ތަފާތު ކުށްކުށުގެ ތުހުމަތުގައި މިހާރު ބަންދުކޮށްފައިވާ ބޭފުޅުންނާއި، ތަފާތު ކުށްތައް ކުރިކަން ސާބިތުވެފައިވާ ނަން މަޝްހޫރު ކުށްވެރިންގެ އަނބިން އިއްޔެ ސައިމޭޒު ދޮށުން ކުރި ބައްދަލުވުން ވަރަށް "ޕުރަޑަކްޓިވް" ކަމަށް އަދީބްގެ އަބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ. ނަޝްވާ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އިއްޔެ ހަވީރު "މުހިންމު ބައްދަލުވުމަކަށް ފަހު" ސައި މޭޒު ދޮށުން ބައްދަލުކޮށްފައި ވަނީ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހައްޔަރުކޮށްފައިވާ މުހައްމަދު ނަދީމްގެ އަނބިކަނބަލުން ޔުމްނާ މައުމޫނާއި ޝައިހް އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އަނބިކަނބަލުން އަފާފް އާއި އިލްހާމް އަހްމަދުގެ އަނބިކަނބަލުން އައިޝަތު މާޝާ އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި އަހްމަދު މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް ބައިވެރިވިއެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫންގެ އިސް ސަޕޯޓަރެއް ކަމަށްވާ ނާދިރާ އާއި އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު ސިދާތާ ވެސް ބައްދަލުވުމުގައި ބައިވެރިވިއެވެ.

އެބައްދަލުވުމުގެ ތަފްސީލެއް އެއްވެސް ބޭފުޅަކު ދެއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހަހަހަ

  ރީލޯޑު ދައްތަ އެންމެނަށް ރީލޯޑު ފޮނުވަނީ ތަ. ހަހަހަހަހަހަހަ

 2. ލާރިކާ

  ހުރިހާ ވަގުންގެ އަނބިން. ސަޅި

 3. ހުސައިން

  ބަޤާވާތަކުން ސަރުކާރު ވައްޓާނުލެވޭނެ

 4. ާވަތުބަތާނަ

  ހާދަހާ އުފަލަކާއި މަޖަލެއް އެބަނަގައޭ ފިރިންތައް ޖަލުގައި ތިބީމަ. މަގާތަށް އަންނަނީ ހިނި.

 5. ޖޮއްބެ

  އަދީބު ދިވެހިދައުލަތުން ވަގަށްނެގި ލާރިތައް ވެސް ވަރަށް ޕްރޮޑަކްޓިވްދޯ....!! ކޮބާލަދު.....؟

 6. ޢިސްމާލު

  ހުސް ކުއްވެރިންގެ އަނބިން. ބޮޑެތި ޖަރީމާތަކެއްވަނީ ހިންގާފަ

 7. ފަޒީލް

  ޙާދަ އަސަރެކޭ ވަގުިހު ތިކުރަނީ ދޯ

 8. ބާބޫ ނާޒް

  ކޮބާތޯ ތިޔަ ކަނބަލުންގެ ރިވެތި އިސްލާމީ އަހްލާގު ބައެއްކަނބަލުންގެ އިސްތަށިފުުޅުން ނުފެނުމަކީ މި، އިސްލާމީ މުޖުތަމައު ހިތާމަ ކުރާ ކަމެއް.