މަރަދޫ ޖަގަހައަށް ގެއްލުން ދީފައި – ފޮޓޯ: އައްޑޫ ލައިވް

މިރޭ 11:30 ކަން ހާއިރު އައްޑޫ މަރަދޫ އިދިކޮޅު އިއްތިހާދުގެ ޖަގަހައަކަށް ބަޔަކުވަދެ ޒުވާނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

"ވަގުތަށް" މަޢުލޫމާތު ދެމުން މަންޒަރު ދުށް މީހުން ބުނެފައިވަނީ ޖަހަގަ ތެރެއަށްވަދެ ހަމަނުޖެހުން ހިންގާފައިވަނީ ފޭދޫއަށް ނިސްބަތްވާ  ބައެއް ކަމަށެވެ. މިހަމަލާގައި ބޮޑަށް ޒަޚަމްވެފައިވަނީ ހަމަލާއަށް ހުރަސް އަޅަން އުޅުނު މީހާއަށެވެ. މިގޮތުން  މިމީހާގެ އަތަށް ބޮޑަތި ޒަޚަމްތަކެއް ލިބިފައިވާއިރު ހަމަލާއަމާޒު ކުރަން އުޅުނު މީހާގެ އަތަށްވެސްވަނީ އަނިޔާތަކެއް ލިބިފައެވެ.

ޖަގަހަ ތެރެއަށްވަދެ ހަމަނުޖެހުން އުފެއްދި ކަމުގައި ވީނަމަވެސް، މިއީ ސިޔާސީ ގޮތުން ހިނގާފައިވާ ކަމެއް ނޫން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިއަހަރު ބޭއްވުނު ފުޓްސެލް މުބާރަތަކާއި ގުޅިގެން ހިނގަމުން އަންނަ ސިލްސިލާ މާރާމާރީގެ ތެރެއިން މާރާމާރީއެކެވެ.

މިހާދިސާއާއި ގުޅިގެން އެސްއޯ ފުލުހުން މަރަދޫގެ މަގުތަކުގައި ހަރަކާތްތެރިވަމުންދާ ކަމުގެ މަޢުލޫމާތު ލިބެއެވެ. އަދި ފުލުހުންދަނީ މަގުތަކުގައި ހަރަކާތްތެރިވާ އުޅަދުތައް ބަލާ ފާސް ކުރަމުންނެވެ.

"ވަގުތަށް" މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގައި މިހާރު ބަޔަކުވަނީ ހައްޔަރު ކުރެވިފައެވެ. ނަމަވެސް މިކަމުގައި ފުލުހުންގެ ބަހެއް އަދި މިހާތަނަށްވަނީ ލިބޭ ގޮތް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރާވައިގެނ އަމިއްލަޔަށް ކުރާކަމެއް

  2. މީ ތަރައްގީ ޔަކީ..ސަރުކާރުތަކުން ގެންނަ ތަރައްގީ މިއީ. ޢުމަރަށް ވެރިކަން ދީގެން ނޫނީ މިކަންކަން ހައްލެއް ނުވާނެ..

  3. ޙަފްޞާ / މާލެ

    ކުޅިވަރު ކުޅޭންވާނީ މޮޅާއި ދެރަ ތަޙައްމަްލްކުރެވޭ މީހުންނެވެ. މޮޅުވުމުން އުފާކޮށް ދެަރަވުމުން ތަޅާފޮޅާމީހުނެއްނޫނެވެ.

  4. ސުވާލަކީ ޖަގަހަ އަށް ގެއްލުންދީ ކަންތއް ކުރީމައި ސިޔާސީ ނުވަނީ ޕީޕީ ނުލައްވާތީ ހޭ...