ޖަރުމަނުގައި ހުރެ މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އުފެއްދި ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާ ބާއްވަން އުފައްދާފައިވާ ކޮންގްރެސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާއިފި އެވެ.

ޖުމްހުރީ ޕާޓީން މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ޖުމްހުރީ ޕާޓީގެ ގައުމީ ޖަލްސާ ބޭއްވުމާ ގުޅޭގޮތުން ފާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އުފެއްދެވި ކޮންގްރެސް ކޮމިޓީގެ ބައްދަލު ވުމެއް ބާއްވާފައިވާ ކަމަށެވެ.

ގާސިމް އުފެއްދެވި އެ ކޮމިޓީގެ ޗެއާ އަކަށް އަބުދުﷲ ކަމާލުއްދީން ހަމަޖައްސާފައިވާއިރު ޗެއާގެ ނައިބް އަކަށް ހަމަޖައްސަވާފައިވަނީ ޑރ. އަބުދުﷲ މައުސޫމެވެ

ޖުމްހުރީ ޕާޓީން މިބައްދަލު ވުމާއި ގުޅޭ އިތުރު މައުލޫމާތު ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. شيشة

  ކަމާލުއްދީން އެއީ ދެން ކާކު މައުމޫނުގެ ވެރިކަމުގަ ހޯމް މިސްޓަރަކަށް ހުރި އިރުވެސް އެއްވެސް ކަމެއް ނުކުރެވޭނެ އާނ! ޢިސްކޮޅެއްހުރޭދޯ

 2. މީރާ

  އާން ތިގޮތަށް ފިލާތިބެ ސައްލާކުރޭ މަގެގައުމަށް އައީ ހަމަ ޖަލަށް ލާނީ ނިއު ގައްދާރު

 3. ޖޮއްބެ

  ލީޑަރޭ...؟؟ ދަރަނިބޯ ބާޣީއޭ ކިޔަގަ.

 4. ބެއްޔަހުއްތު

  މި ކަމާލުއްދީނަކީ އެނާގެ ހެލްމިނިސްޓަރު ކަމުގައި އަންހެން ދަރިޔަަށް ނާޖާއިޒްކޮށް ޕާކިސްތާނުގައި ކިޔަވާދިން މީހެއް އަދި ފަހުން އަންހެންދަރިގެ ފިރިމީހާ އަށްވެސް ހަމަ ހަރާމް ލާރިން ޑރ ކަން ކިޔާވާ ދިނީ

 5. ކެެރެޓް

  މި ކަލޭގެ ގޭގެ ހުރިހާ ތަނެއް ކުއްޔަދީފަ ދަރިންކޮޅު އަވަހަށް މީހުންނާއި ދެވާފަ އަންހެނުން ފެންވަރުގަ މޭކަޕްކޮށްގެން އަޗާ ތަޅަނީ

 6. ޝޫޒަން

  މީތަ ބަލިވެގެން ބޭރަށްގޮސް ފަރުވާ ކުރުމަކީ، ބޭރަށް ނުދެވިގެން އުޅުނު އިރު ބަލިހާލު ބޮޑުކަމުން މަރުވެދާނެ ކަމަށް އިނދިކޮޅު ފަރާތްތަކުން އަޑުއުފުލީ މި ގަނދު ގަންނަން ވެގެން. ޢިނދިކޮޅު ފަރާތްތަކުން ދައްކާ ފޭކް ދޮގުވާހަކަތަކަށް ރައްޔިތުން ހޭލުންތެރިވާންޖެހޭ.
  ޤާސިމް ބޭސްފަރުވާ ފެއްޓީ..