ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ގެއިން ފެނުނުކަމަށް ބުނާ ފިސްތޯލައިން ނެގި ޑީއެންއޭ އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދުގެ ޑީއެންއޭ އާއި ދިމާވޭތޯ ބަލަންޖެހޭކަމަށް ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އިދުކޮޅު އިއްތިހާދުން ކުނޫޒްގައި ބޭޢްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، "މުހައްމަދު ނާޒިމްގެ ގެއިން ފެނުނުކަމަށް ބުނާ ފިސްތޯލައިން ތިން މީހެއްގެ ޑީއެންއޭ ފެނިފައިވާކަމަށް ފުލުހުން ބުނެފައިވާތީ، ކުރީގެ ސީޕީ ހުސައިން ވަހީދުގެ ޑީއެންއޭ އެ ފިސްތޯލައިން ފެނުނު ޑީއެންއޭއާއި ދިމާވޭތޯ ބަލަންޖެހޭ" ކަމަށެވެ.

އާޒިމްގެ ވާކަކައިގައި އިތުރަށް ވިދާޅުވީ ނާޒިމް ވަނީ ފްރޭމްކުރެވިފައި ކަމަށާއި ފިސްތޯލައިން ފެނުނު ޑީއެންއޭ ދިމާވަނީ ކޮންބަޔަކާތޯ ފުލުހުން ބަލަންޖެހޭކަމަށެވެ.

އަދި އޭރު ކޮމިޝަނަރު އޮފް ޕޮލިސްއަކަށް ހުންނެވި ހުސައިން ވަހީދުގެ ޑީއެންއޭ ނެގުމަށްފަހު ފިސްތޯލައިން ފެނުނު ޑީއެންއޭއާއި ދިމާވޭތޯ ބެލުމަށް އާޒިމް ވަނީ ގޮވާލައްވާފައެވެ.

ނާޒިމް ދިރި އުޅެމުން ދިޔަ އެޕާޓްމަންޓްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ނާޒިމްގެ މައްސަލަ ޝަރުއީ ތިން މަރުހަލާ ވެސް ވަނީ ނިންމައިފަ އެވެ. އެގޮތުން ކްރިމިނަލް ކޯޓުން ނާޒިމް 11 އަހަރަށް ޖަލަށް ލާން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.

ކުރީގެ ޑިފެންސް މިނިސްޓާރ ނާޒިމް ގެއިން ފެނުނު ޕިސްތޯލަ އިން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދީބުގެ ފިންގާޕުރިންޓް ފެނުން ކަމަށް ކުރިން ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނަދީމާ

    ޢަދީބުގެ ފިންގަރޕްރިންޓް ދިމާވަންޔާ ހުސެއިން ވަހީދަކާ ކޮންކަމެއް މިސރުކާރާއެއްކޮޅައް ހުސެން އެއްޗެއްވިދާޅުވީމާ މިބައިގަނޑު ހިރުވަންފެށީ

  2. ކިނބޫ

    އާޒިމު ވެއްދި ފިސްތޯލައަކައް ވުން ވަރައްކައިރި. އެހެނީ އާޒިމް އަކީ އެތަނައް ވަދެ ނުކުމެ އުޅޭމީހެއް
    އެހެންވީމާ 3 ވަނަ މީހަކީ އާޒިމްާގެ ޑީއެންްއޭ ކަމައް ބެލެވެނީ

  3. ސްކޯރޕިއަން

    ފުލުހުން ކުރާ ތަޙްޤީގުގައި އެމީހުން ކުރަންވާކަންތައް ޕޯޑިއަމް ތަކަށް ނޭގޭނެ. ފުލުހުން އެމީހުންގެ މަސައްކަތް ކުރަމުން ގެންދަނީ އެކަންތައްް ކުރަން ހުރި ވަސީލަތް ތަކުގެ ބޭނުންކޮށް ގެން އަދި އެތަޙްޤީޤުކުރަޖެހޭ ކަމަކާ ގުޅިފައިވާ ހުރިހާ ދިމާލަކުން ބަލައިގެން. ވަކިމީހެއްގެ މައްސަލަޔަށް ވީމާ ވަކި ކަންތައް ކުރަންޖެހޭ އުސޫލެއް ނޯވޭ! ފުލުހުންނަށް އެމީހުންގެ ވާޖިބު އަދާކުރެވެނީ ހަމައިންތޯ ބަލަންވެސް އިދާރާއެއްހުރޭ. މީހުންގެ ހިތްތަކުގައި ނަފުރަތު އުފައްދަން ބޭބެ ވީތީ ޕޯޑިއަމެއް ދޮށަށް ގޮސް ވާހަކަ ދައްކައިގެން ގޮތެއް ނުނިމޭނެ. ތިކަންތައް ކުރަން އެދޭ ކަމަށްވާނަމަ ތިކަމާ ގުޅޭގޮތުން ޤާނޫނީ ލަފާ ހޯދައިގެން މައްސަލަ ބެއްލެވުމަށް އެދެންވީ.

    • މޮލދިވަސަ

      ކޮލިތީ ޕޮލިހުން،،،،،،،،ހީހީ ހަލާކު؟

  4. ބައްބަ

    ތިޔައީ އާޒިމު ކަމެއް ގެރެންޓީ.....

  5. ރޫހާނީ

    ތިއިންއެއްވެސްއެއްޗެއްމިހާރުފެންނަންހުންނާނެހެންހިއެއްނުވޭ ..... ؟ ތިޔަފިސްތޯލަވެސް މިހާރުވާނީ ކޮންމެވެސްދިމާއަކަށް ކަނޑުފައްތާފަހެންހީވަނީ ؟

  6. އަލީ

    މީނައަށް މައްސަލަ ތަހުގީގު ކުރަން ދޭން މަށަށް ފެންނަނީ. މާބޮޑަށް ކަންކަން އިނގޭހެން މަށްހީވަނީ.

  7. ރަޝީދު

    މީނަ އުޅެނީ ބޭބެ ސަލާމަތްކުރަން، ހުރިހާ މައުމޫންސް އުޅެނީ މއގ ސަލާމަތް ކުރަން.... މިއިންއެއްވެސް މީހަކު ނޫޅޭ އަސްލު ގައުމަށް ހެޔޮއެދިގެނެއް.... އަމިއްލަ މަސްލަހަތާގެން އުޅެނީ

  8. އަހަންމާ

    ނާޒިމް ބޭބެ އާޒިމް ރަގަޅަށް މޮޔަވެއްޖެ.. މީނަ ޔާ ހެދި ނާޒިމް ސަލާމަތް ނުވެގެން އެ އުޅެނީވެސް.. ސީނުކަރަންކާގޭގެ ބައި ބައި ވަނީވެސް މީނަޔާ ހެދި.