އުތުރު ކޮރެއާގެ ބޯޓަކަށް ރާއްޖޭގެ ދިދަ ޖަހާފައިހުރި ޓޭންކަރެއް ކައިރިކޮށްގެން މުދާ ބަދަލު ކުރި ކަމަށް ބުނެ ފަތުރާފައިވާ ހަބަރާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރަމުންދާ މީޑިއާތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނެފި އެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނުގައި ބުނީ، އުތުރު ކޮރެއާގެ ބޯޓަކަށް ރާއްޖޭގެ ދިދަ ޖަހާފައިހުރި ޓޭންކަރެއް ކައިރިކޮށްގެން މަނާ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބަޔާންކޮށް ބައެއް މީޑިއާތަކުގައި ފަތުރާފައިވާ ހަބަރާއިި ގުޅިގެން އިއްޔެ އެ އޮތޯރިޓީން ހަގީގަތް ބަޔާންކޮށްދީފައިވާނެ ކަމަށެވެ.
އެހެން ނަމަވެސް އެ މައްސަލައާއި ގުޅިގެން އަދިވެސް ބައެއް މީޑިއާ ތަކުގައި ހަގީގަތާ ހިލާފް ވާހަކަތައް ފަތުރަމުން ދާކަން ޓްރާންސްޕޯޓް އޮތޯރިޓީ އިން ފާހަގަ ކުރިއެވެ. ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނީ، އެ މައްސަލައަކީ ވަރަށް މުހިންމު މައްސަލައެއް ކަމަށް ބަލައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބަލަމުންދާ މައްސަލައެއް ކަމަށެވެ.
އެހެން ކަމުން އެކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ދޮގު މައުލޫމާތު ފަތުރަމުންދާ މައްސަލައަކީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް ބުންޏެވެ. އަދި އެފަދަ ދޮގު މައުލޫމާތުތައް ފަތުރާ މީޑިއާތަކާމެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަަމަށް އެ އޮތޯރިޓީން ބުންޏެވެ.
އިއްޔެ ޓްރާންސްޕޯޓު އޮތޯރިޓީއިން ނެރުނު ބަޔާނުގައި ބުނީ އުތުރު ކޮރެއާގެ އުޅަނދާއެކު މުއާމަލާތްތައް ކުރިކަމަށް ބުނާާ ދިވެހި ދިދަ ޖެހީ ޓޭންކަރަކީ އެއްވެސް ޒަމާނެއްގައި ރާއްޖޭގެ ރެޖިސްޓްރީ އޮތް ޓޭންކަރެއް ނޫން ކަމަށެވެ.
އަބަދުވެސް ފިޔަވަޅެއް އެޅޭތޯ ބަލާތި!
ތިކަން ކުރަން މާލަސް ވެސް ވެއްޖެ މިހާރު. ފިތު ނައިގެ ހުޅުކޮޅު ރޯކުރާ ހުރިހާ ޗެނަލްއެއް ވީ ބަންދުކުރަން. ލައިސަންސްވެސް ބާތިލް ކުރަންވީ ހަމަ.
މިޓޭންކަރުގެ ވާހަކަވެސް އެންމެ ފުރަތަމާނުން ދެންކީވެސް ނަސީދު. މީ އޭނަކޮއްގެން އުޅޭކަމެއް. ޔަގީން.
ފިޔަވަޅު ވެސް އަޅަން ވީ ހުރިހާ ކަމެއް ކުރަން ވީ އެހެންޏާ ވެރިކަން ނުލިބިގެން އުޅޭ ބައިގަނޑު ހީ ވަނީ ރަކިސް ބޮނޑެއް ކެވިގެން އުޅޭ ހެން ވެރިކަން ވައްޓަން ވެގެން މުޅިއްޖޭގެ އަގުވައްޓާ އިސްލާމީ ހައްދު ފަހަނަޅާ ދާމީހުން އެބައުޅޭ ކިޔާ އާދޭސް ކޮށް ސިފައިން ނުގެނެވިގެން މޯދީ ކާރީ ރޮއެ ހޭރި ވާނުވާބޮއެގން ތެޅި ބާލަނީ إن شاء الله އެއް ކަމެއް ވެސް ނުވާނެ .ފިލާއޮވެ ވީދުނަކަސް ވާނެކަމެއް ނޯންނާނެ ކެރންޏާ އައިސް ކުރިމަތިލާން ވީ ހިމާރު ގަނޑާ
އެންމެ ފުރަތަމަ ޗައިނާގެ އޮފިޝަލް މީޑިއާއިން ފަށާ. އެމީހުން އެންމެ ފުރަތަމަ ތިވާހަކަ ފަޅާލީ
ތެދު މައުލޫމާތު ފަތުރަނީ ޕީއެސްއެމަ އާ ވަގުތު ނޫސް. ޞާކީ ހުރިހާ ނޫހަކަށް ފިޔަވަޅު އަޅަގަ