ލަންކާ އެއަރޕޯޓުން ގިނަ އަދެއްގެ ވަގު ޑޮލަރު ތަކަކާއިއެކު ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

މިކަން ހާމަކޮށް، އޮފިޝަލުންނާއި ހަވާލާދީ ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ ހައްޔަރުކޮށްފައި ވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ޑޮލަރު ފެނިފައިވަނީ އޭނާ ލައިގެން ހުރި ފަޓުލޫނުގެ ތެރެއިން ކަމަށެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި އޭނާގެ އަތުން ވަނީ ލަންކާގެ 13 މިލިއަން ރުޕީސް އާއި ގާތްކުރާ ޢަދަދަކަށް ޑޮލަރު އަތުލައިގެންފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ލަންކާގެ މައި އެއާޕޯޓު، ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދުގެ ވަގުތެއްގައެވެ. އެހެން ނަމަވެސް އޭނާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ.

ގިނަ ޢަދަދެއްގެ ވަގު ޑޮލަރު ގެންގުޅުނު މައްސަލައިގައި މިއަދު ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ދިވެހި މީހާ މިހާރު ހުރީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މި މައްސަލަ، އެޤައުމުގެ އެއާޕޯޓް ކްރައިމް އިސްވެސްޓިގޭޝަން ޑިޕާޓްމަންޓުން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.

މިމައްސަލައިގައި ލަންކާގެ ރަސްމީ ފަރާތްތަކުން މިފަދަ ކަމެއް ހިނގާފައިވާ ކަމެއް ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެންބަސީއަށް އަންގާފައި ނުވާ ކަމަށް، ދިވެހި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުވާފައިވާ ސަފީރު މުޙައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވިއެވެ.

"އަދި ސްރީ ލަންކާ ޕޮލިސްއިން އަޅުގަނޑަކަށް އަންގާފައެއް ނެތް އިނގޭތޯ! ދޭ ވިލް ޑޫ އިޓް. އަދި ނާދޭ އިންފޯމޭޝަން އެއް" މުންދު ވިދާޅުވިއެވެ.

މިއަދު ވަގު ޑޮލަރާއެކު ލަންކާއިން މީހަކު ހައްޔަރު ކޮށްފައިވާއިރު، މިދިޔަ ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން އެކި ކުށްތަކުގައި ގިނަ ޢަދަދެއްގެ ދިވެހިން ހައްޔަރުކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބީވާ

    ލަންކާ ކަސްޓަމު މީހުން 5000 ޑޮލަރަށްވުރެ ގިނަ ވަންޏާ ފައިސާކޮޅު ދަމައިގަންނަން ތިހެން ހަދާ.

    ގިނަ ފަހަރު ތިފައިސާއަކީ މަސްކޮޅު ވިއްކާފަ ގެންދާ ލާރިކޮޅު. ތި ލަނޑު ދެނީވެސް ލަންކާ މަސްގަންނަ މީހުން. ކިރިޔާ މައްސަލައެއް ޖެހުނަސް ތިކަހަލަ ލަނޑު ދެނީ.

  2. ޒަމުކޮ

    ވަރަނ ދެރަ

  3. ލޮލް

    ޔާމީނުގެ އައުވާނަކަށް ވާނީ

  4. އާދަންބެ

    އިބޫ ކެންޕޭނަށް ގެންނަން އުޅުނު ޑޮލަރުކޮޅު އެއަތުލީ ކިހާދެރަ?????

  5. ލައްޓި

    ލޮލް. ލަންކާއަށް އިރުއިރުކޮޅާ ގޮސް އުޅެނީ ޔާމީނެއް ނޫނޭ. އިނގިރޭސި ވިލާތުގައި އުޅޭ މީހަކު އިރުރުކޮޅާ ލަންކާއަށް ގޮސް އުޅޭ. ކުރީގައިވެސް ގިނަ އަދަދެއްގެ ޑޮލަރުތަކަކާއެކު ލަންކާ އެއަރޕޯޓުން ހިފެހެއްޓި ޑރ.މަޖީދު ކިޔާ މީހާއަކީ ޔާމީނުގެ އަޢުވާނެއްތޯ ނުވަތަ އިނގިރޭސި ވިލާތުގައި އެއުޅޭ މީހާ (ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވާކަށް ތިމަންނާއަކަށް ނުޖެހޭނެޔޭ ބުނި މީހާ) ގެ އަޢުވާނެއްތޯ؟

    • ޙަސަން

      ދޮގެއްފަހެވާނޫން

  6. ޥަގު ޔާނޓެ

    ތިީ މަ ފޮނުވި މޭހެކޭ..ނުވާނު އުފުރާލާކަށެ..?