އަދާލަތު ޕާޓީގެ ލީޑަރު ޝައިހް އިމްރާންގެ ބޭސްފަރުވާއަށް ހުރަސް އަޅައި ފުރާނައަށް ނުރައްކާ ކުރަމުން ދަނީ ވައްކަން ނުކުރުމަށާއި އަދުލުވެރިވުމަށް ގޮވާލުމުން ނޫން ކޮން ސަބަބަކަށްތޯ އަދާލަތު ޕާާޓީގެ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުލް ލަތީފު ސުވާލު އުފައްދައިފިއެވެ.

ޝައިޚް އިމްރާން އަބްދުﷲ އަށް އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށް ބުނެ އިއްޔެ އަދާލަތު ޕާޓީއިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އެކަމާ ގުޅިގެން ޑރ. އިޔާޒު އިއްޔެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްކެއުމަށްޓަކައި ގެންގުޅޭ ޖަނަވާރުތަކާއި ނައަމްސޫފިތަކަށްވެސް އޯގާތެރިވުމަށް އިސްލާމްދީނުގައި އަންގަވާފައިވާ ކަމަށެވެ. އަދި ބުޅަލެއް ހައްޔަރުކޮށްގެން ކާން ނުދީ ބެހެއްޓި މީހަކު އެކަމުގެ ސަބަބުން ނަރަކައަށް ވެއްދި ކަން ވެސް ސުންނަތުން ސާބިތުވެފައިވާކަން ޑރ. އިޔާޒް ފާހަގަ ކުރެއްވިއެވެ.

ޑރ. އިޔާޒް ވަނީ ބަންދުގައި ތިބޭ ބޮޑެތި ކުށްވެރިންނަށްވެސް އެކަށީގެންވާ ބޭސްފަރުވާ ލިބެންޖެހޭއިރު ކުށެއް ނެތް އިންސާނަކު ހިފާ ހައްޔަރުކޮށްގެން ބަލިވީމާާ ބޭސްފަރުވާ ނުދީ ގެންގުޅޭ މީހެއްގެ ސަޒާއަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ. އެކަމަށް އެ އަމަލު ހިންގާ ބަޔަކު ﷲ ގެ ހަޟްރަތުގައި ޖަވާބުދާރީ ވާން ޖެހޭނެ ކަމަށާއި، ވަޒީފާގެ ގޮތުން އެކަމުގައި ބައިވެރިވާ މީހުންވެސް އެކަމަށް އެކަލާންގެ ހަޟްރަތުގައި ޒިންމާ އުފުލަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"ޝައިހް އިމްރާން ހައްޔަރުކޮށްގެން ބޭސްފަރުވާއަށް ހުރަސްއަޅައި، ފުރާނައައަށް ނުރައްކާ ތިކުރަނީ ހަމައެކަނި ވަށްކަން ނުކުރާށޭ އަދި އަދުލުވެރިވާށޭ ބުނުން ފިޔަވާ އިތުރު ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟" ޑރ. އިޔާޒް ސުވާލު ކުރެއްވިއެވެ.

މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި މައްސަލައިގައި ޝައިހް އިމްރާންގެ މައްޗަށް ވަނީ 12 އަހަރުުގެ ޖަލު ހުކުުމެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޖިހާދު

    ގިޔާމަތް ދުވަހުން އިޔާޒު އާސުވާލް ނުކުރެވޭތީތަ ހަގީގަތް ނުބަލާ ތުބުޅި ބޮޑުވީމަ މީހުން ބިރުގައްނާނެކަމައް ތި ތެޅެނީ. ބަލަކަލޭމެން މިގައުމު ތިހަލާކުކުރަނީ ގިޔާމަތްދުވަހުން ައަޒާބުހުރި ކަލެޔައް2ގުނަ އައް

  2. ވިސްނޭ

    އިޔާޒް އަނގަނުތަޅާ ގެއަށްދޭ ތީވަކިކާކު

  3. އަން

    ދިވެހި ރައްޔިތުން ސްވާލު އުފައްދާ އިމްރާނު އަދުލުވެރި ތޯއާއި އިޔާޒް އަދުލުވެރިތޯ

  4. އަލީ

    ޝޭހް އިމްރާން ކުށްކުރީމަ އޭނަ މިނިވަންކުރަން ތިޔަ އުޅެނީ ކުށެއް ނެތީމަތޯ ސުވާލު އުފައްދައިފި.

  5. Anonymous

    ބޭސްފަރުވާ ބޭނުންވާކަން އެނގެން ތިއީ ޑޮކްޓަރެއްތަ؟

  6. މާން

    އޭނަ އެއީ އިސްލާމް ދީނުގައިވާގޮތުން މަރަންޖެހޭ މީހެކޭ ބުނަން ނުކެރެނީ އިސްލާމީ ޝަރީޢާ ރަނގަޅަށް ނުދަންނާތީތަ؟

  7. ިުޔރ

    ވައްކަން ކުރުމައި ފޭއުމުގެ މަސައްކަތުގަ އުޅެ އެކަން ޘާބިތުވެގެން އެހުރީ ޖަލުގަ. ނުބައިކަންކަން ތިމާ ކުރަމުން އެކަން ހުއްޓަން ގޮވާނީ އެންމެ ނުބައިމީހުން. ވެރިކަން ބަޣާވާތުން ވައްޓާލަން އުޅުމަކީ ފޭރުން ނޫންތޯ؟

  8. ހގފތ

    ﷲ އަށް ބިރުވެތިވާ އަޅާ ނަބިއްޔާއަށް ފުރައްސާރަ ކޮށްފަހުރި މީހަކާ އެއްބައިވެގްނ ނޫޅޭނެ. އަދި އެހެން އުޅޭ މީހަކަށް ސަޕޯޓްދޭމީހަކީ ﷲ ގެ ހަޟްރަތުގައި ކޮޅަށް ހުންނަންޖެހޭނެކަން ދަންނަމީހެއް ހެނެއް ހިއެއް ނުވޭ.

  9. 1234

    އިމްރާނަކީ ދިވެހި ރައްޔިތުން ހޮވާފަ ހުރި ވެރިމީހާ ރައްޔިތުން އެމަގާމަށް ހަމަޖެއްސިތާ 5 މަސްތެރޭ ބަޣާވާތުން ވެރިކަން ފޭރިގަންނަން އުޅުނު މީހެއް. އެއީ ވައްކަމާ އަނިޔާވެރިކަން 5 މަސްތެރޭ އިންތިހާއަށް ގޮސްގެންތަ؟ ވައްކަމާ އަނިޔާވެރިކަން ގިނަވީމަ ބަޣާވާތް ކުރަން ހުއްދަވާ ދަލީލެއް ނިކަން ދައްކަބަލަ. ތިއީ ތިވަރެއްނެތިގެން އުޅޭ އިލްމް ވެރިއެއް އަދި ސެކްސޮލޮޖިސްޓެއްނު. ނިކަން ޓްވީޓެއް ކޮށްލަބަލަ މިކަން އެނގޭ ދަލީލު.

  10. ބުރުޖު

    ޝެއިހް އިޔާޒުއެވެ، ބޯކޮޅު މައްޗައް ހުރި ކޮންމެ ދިވެއްސަކައްވެސް އިނގޭ މޭޑޭގައި އިމްރާން ގޮވީ ކީކޭކަން، އަދި އެހުރިހާ އެއްޗެއްގޮވާފައި މީހުން ޖުމްހޫރީ މައިދާނަށް އެއްކުރުވަން އުޅެފަ ފިލާއޮތީ ސިދާތާ އާއި އަމީން އާއި އެކު އަލީ ވަހީދުމެންގޭގައި ޓީވީން ކުޅިބަލަން. ހައްގު ބަސް ބުނާ މީހުން ފިލަން ދުވާކަށް ނުޖެހޭނެ.

  11. ކަންޒު

    ޑރ އަފްރާޝީމްގެ މަރުގެ ހެކިކަމަށް ބުނެއް ދެއްކި ކަރުދާސްތައް ކޮބާ؟ އެދުވަހު އެބުނީ ތެދެއްކަމަށް ވަންޏާ މިއަދު އެކަރުދާސްތަކުގައި ވީއެއްޗެއް ދިވެހިންނަށް އިނގޭނެ. މީވަރަށް ކުޑަ ކުޑަ މިސާލެއް. މިގޮތަށް ކިތައް ވާހަކަ އެދުވަހު ދެއްކިތޯ؟ ޑރ. އިޔާޒުމެންނަށް ވެސް ހައްގު ބަސް ބުނަން ނުކެރެންޏާ މީހުންނަށް އޮޅުވާލަން ނޫޅޭ

  12. ައދ.

    ޑރ އަފްރާޝީމްގެ މަރުގެ ހެކިކަމަށް ބުނެއް ދެއްކި ކަރުދާސްތައް ކޮބާ؟ އެދުވަހު އެބުނީ ތެދެއްކަމަށް ވަންޏާ މިއަދު އެކަރުދާސްތަކުގައި ވީއެއްޗެއް ދިވެހިންނަށް އިނގޭނެ. މީވަރަށް ކުޑަ ކުޑަ މިސާލެއް. މިގޮތަށް ކިތައް ވާހަކަ އެދުވަހު ދެއްކިތޯ؟ ޑރ. އިޔާޒުމެންނަށް ވެސް ހައްގު ބަސް ބުނަން ނުކެރެންޏާ މީހުންނަށް އޮޅުވާލަން ނޫޅޭ

  13. ބާބޫ ނާޒް

    އިޔާޒު ކަލޭ އަނގަ ނުތަޅާ! ބަލަ އިމްރާން ޖަލައްލީ ކަރުބުޑުން ލޭރަހަލާވަރައް އަޑުގަދަކޮށް ދަރުސް ދޭންހުއްޓަކާ އެއްނޫން ދެން ކޮންބުޅަލެއްގެ ވާހަކައެއް މިދައްކަނީ ބުޅާވެސް އެއްސީ ދުމަށި މަތީ އޮތް މަސްގަނޑު ކެއީމަ.
    .

  14. މުޙަންމަދު

    ބޮޑު ދޮގުވެރިއެް . އޮޅުވާލަނީ

  15. ހުސޭނުބޭ

    މޭޑޭގެ މުޒާހަރާގައި އިމްރާން ގޮވާލި ކަންތަތއްތައް އަޑުނާހަނީކަން ނޭގެ.

  16. ޢަލީ

    ކޮބައިތޯ ފިތުނަ ފަސާދަކުރާމީހުންގެ ހުކުމަކީ؟ސުވާލެއް