ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ކުރީގެ ރައީސް ސުޖާއު ހަސަން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފިއެވެ.

ސުޖާއުގެ ފަރާތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، އޭނާ ކުރަމުން އަންނަ މަސައްކަތަކީ ރާއްޖެއަށް ހަގީގީ ޑިމޮކްރެސީ އިއާދަކޮށްދީ، ޒުވާނުން ބާރުވެރިކޮށް، ގައުމު އައު ފެށުމަކަށް ފަށުމަށް ކުރާ މަސައްކަތް ކަމަަށެވެ.

"މި މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން އަޅުގަނޑާއެކު މަސައްކަތްކުރައްވާ ބޭފުޅުންނަށް، މިހާރު މި ގައުމުގައި އޮތް ސިޔާސީ ފިކުރުތަކުން ކުރާ ދުއްތުރާތަކަކީ ވަރަށް ނާތަހުޒީބު ކަންކަންކަމުގައި އަޅުގަނޑު ދެކެމެވެ". ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވިގޮތުގައި، ފާއިތުވެދިޔަ 10 އަހަރު ތެރޭގައި ގައުމު އުފެދުނީ ގޮށްމުށުގެ ބާރުން ހިންގާ ކުދިކުދި
"ޑިކްޓޭޓަރޝިޕް"ތަކެކެވެ. އަދި ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކަށް ފާޑު ވިދާޅުވަމުން ސުޖާއުގެ އެ ނޫސް ބަޔާނުގައި ވަނީ، އެ ޕާޓީތަކުގެ ތެރޭގައި އެއްވެސް ޑިމޮކްރެސީއެެއް ނެތް ކަމަށާއި، އެ ޕާޓީތަކަކީ ވަކި ފަރުދުންތަކެއްގެ އަމިއްލަ ސިޔާސީ ހައިހޫނުކަމަށް ތަސައްލީއެއް ހޯދުމަށް ހިންގޭ ޑިކްޓޭޓަރޝިޕްތަކެއް ކަމަށެވެ.

އަދި ގައުމަށް ޑިމޮކްރެސީ ގެނައުމުގެ ނަމުގައި ރައީސް މައުމޫން އާއި ރައީސް ނަޝީދު، ގާސިމް އިބްރާހިމް އާއި ޝެއިހް އިމްރާން ރައްޔިތުންނަށް ހެއްދެވީ އިތުރުފުޅެެއްކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި ގައުމުގެ މައްސަލަތަަކަށް ހައްލު ހޯދައިދެއްވާނެކަމަށް ވިދާޅުވެ، ގައުމުގެ ދުސްތޫރީ ނިޒާމް ގަނޑުބަޑުކުރެއްވީ ރައީސް އަބްދުﷲ ޔާމީންކަމަށްވެސް ސުޖާރު ވިދާޅުވިއެވެ.

"އިސްވެ ދެންނެވިކަންކަން އެހެން އޮތުމާއެކު އަޅުގަނޑު މިކުރާ މަސައްކަތް ރައްޔިތުންނާއި ހަމައަށް ވާސިލްކޮށްދިނުމަށް ގިނަ ގޮންޖެހުންތަކެއް ހުރުމާއެކު މި ފަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އަޅުގަނޑު ނިންމި ނިންމުން އަނބުރާ ގެނެސްފީމެވެ". ސުޖާއު ނެރެއްވި ބަޔާނުގައި ވެއެވެ.

ސުޖާއު އަކީ ކުރިން އެމްޑީއޭ އާއި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި ބޭފުޅެކެވެ. ނަމަވެސް މިހާރު އޭނާ ހުރީ ކޮން ޕާޓީއެއްގައި ކަމެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޔާމިނު

    ނުވާނެ ކަންކަން ކުރަން އުޅެންޏާ އަތައް ގޮވާނީ. ހަހަހަހަ

  2. ކަލޮ ތޫ

    މަސްހޫރު ވާނެ ސްޓަންޓު ޖައްސަނީދޯ. ހަހަހ

  3. މަސްލަސް

    ސުޖާމެން ދައްކާވާހަކައިގެ ބުރަދަނެއް ނެތްކަން އެނގޭ ހިސާބަކީ ހިދުމަތްތެރި ދުވަސްވަރުގައި އެއްވެސް ފެންވަރެއްގައި ގައުމޭ ކިޔައިގެން ތިޔަ ކުރައްވަން ބުނާއެއްވެސް ކަމެއް ކުރަން މަސައްކަތެއް ކުރިކަން ސާބިތު ވެފައި ނެތުން. މަށަށްވެސް ތިހެން ބުނެވިދާނެ..

  4. ޢަޒީ

    މީދެން ކާކު... ޖެހޭ ކޮންމެ ދިމާލަކުން ވައްކަން ކުރަން އުޅުނު ސޮރެއް...

  5. މައިފޫން

    ތީގެއިން އެނގެނީ އަޒުމެއް ނެތްކަން، ހިތްވަރެއް ނެތްކަން..ޕްލޭނެއް ނެތްކަން.. މިސާލަކަށް ބައްލަވާ ރައީސް ޔާމީން މިގައުމު ތަރައްގީ މިކުރަނީ އިނދިކޮޅު އެންމެން ކިހިލި ޖަހައިގެން. އެޔަށް މިކިޔަނީ ގަޓުކަން.. ތިބޭފުޅާ އަށްވެސް އެނގޭނެ ކުރިމަތިވާ ދުއްތުރާ ބޭރުންނާއި އެތެރެއިން އެކަމަކު ރަށްޔިތުންނަށް އެކަން އިހުސާސް ވިޔަނުދީ ގައުމު ކޮޅަށް ނަގަނީ.. މީ މިކަން ކުރެވޭނެ ބޭފުޅުންނަކީ. ސާފްދޯ.. ބަޔަކު ކުށްވެރިވެގެން ޖަލުގައި ތިއްބަސް ގައުމުގެ އެއްވެސް އަސާސީ ކަމަކަށް ބަދަލެއްނާދޭ މަގުމަތި ހިމޭން. ކަލޯ އެބަހުރި ބައިވަރު ވާހަކަ އެހެން ނަމަވެސް އިހަށް ގޮސްލަނީ އިނގޭ...

    • ޟ

      ސަޅި ކޮމެންޓެއް...

  6. ފާތުން

    ކަލޯ ރައީސް ޔާމީން ވަރެއްނުވެވޭނެ ކަލޭ ތިޔައުޅެނީ ހިޖުރީ ގޮތުން ދިހަވަނަ ގަރުނުގެ ތެރޭގައި ވެރިކަން ކުރެވޭނީ ގަޓު ހުރެގެން ކަމެއްވާއިރަށް ބިރުންގޮސް ޕުއޕުލެވިގެން ވެރިކަމުން ފޭބި އަންނި ފަދައިން ވެރިކަންކުރަން ނޫޅެ އެކަމާދުރައްދާން ޖެހުމަކީ ކަލޭގެ ނަސީބު ރައީސް ޔާމީންއާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރަން ބޭނުންފުޅުވާނަމަ ގަޓު ހުންނަން އެބަޖެހޭ ގަޓު ހުރެގެން ތަހުޒީބާއި ތަމައްދުން އެގައުމަކަށް ގެނެވޭނީ އެހެންނޫނީ މިކަމެއްނުވާނެ.