ވަކީލު ކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ހުޅުވާލައިފި އެވެ.

އެ ޑިޕާޓްމެންޓުން ނެރުނު އިއުލާނެއްގައި ވަނީ ވަކީލެއްގެ ހައިސިއްޔަތުގައި މަސައްކަތް ކުރުމަށް މި އަހަރު ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވާން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެކަމަށް އެދި ހުށަހަޅަން ޖެހޭނީ "ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު އެ ފޯމުގައިވާ ތަކެއްޗާއެކު މި މަހުގެ 20 ވަނަ ދުވަހުގެ 15:00 ގެ ކުރިން ޑީޖޭއޭ އަށެވެ.

ވަކީލު ކަމުގެ ހުއްދަ ދެނީ ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން ވަކީލުކަން ނުވަތަ ފަނޑިޔާރުކަން ކުރުމުގެ ހުއްދަ ދިނުމުގައި ގަބޫލު ކުރެވޭ ޑިގްރީއެއް ލިބިފައިވާ ނަމަ އެވެ. ވަކީލު ކަމުގެ ހުއްދަ ދޭނީ ސުޕްރީމް ކޯޓުގައި އެކަމަށް އޮންނަ ޚާއްސަ ކޮމެޓީއަކުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous