ނޫސްވެރިން ގޮތަށް "ބައިސް" ނުވާނެ ކަމަށާއި ނޫސްވެރިން ގޮތަށް "ބައިސް" ނުވާނެ ކަމަށާއި ހުންނަވާނީ އެމްޑީޕީގައި ކަމަށް ޝަރީފް ވިދާޅުވެއްޖެއެވެ.

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިއްޖެ ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ބުނެފައިވާ މައްސަލައިގައި ދިވެހި ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ތާއީދުކޮށް ކުރެއްވި ޓުވީޓްގެ ޚަބަރު "ވަގުތު އޮންލައިން" އިން ގެނެސްޓިނުމާ ގުޅިގެން އެޔަށް ދެއްވި ރައްދެއްގައި ޝަރީފް ބުނެފައިވަނީ އެއްވެސް ކަމެއްގައި ހައްދު ފަހަނަ އެޅުމުގެ ނިޔަތުގައި ކޮންމެ ކަމަކާ ދެކޮޅު ނަހައްދަވާން ކަމަށާއި އޭނާއަކީ ނޫސްވެރިން ތިބޭގޮތަށް "ބަޔަސް" ވެގެން ގޮސް ވެދާ މީހެއް ނޫންކަމަށެވެ. އަދި އިތުރަށް މިޓުވީޓްގައި ބުނެފައިވަނީ ސިޔާސީ ފައިދާއަށް ޤައުމު ސުންނާފަތި ކުރަންވެސް ބޭނުންވެ ވަޑައިނުގަންނަވާ ކަމަށެވެ.

މީގެ އިތުރުން މިއަދު ޝަރީފް ކުރެއްވި އިތުރު ޓުވާޓެއްގައި ވިދާޅުވީ އޭނާ ހުންނެވި ޕާޓީ ދޫކުރައްވައި ޕީޕީއެމަށް ވަޑައި ނުގަންނަވާނެ ކަމަށާއި އޭނާއަކީ އެއްވެސް އުޖޫރައެއް ހޯއްދަވައިގެން ޕާޓީ ބަދަލު ކުރަން ގަސްދު ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ކަމެއްގައި މީހަކު ހިޔާލެއް ފާޅު ކުރުމަކީ ސަރުކާރަށް ތާއީދު ކުރުން ނޫން ކަމަށެވެ. އަދި އޭނާ އަކީ އިދިކޮޅު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެމްޑީޕީގެ އިސް މަގާމުތަކެއް ފުރުއްވުމަށް ފަހު ވަކި ހިސާބަކުން ޑީއާރްޕީ އާއި ގުޅިވަޑައިގެންނެވިއެވެ. އަދި ޑީއާރްޕީ ދެފަޅިވެ އުފެދުނު ހަމަނުޖެހުންތަކާއި އެކު ޝަރީފް ވަނީ އަލުން އެމްޑީޕީ އާއި ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުޙައްދަދު.../........

    ޝައްކު

  2. ޞަފޫރާ

    ގަދަ އިނގޭ ކަލޭ! ބޮނޑިބަތް ކައިފިތަ؟ ދެން ސަލާމަތެއް ނުވާނެ!

  3. ޖިހާދު

    ޔަގީން ޔާމީން ގެނެސްދެއްވާ ތަރައްގީ ހެޔޮހިތުން ގަބޫލް ކުރީ ނުކުރިޔަސްހެޔޯ މީހަގީގަތަކީ ވިސްނަބަލަ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގަ ކުރާހާ މަސައްކަތް ކުރޭގެ ސަރުކާރ ތަކާ އަޅާކީމަ މޮޔަވަނީ ސަރީފޫ ދުނިޔެ ދޫކުރުމުގެކުރިން ޔާމީނާއި ބައިވެރިވެގެން މިކަމުގަ އެއްބާރުލުން ދީ

  4. ވގުތު

    ހެހެހެހެހެހެހެހ ޕާޓި ބަދަލު ކުރީމަ ގޮނޑި ގެއްލޭއެ ނޫންތަ !