ސަރުކާރުން ދަނީ އީޔޫގެ ފިޔަވަޅުތައް ލުއިކޮށްދިނުމަށް އެދި އާދޭސްކުރަމުންކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ރައީސް ޔާމީންގެ އަބުރަށް ހުތުރުވާ ފަދަ ދޮގު މައުލޫމާތު ގެނެސްދީފައިވާތީ އާއި ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަމަށް ބުނެ ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމުމާއި ގުޅިގެން އެކަން ކުށްވެރިކުރައްވާ ކުރެއްވި ޓްވީޓެއްގައިއެވެ.

"ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރާއްޖޭގެ މައްޗަށްކުރި ބޮޑު ޖޫރިމަނާއަކީ، އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމުގެ ގޮތުން ކޮށްފައިވާ ވަރަށް ފިނޑި އަމަލެއް ރައީސް ޔާމީންގެ އަގު ވައްޓާލިކަމަށް ބުނެ ރާއްޖެ ޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރިއިރު، ދައުލަތުގެ ވަޒީރުންދަނީ އީޔޫގެ ފިޔަވަޅުތައް ލުއިކޮށްދިނުމަށް އެދި އާދޭސްކުރަމުން" ޑރ ޖަމީލް ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވާނަމަ ރާއްޖޭގެ ވަކިވަކި ފަރުދުންގެ މައްޗަށާއި ދިވެހި ދައުލަތުގެ ބައެއް އިސް ބޭފުޅުންގެ މައްޗަށް ފިޔަވަޅު އަޅަން ނިންމާ އެކަމުގައި އަމަލުކުރާނެ ގޮތުގެ އޮނިގަނޑެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ފާސްވެސްކޮށްފައެވެ.

އީޔޫގެ ފޮރިން އެފެއާޒް ކައުންސިލް މި އޮނިގަނޑު ފާސްކޮށްފައިވާއިރު އީޔޫގެ ނިންމުންތަކަށް ބޯނުލަނބާނެނަމަ އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ މެންބަރު ގައުމުތަކަށް އެތެރެވުން މަނާކުރުމާއި އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުމުގެ ބާރު އީޔޫގެ މެމްބަރު ގައުމުތަކަށް ދިނުން ހިމެނެއެވެ. އަދި ގާނޫނާއި ހިލާފުވާ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު މެންބަރު ގައުމުތަކަށް އެޅުމުގެ ބާރުވެސް ދީފައިވާއިރު ވަކިން ހާއްސަކޮށް ރިޔާސީ އިންތިހާބާއި ދިމާކޮށް ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅުތައް އަމާޒުކުރަން އަންގާފައިވެއެވެ.

މި ފިޔަވަޅުތައް އަޅާނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 17 އާއި ހަމައަށެވެ. ނަމަވެސް ހާލަތު ބަދަލުނުވާނަމަ ފިޔަވަޅުތައް ދެމެހެއްޓުމުގެ ބާރު މެމްބަރު ގައުމުތަކަށް މި އޮނިގަނޑުގައި ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ދަސްވެނި

    ޖަމީލޫ ދެން އާދޭހޭ ބުނީމާ އާދޭސް. ތީ ޖަމީލަށް ހީވާގޮތްކަމަށްވަންޏާ އެގޮތްވެސް ރަނގަޅު. އާދޭސްކުރަން ޖެހުނީމާ އާދޭސްވެސް ކުރަންޖެހޭނީ. ތިކަހަލަ ޤައުމަށް ޣައްދާރުވާ މީހުންގެ ސަބަބުން ޖެހޭ މުސީބާތޭމީ. ނުވިތާކަށް ރައްޔިތުންނަށް އެކި ކަނަކަމަށް ޚަރަދުކުރަންހުންނަ ކިހާ ފައިސާއެއް ބޭކާރުވެގެން މިދަނީ. ޖަމީލު ކަލެއަށް އެނގޭތަ ވާނުވާ. ތީ ވެރިކަން ބޭނުންވެގެން އުޅެންޖެހޭގޮތެއްނޫން. ކަލޭގެވެސް ކަލޭގެ އާއިލާވެސް މަރުވާންވިޔަސް އަންނަންއޮތް ފަސްގަނޑު. ޔާމީނާ ހަސަދައެއް އޮތަސް އަހަރުމެންނަކަށް ތިއުދަނގުލެއް ޖައްސަން ތިއުޅެނީ ގައުމަށް ހެޔޮއެދޭތީތަ؟

  2. ބޮނޑިބަތް

    ކާކު ކަލޭކައިރިން ތިވާހަކަ އެހީ، ތިއީ އެއްވެސް އަގެއްހުރި މީހެއްނޫން، ރިޔާސީ އިންތިޚާބަށްފަހު ކޯޅޭޝަނުންވެސް ކަލޭ ބަލައެއް ނުގަންނާނެ

  3. މާމިގިލީ މީހާ

    ބޮޑިބަތައް ކޯއްޗެއްތަ އެގޭނީ... މިހާރު ތިޔަ އުޅެނީ ބޮނޑިބަތް ނުކެވިގެން... ބޮނޑިބަތް ކާ ހިތުން ކިޔާނެ އޭއްޗެކޭ މީއްޗެކޭ.. ވެސް.

  4. ޙަސަނު

    ބޮނޑިބަތައް މާ ބޮޑަށް އެނގެނީ

    • ޢަލީ

      ބޮނޑިބަތް ކުރި މަސައަކަތުންދޯ ގުންޑާ ވެރިކަމަށް ގެނެސްފަ އެހުރީވެސް

  5. ޙަފްޞާ / މާލެ

    އަތަށް ތި ގޮއްވާލީ ބޮޑިބަތްބޭ! ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ރައްޔިތުން ޙިމާޔަތްކުރުން. ރައްޔިތުންނަށް ލިބިދާނޭ ގެއްލުމަކުން އެ ރައްޔިތުން ސަލާމަތްކުރުމަށް މަސައްކަތްކުރުން. އެހެންވީމާ ދިވެހިރައްޔިތުންގެ ޙައްޤުގައި އިސްލާމްދީނާ ޤަވްމުގެ ޙައްޤުގައި ސަރުކާރުން އެބަ މަސައްކަތްކުރާކަން ތިޔަ ހާމަކުރީ! ޢަދާވާތްތެރިކަންވެސް ހިސާބަށްވުރެ ބޮޑުވީމާ ދެން ކިޔޭނީ މޮޔައެއްޗެތި!

  6. މީރާ

    ޢޭ ބާކީ މިކަހަލައި ތާކުން ތާކުނުޖެހޭ ބޭކާރު ވާހަކަދައްކަން ތީކާކުތޯ؟ ގައްދާރުބާގީ

  7. ޞިފާނު

    ބޮނޑި ބަތްތޯއެ އުދަންވީ?

  8. ބަތޮލް

    އީޔޫއިން ރާއްޖެއަށް ފިޔަވަޅު އަޅަން ނިންމި ލިޔުން ކިޔާލުމަށް ޖަމީލަށް ނަސޭހަތްތެރިވަން. އޭރުން ޔަޤީންވާނެ ސަރުކާރުން އާދޭސްކޮށްގެން ބަދަލުކުރަންޖެހޭވަރުގެ ކަމެށް އޭގައި ނެތްކަން. އީޔޫއިން ރާއްޖެއަށް ފިޔަވަޅު އަޅަނީ ކަމަށް ބުނީ ހަމައެކަނި ލާދީނީ ގަންޖާ ބައިގަނޑު ރުއްސަން. އެއްވެސް ހާލެއްގައި އެލިޔުމުގައި ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް ނެތްކަން ބަލާލި ކޮންމެ މީހަކަށް އެނގޭނެ. ފިޔަވަޅު ނޭޅޭނެކަމުގެ އެންމެ ބޮޑު ދެވަނަ ހެއްކަކީ ދިވެހިރާއްޖޭގައި ތިބި އެންމެ ބޮޑެތި ވިޔަފާރިވެރިން ޓީވީއަށް އަރައި ރައީސް ޔާމީނަށް ތާއީދުކޮށް ވާހަކަ ދެއްކުން.

  9. ގަލޮޅު މީހާ

    އީޔޫ އަށް ޖަމީލު ތަބާވެ

    ގައުމުގެ ގައްދާރުން ވާހަކަ ދެއްކީމަ

    ދެން އެހާ އެހާ އެއް ނޫން

  10. ޜާނީ

    ތީގެން ވެސް އެން ގުނީ މި ސަރުކާރަކީ ރާއްޖެ ޔާ ރައްޔިތުންނައްޓަކާ ކުރަންޖެހުނު ކޮންމެކަމެއް ކުރާނެ ސަރުކާރެއްކަން. މީކަލޭމެން ގެސަބަބުން ރާއްޖެއައް ޖެހޭ މުސީބާތް.

  11. މަހާރެހެންދި

    އީޔޫގެ ވިޔަފާރިއާއި ވިޔަފާރިމުދަލާއި އަދި އީޔޫގެ މީހުން ތަފާތުކަންކަމުގައި މިރާއްޖޭގައި އުޅެމުންދާއިރު، ކަންކަމުގެ ޞައްޙަ މަޢުލޫމާތާއި ތެދުޚަބަރު އީޔޫއަށް ލިބެމުންދަނީ، ހަމައެކަނި އިއްތިހާދުގެ ފަރާތުން ކަމަށް ނުބެލޭނެއެވެ. އެހެންކަމުން، އީޔޫއަކީ، އެއްވެސްބައެއް ނޫންކަމަށް ބަލައި އީޔޫގެ ބަސްޤަބޫލު ނުކޮށް ތިބުމަށްވުރެ އީޔޫއަށް އިޖާބަދީ، އީޔޫއާއި ބައިވެރިވެ، އެއްބާރލުންދީ، އެމީހުން އެދޭގޮތަށް އެއްވެސްކަމެއް ސަރުކާރުން ކޮށްދެވެން އޮތްނަމަ، އެކަމެއް ކޮށްނުދީ ނުތިބެވޭނެއެވެ. އެހެންނަމަވެސް ވިސްނާލަން ޖެހޭކަމަކީ، ޕީޕީއެމުގެ ބެކަށް ކުޅޭ މީހުންނަކީ، އިންޓަރޕްރިޓަރުން ކަމަށްވީ ހިނދު، ކުރިއަށްކުޅޭ ފޯވާޑުންނަކީ، ގާދޫކޮޅުން ބޭރުވެއްޖެނަމަ، މަންމަންބަހުން އަތްފައިގެ ޙަރަކާތުން ވާހަކަދައްކާއުޅޭ މީހުންނެވެ.

  12. ބަތާ

    ގައުމު ދެކެ ލޯބިވާވަރުން، ޖަމީލު އީޔޫއަށް ލާރިދީގެން ރާއްޖެ އަށް ޖެއްސުން ކުރުވަނީ.

  13. މޯ

    ވަޓް އަ ޖޯކް.....

  14. ފިލިކުރި

    ދުރުގަ ހުރެގެން ވައްވައް ޖައްސާނީ —————-
    ބޮޑިބަތް ކައްކަން

  15. ހުސޭނުބޭ

    އައްދެ! ވައިސް ޕްރެޒިޑެންޓް އޮފް މޯލްޑިވްސް ގެ މަޤާމުން ޕްރެޒިޑެންޓް އޮފް އީޔޫގެ މަޤާމަށް ތަނަކު ގަމާރެއް ޕްރޮމޯޓްވެއްޖެ!!!!! މަރުޙަބާ ބޭފުޅާއަށް!