ފޭދޫ ބޮޑު މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މީހާ މާލެއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އަނިޔާވި ބިދޭސީ މީހާ މާލެއަށް ފޮނުވުމުގެ މަސައްކަތް ކުރަނީ އޭނާގެ ބޮލަށް އަނިޔާވެފައިވާތީ ސީޓީ ސްކޭނެއް ހަދަން ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މީޑިޔާއަކަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ، އަނިޔާވި ބިދޭސީ މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި މާލެއަށް ފޮނުވާނުލެވި ލަސްވަނީ ޖާގައެއް އަދި ނުލިބޭތީ ކަމަށް ވެސް އެހޮސްޕިޓަލުން ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެން ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު