.

މިރޭ ފެން ކަނޑާލަން ނިންމާފައި ވަނީ މާފަތްތަކުރުފާނު މަގުގެ ބްލޮކް ނަންބަރު 383، 384، 385 އަދި 386 ވަނަ ބްލޮކުގެ އިތުރުން ބޮޑުތަކުރުފާނުމަގުން ކޮއިމަލާ ހިނގުމާގުޅޭ ހިސާބުތަކުގައި ހުރި ބްލޮކްތަކަށެވެ.

ފަސް ގަޑިއިރަށް ފެން ކަނޑާލަންް ނިންމާފައިވާއިރު އެވަގުތަށް ބޭނުންވާ ވަރަށް ކުރީބައިގައި ފެން ރައްކާ ކުރުމަކީ ބުއްދިވެރި ކަމެކެވެ.

އެމްޑަބްލިޔުއެސްސީން ވަނީ ފެންކަނޑާލުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު