މިއަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވާނެކަން މީގެ ކުރިން އިޢުލާން ކުރައްވާފައިވާ، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، އިންތިޚާބުގައި ވާދަނުކުރައްވާނެކަން ހާމަކުރައްވައިފިއެވެ.

އުމަރު ނަސީރު ދެންމެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބަށް އުމަރު ކުރިމަތި ލެއްވީ ޑްރަގާއި މީހުން މެރުމާއި ކޮރަޕްޝަނުގެ އަމަލުތަކުން ދިވެހީން ސަލާމަތްކޮށް، އިސްލާމީ ހަމަތަކުގެ މަތީގައި ގާއިމުވެ އޮންނަ އަމާން މުޖުތަމަަކަށް ދިވެހި މުނުތަމަޢު ގެންގޮސްދިނުމަށް ކަމަށެވެ. ނަމަވެސް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަކީ ހަރުދަނާ ލީޑަރެއް ހޮވުމަށްވުރެ ބޮޑަށް ފެންނަ ނުފެންނަ ވޯޓްއަކަށް ވެފައިވާތީ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ނިންމަވާފައިވާ ކަމަށްވެސް އުމަރުގެ ބަޔާނުގައި ބުނެފައިވެއެވެ.

"ނަމަވެސް މިއަދުގެ ސިޔާސީ ހާލަތު އޮތް ގޮތުން، ހަރުދަނާ ސިޔާސަތު ތަކާ ޤައުމު އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރުން އިންތިޚާބު ކުރުމަށްވުރެ ބޮޑަށް، މި އިންތިޚާބު ބަދަލުވެފައިމިވަނީ ފެންނަ ނުފެންނަ ވޯޓަކަށެވެ." އުމަރު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އުމަރު އިތުރަށް ވިދާޅުވެފައިވަނީ އަދި އޭނާގެ ވަގުތު ޖެހުނު ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި މިހެން ކަމުން އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

"އަޅުގަނޑާ މެދު އުންމީދުކުރައްވާ ހުރިހާ ބޭފުޅުންގެ އަރިހުން މާފަށް އެދޭ ހާލު، މި ރިޔާސީ އިންތިހާބުގައި ވާދަނުކުރާން އަޅުގަނޑު ނިންމައިފީމެވެ،" އުމަރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ ތާއީދު އޮތްކަން ހާމަކުރާ 1500 މީހުންގެ ސޮއި ހޯއްވަން ޖެހޭއިރު، އުމަރު ވަނީ 2،200 މީހުންނަށްވުރެ ގިނަ މީހުންގެ ސޮއި ހޯއްދަވާފައެވެ. ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެ ކަން އިޢުލާން ކުރައްވާފައިވާ ސުޖާޢު ހަސަންވެސްވަނީ އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން މިއަދު ހާމަކުރައްވާފައެވެ

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. އަލްޖިބްރާ

  ދިހަވޯޓްވެސް ބާތިލް ނުވެ ހޮވޭނެ މީހަކަށް ވޯޓްލިއްޔާ ފައިދާކުރާނީ ދިވެހިންނަށް !

 2. ނަދާ

  އުމަރު ޔަޤީން ވެއްޖެ ދޯ އުމަރުގެ ވޯޓްވެސް އުމަރަށް ނުލިބޭނެކަން

 3. އުމަރުކީބުމަރު

  އުމަރު ތިދިނީ އަހަރެމެންނަށް ވަރަށް ބޮޑު ލަޑެެއް... ހިލޭ ސާބަހަށް މުޅި ޤައުމުގައި ދުވެގެން 2000 ސޮއި ގެނެސްދިނީމާ ވެސް ކުރިމަތިނުލީ..

 4. ޥަރައް ދެރަ

  މީގެން މި ފެނިގެން ދިޔައީ އަދުގެ ދިވެހިން ނަށް ކަމުދަނީ ގޭންގު ލީޑަރުންނާ ޑްރަގު ވިއްކާ މީހުން ހިމާޔަތް ކުރާ ވެރިން ކަން

  • ފާ

   ރަނގަޅަށް ތިބުނީ

 5. އަލްޖިބްރާ

  އެހެނެއްނޫން ! ވީގޮތަކީ ވެރިކަމަށް ކުރިމަތިލައިފިނަމަ ހަރުގަޑާއި ހުދުވަލުގެ މައްސަލަ ކޯޓައް ވައްދާނެކަން އެންގީމަ ބިރުގަތީ !

 6. ވގ

  އުމަރު ހޯމްމިނިސްޓަރުކަމުގަހުރިއިރު ތިކަންތައްތައްނުކުރީކީއްވެތޯ އޭރުހަމަ އޯކޭ މިހާރު ކަޑަ އެހެނުހަދާ އޭރުގަ ކާރާ އާރާ ބާރު އޮތްއިރު ހަމަ ޔާނު އޯކޭ

 7. ދޮންއަލީ

  މިރާއްޖޭގައި ހެއުރިކަމެއް ކޮއްދޭނެ ބަޔަކު
  ނެއްބާ.

 8. Anonymous

  އަހަރުންނަށް ރަނގަޅީވެސް ކަލޭ ކުރިމަތިފަރާތްނުލާފިއްޔާ

 9. ހުސޭނުބޭ

  ބަލަގަ ޢުމަރު ތިހެދީ ކިހިނެއްތަ؟ އަހަރެމެން މިތިބީ ޢުމަރަށް ވޯޓުލާން. އަނެއްކާ ރައީސަކަށް ވުމުގެ ކުރިން ގޭންގުތައް ނައްތާލެވުނީތަ؟

 10. މަ

  ދެން މަ ރޮއި ރޮއި

 11. ސިއްދީޤް

  ހަހަހަ ތިވާނީ 100000ރ ހަމަނުވީކަމަށް، އަދިވެސް މީނަގެ ކަރަޕްޝަން މައްސަލަތައް އެބަހުރި، ފޯމް ހުށައަޅައިފިނަމަ މިމައްސަލަތައް ރައްޔިތުންނަށް ތިލަވެ މީނަގެ އަގުވެއްޓިދާނެކަމަށް އަވަހަށް މޮޅު ސްޓޯރީއެއް ހަދާލީ، އުމަރާ ރައްޔިތުން ގުނބޯހައްދަން ނޫޅޭ، މީ އައްޑިހާގެ ދުވަސްވަރެއްނޫނޭ.

 12. ފާ

  ވ ވ ވ ދެރަވެއްޖެ. އަސްލުގަ ވެސް

 13. މަހާރެހެންދި

  އެކި މަޅި މަޅީގައި ޖެހިގެން މީހުންތައް ސުންނާފަތިވަނީއެވެ. އެމީހަކަށް ރައްޔިތުން ތާއީދުކުރާނީ، އެމީހެއްގެ ޢަމަލުތަކަށް ބަލާފައެވެ. އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ދައްކާދޮގު ބުހުތާނު ވާހަކަތަކުގެ ތެދުދޮގު އޮޅުންފިލާނީ، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ ވައްކަމާއި އޮޅުވާލުމާއި މަކަރާއި ޙީލަތަށް އަދި މީގެއިތުރުން މީސްމީހުންނަށް ދީފައިވާ އަނިޔާތަކަށް ބަލާފައެވެ. މިރާއްޖޭގައި އަނިޔާވެރިކަން ޢާންމުވަމުން ނުދާނަމަ، ފުލުހުން ސީދާ މީސްމީހުންގެ ލޮލަށް އެހާގަތުން ކަރުނަގޭސް ބުރުއްސާނުލާނެއެވެ. ޕޮލިސް ކޮމިޝަނަރުން އެހާ އަވަސް އަވަހަށް ބަދަލުވަމުންނުދާނެއެވެ. ޕީޖީން ޖަލަށްނުދާނެއެވެ. ޑިފެންސް ނިމިސްޓަރުން ގޮޅީގައި ނުތިބޭނެއެވެ. 30 އަހަރު ދުވަހުގެ ބާނީ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް މުސްކުޅި ޙާލުކޮޅުގައި ކުޑަގޮޅީގައި ނުއޮންނާނެއެވެ. މިރާއްޖޭގައި ހުންނެވި މުއްސަނދި މަހުޖަނު ޖަރުމަނަށް ނުދިޔައީހެވެ. މިހުރިހާ ކަމަކުން މިރާއްޖެއާއި މިރާއްޖޭގެ މީހުންނަށް ގެއްލުން ލިބެމުންދާތީ އީޔޫ އެބުނަނީ، މިކަންކަން ހުއްޓަލައި ރަނގަޅު މަގަށް އައުމަށެވެ. އީޔޫގެ ބަހެއްވެސް އެއްވެސް އެއްޗަކަށް ނުހެދިއެވެ. ނުރެހޭ ގޮތަށް ޙުކުމްކުރާ ފަނޑިޔާރު އޮންނަށްޖެހެނީ ޖަލުގައެވެ. ރުހޭގޮތަށް ޙުކުމްކުރާ ފަނޑިޔާރަށް ލިބެމުންދަނީ ބޮޑެތި ޢިނާޔަތްތަކާއި އިތުރު މުސާރައެވެ. މިކަންކަމަށް ނުބަލައި ވޯޓްދޭށޭ އެބުނަނީ، އަނިޔާވެރިކަމުގެ މައްޗަށް އަނިޔާވެރިކަން އިތުރު ކުރުން އެހެން އެއްވެސްކަމެއް އޮވެގެންނޫނެވެ. 5 އަހަރު ދުވަހުގެ ތެރޭގައި އެހާބޮޑު މުސާރައެއްގައި އެހާގިނަ ނޯކަރުންނާއި ބާނދީންގެ ޚިދުމަތް ލިބުމުގައި އެހާމަތީ ޢިއްޒަތްދެވިފައި ހުންނެވިއިރު އަޅާދީފައިވާ ބްރިޖުގެ ވާހަކައާއި ހަދާދެމުންދާ ހަސްފަތާލުގެ ވާހަކަ ބުންޏަސް އިތުރު 5 އަހަރު ދެވޭނީ ވޭތުވެދިޔަ 5 އަހަރުގެ އެޕްރައިޒަލްގައި %50 ލިބިގެންނެވެ.

  • ތިލަފަތް

   އިބޫއާއި ޔާމީން މިންކުރާނަމަ ދިވެހިންގެ ވެރިއަކަށް.....................................

   ޔާމީނަށް %85 އިބޫއަށް %15

 14. މާމިގިލީ މީހާ

  ބޮޑު ލާރި ގަނޑެއް ލިބުނީ ކަންނޭގެ

 15. ޙަފްޞާ / މާލެ

  ރަގަޅު ޢުމަރު! ޔާމީނާއެކު ހުންެވުންއެެދެން! ޤަވްމު ހަލާކުކުރި މީހުން ޢުމަރަށް އެގިލައްވާނެ! އެއްކޮށް ދައުލަތް ހުސްވެ ޤަވްމު ހިންގެން ނެތި އެސެޓްތައް ވިއްކާ އެވަރުންނުވެގެން ރައްޔިތުންގެ އެކައުންޓުތަކުގައިހުރި ރުފިޔާކޮޅުވެސް ވަގަށްނަގާ ، ސިވިލްސާވަންޓުންގެ މުސާރަކޮޅުވެސް އަތުލި މީހުން ޢުމަރަށް އެގިލައްވާނެ!

 16. ބަރުގޮނު

  ޢުމަރާ ، ޢުމަރު ތިޔަވަނީ ސިޔާސީ ގޮތުން ޤަވްމުގައި އެބުރޭ ބުމަރަކަށް.