މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލާ ދުވަހަކީ ބަންދު ދުވަހަކަށް ހަދަން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައިވާ ކަމަށެވެ.

https://twitter.com/hsuood/status/1027501547071004672

ރިޔާސީ އިންތިހާބުގެ ވޯޓު ލާން ކަނޑައަޅާފައިވާ އަންނަ މަހުގެ 23 ވަނަ ދުވަހަކީ އާދިއްތަ ދުވަހެކެވެ. އެ ދުވަސް ބަންދު ކުރުމާ ގުޅޭ ގޮތުން ސަރުކާރުން އަދި ގޮތެއް ނުނިންމައެވެ.

ސުޕްރީމް ކޯޓަށް ސުއޫދު ހުށަހެޅުއްވި މައްސަލައިގައި ސުއޫދު އެދިފައިވަނީ ސެޕްޓެމްބަރު 23 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

ސުއޫދު ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅީ އެއީ ބަންދު ދުވަހަކަށް ނުވާތީ ރައްޔިތުންނަށް ފަސޭހަ ކަމާ އެކު ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ. އަދި ދުވަސް ބަންދު ނުކޮށްފިނަމަ ވޯޓުލުމުގައި ވަރަށް ގިނަ ބަޔަކަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލައަކީ ކޯޓުގެ ގަވާއިދުގެ ދަށުން ބަލައިގަންނަން ޖެހޭ ފަދަ ދުސްތޫރީ މައްސަލައެއް ކަމަށް ނުފެންނަ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ހުސްނުސުޢޫދަށް ވަރަށް ސަލާމް!

  2. މިންނާ

    ސުއޫދު މެން އުޅޭނެތަ ބަޔަކަށް ފަސޭހައެއްކޮށްދޭން. ގަބޫލެއް ނުކުރާނަން.

  3. އަބްދުއްލާ

    މިކަލޭގެ އަށް އެގޭކަމެއްނޭގޭކަމެއްވެސް ނޯވޭ . މިފަދަ ފޮނި މީހުން މިކަހަލަ ބޮނޑި ބޯނެ. ވޯޓްލާންވީދުވަހާ ، ވޯޓްލާންޖެހޭދުވަހު އިރު އަރަންޖެހޭގޮތަކާ ފިނިހޫނު ހުންނަންވާގޮތަކާ ވައިޖެހެންވާ މިންވަރު ބަންދު ނުވަތަ ރަސްމީ ދުވަސް ކަނޑައެލުމަކީ ކޯޓާ ބެހޭ ކަމެއްނޫންކަން ނޭގުމަކީ ހިތާމަހުރިކަމެއް . އަދިވެސް ސައިޒަށް ތުރިވާކަށް ނުވޭތަ ؟