މި ސަރުކާރުގެ އަނިޔާވެރިކަން ނިންމާނެ ކަމަށް ވިދާޅުވެ، ރިޔާސީ އިންތިހާބުގައި އިދިކޮޅު އިއްތިހާދުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމު ދެއްކެވި ވާހަކަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އަށް ތާއީދު އިތުރުކުރެއްވުމަށް ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުރެންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ވަނީ، ރާއްޖޭގެ ރައްޔިތުން މިހާބޮޑަށް އިސްލާހަށް ބޭނުންވެގެން އުޅޭ ދުވަސްވަރެއް ނާންނަ ކަމަށް ވިދާޅުވެފައެވެ.

އަދި ރައްޔިތުން އެންމެބޮޑަށް ބޭނުންވަނީ އިންސާފު ކަމަށާއި ކުށެއްނެތި އެތައްބަޔަކަށް އެކި ގޮތްގޮތުން މި ސަރުކާރުގައި އަނިޔާ ލިބެމުންދާ ކަމަށް ފައިސަލް ނަސީމް ފާހަގަކުރެއްވި އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ލ. ފޮނަދޫއިން އޮތް ތާއީދު ދެއްކުމަށް އެރަށުގައި މިއަދު ބޭއްވި ސައިކަލު ބުރުގައި ބައިވެރިވެވަޑައިގަތުމަށްފަހު "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލްގެ އެވާހަކަތަކަށް ރައްދުދެއްވައި ރީކޯ ވިދާޅުވީ، އަނިޔާވެރިންނަކީ ކޮބަިއކަން އޮޅިވަޑައިގެންފި ކަމަށެވެ.

"އަނިޔާވެރިކަމާ ދެކޮޅަށޭ ތިމަންނަމެން މި ނިކުންނަނީ. އެހެން ބުނި އިރުގައި 30 އަހަރުގައި ދިވެހިރާއްޖޭގައި އަނިޔާ ކުރި ރައީސް މައުމޫން އެބޭފުޅުންގެ ލީޑަރެއްގެ ގޮތުގައި އެބަހުރި." ރީކޯ ވިދާޅުވިއެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތުމަށްފަހު، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސަރުކާރު ހިންގާ ޕީޕީއެމްއާ ގުޅިވަޑައިގަތް އަދި މިހާރު އެޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވައި މޫސަ ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރައީސް މައުމޫނަކީ އަނިޔާވެރިއެއް ކަމަށް ސިފަކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ.

އެގޮތުން، ރައީސް މައުމޫންގެ ވެރިކަމުގައި އޭނާ ނުހައްގުން ޖަލަށްލައި އަނިޔާ ކުރެއްވި ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއިރު އެއީ މައާފު ނުކުރެވޭނެ ކަމެއް ކަމަށްވެސް މީޑިއާތަކަށް މީގެ ކުރީން މޫސަ ދިން އިންޓަވިއުތަކުގައި ވިދާޅުވެފައިވެއެވެ.

އަދި މައުމޫންގެ ސަރުކާރުން އޭނާއަށް ކުރި އަނިޔާގެ މައްސަލަތައް އެމްޑީޕީގެ ސަރުކާރު އޮތް ދުވަސްވަރު ބެލުމަށް ވެސް މޫސަ މަސައްކަތްކުރެއްވިއެވެ.

ނަމަވެސް އޭރު ޑީއާރްޕީގެ ޒައީމްގެ މަގާމުގައި ހުންނެވި ރައީސް މައުމޫނަކީ ސިޔާސީ ވާދަވެރި ފަރާތް ކަމަށާއި އެމަނިކުފާނު ހިފާ ހައްޔަރު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ރައީސް ނަޝީދާއި ރީކޯ އާއި އެމްޑީޕީގެ އޭރު ތިއްބެވި ބައެއް ބޭފުޅުންނާ ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ.

ވަގުތަށް ދެއްވި އިންޓަވިއުގައި ރީކޯ ވަނީ ކުރީގެ ރައީސް ނަޝީދަށް ވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ނަޝީދަކީ ސިޔާސީ ޕާޓީތަކަށް އެންމެ ބޮޑު އަނިޔާއެއް ދެމުންދާ ބޭފުޅާ ކަމަށާއި އެޕްޑީޕީގައި މީހުން ހަރުނުލައިގެން އުޅުމުގެ އަސްލަކީ ވެސް އެމަނިކުފާނު ކަމަށް ރީކޯ ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތަކަށް އެންމެ ބޮޑު އަނިޔާއެއް ދެމުންގެންދާ އެކަކު ރައީސް ނަޝީދަކީ. ރާއްޖޭގެ ސިޔާސީ އެއްވެސް މީހަކަށް އެޕާޓީގައި ހަރުނުލެވުނު ތަނުގައި އެހެން މީހަކު ސިޔާސީ ކަމެއް ކުރަން އެހެން ދިމާލަކުން ވެސް ފުރުސަތު ދިން މީހެއްނޫން. ދެން އަނިޔާވެރިކަން ހުރީ ކޮންބައެއްތޯ އަޅުގަނޑުމެންނަކަށް ނޭނގެ." ރީކޯ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ ސަބަބުން އިދިކޮޅު ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވާ އިބޫއަށް ތާއީދު ގެއްލެމުންދާ ކަމަށް ވެސް ރީކޯ ވިދާޅުވިއެވެ.

"އިބްރާޙިމް މުޙައްމަދުގެ އަރިހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރޭގައި އެބަތިބި، ރައީސް ނަޝީދު ސީދާ ލާފަ ތިބި ޓީމެއް. ތަންތަނަށް އަރާ ދައްކާ ވާހަކައިގެ ސަބަބުން އިބޫއަށް ލިބެން ހުންނަ ވޯޓް އެމީހުންނަށް ގެއްލިގެންދާ ކަހަލަ ގޮތަކަށް ރައީސް ނަސީދު އަޑިއަޑިން މަސައްކަތް ކުރައްވާ. އެއީ އެބޭފުޅާ އާއްމުކޮށް ކުރައްވާ ކަމެއް. އެލަނޑު އެބޭފުޅާ އިބޫ އަށްވެސް ދެއްވަމުން އެގެންދަވަނީ." ރީކޯ ވިދާޅުވިއެވެ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތައުރީފު ކުރައްވާ ރީކޯ މޫސަ ވިދާޅުވީ، ސަރުކާރުގައި ތިއްބެވި ބޭފުޅުން ޗެލެންޖް ކުރައްވަނީ ހުރި މައްސަލަތަކަށް ކަމަށާއި އިދިކޮޅު މީހުންނަށް ނޫން ކަމަށެވެ.

އަދި ވިދާޅުވީ، މިއަދު މިއޮތް ސަރުކާޜަކީ ގައުމަށް ބޭނުންވާ ހަމަޖެހުމާއި އަމާންކަމަށް ދަތުރު ކުރާ ސަރުކާރެއް ކަމަށާއި މުޅި ހައްދުންމައްޗާއި ރާއްޖޭގެ މެޖޯރިޓީއާއެކު ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަންނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ދޮންކަލޯ ކިހާވަރެއް މިވެރިކަމުގަ، އަންނި ވެރިކަމުގަވެސް މުޅި ގައުމު. މީ ލައްކަ ވާހަކަ

  2. މާސް

    ހައްގު ތެދުބަހެއް ތިބުނުއްވޭ އަންނިޔާ މައުމޫނު އެއީބޮޑު ދެއަނިޔާވެރިން

  3. ދަންޑަހެލ

    މުސްކުޅިން ބުނަނީ ހަމަ ތެދެއް ފެން އޮތް ތާކަށް މަސްދާނީ މީ ލައްކަ ވާހަކަ

  4. ރާމްބޯ

    ރީކޯމޫސަ ގައިގަ ތިހުންނަނީ ރާމާމަކުނުގެ އުސޫލު

  5. Anonymous

    މޫސަ އެމްޑީޕީގަ ހުރިނަމަ ރައީސަކަށް ވާނީ ހަމަ މޫސަ
    ނެތްކަމެއްތަޤުދީރުގައިވާކަނަށްނުވެސް އޮންނާނެޔޭ
    އެއްކަމެއްވެސް ނުހިގާނެޔޭތަދުބީރުކުރެހިޕްލޭނަކުން

  6. ޖަކްމާ

    އެނގޭނެ ދުވަހެއް އޮންނާނެ! ޔަޤީން

  7. އަބްދުއްލާ

    މިގައުމުގަ މިހާތަނަށް އުފެދުނު އެންމެ ބޮޑު އަނިޔާ ވެރިޔަކީ ފަގީރުކަމުގާހުރެ އންދެރިމާގެ އަށް ވަދެވި އންދެރިމާގެއިން ނިކުމެވުނު އިރު މަހުޖަނަކަށް ވިމީހާ .މީނަ މަހުޖަނަކަށްހަދަން ދަވްލަތަށް އެތެރެ ކުރަންޖެހޭ ހުރިހާތެލެއް ދީ ތެޔޮ އެތެރެ ކުން ބޭނުންވާ ވަސީލަތްދީ ބޭރުގެ ބޭންކް ތަކުން ލޯނުނަގާ ދިނީމަ ކާންދިން އަތުގަ ދަތް އަޅާފަ ނުކުތީ ގައުމުގެ ވެރިކަންބަދަލުކުރަން . ދެން ދަެވަނަޔަށް ވެރިކަމަށް އައިމީހާ އާ 2 މަސްދުވަހުގެތެރޭ ދެކޮޅުވެރިވެ އެވެރިކަން ވައްޓާލކުމަށްފަހު. މިހާރުފަހުން ހުރި ވެރިމީހާގެ ވެރިކަން ވައްޓަލަންވެސް ނިކުމެ އުޅެނީ އެއްކަލަ މަހުޖަނު މިހެންވީ އިރު މީނާ އަކީ ބަގަރާސޫރަތުގެ 11،12 އާއި މާއިދާ ސޫރަތުގެ33 ވަނަ އާޔަތުގަ ވަހީ އައިސަފަިއިވާ ފަރާތްތަކުގެ ތެރޭ އެ މަހުޖަނު ނުވޭތޯ ؟ ވީމާ ބުނަން ޖެހެނީ މިގައުމަށް އުފެދުނު އެންމެެ ބޮޑު އަނިޔާވެރިޔަކީ އެ މަހުޖަނު ކަމުގާ

  8. ހައްޕުޑު

    ރީކޯމޫސަ ތިވިދާޅުވީ ރަނގަޅައް އަންނިޔަކީ އިސްލާމް ދީނައް ފުރަށްސާރަކުރި ބޮޑު އަނިޔާވެރިއެއް މައުމޫނަކީ ދިވެހިރައްޔިތުންގެ ބޮޑު އަނިޔާވެރިއެއް މީ މިގައުމުގެ ބޮޑު ދެ އަނިޔާވެރިން މި ދެ އަނޔާވެރިންގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާފާންދޭވެ އާމީން.

  9. Anonymous

    ޛގޖވވ

  10. ސަން

    ރީކޯމެންނަށް ބޮޑަށް އެނގޭނި، އެހެންމިބުނީ ރީކޯ ކިއެވިމަދަރުސާއެއް މަކުތަބެއް އަދި ސުކޫލެއް އުޑުދަށުގައި ނެއްކަމަށް މީހުން ބުނޭ، އަދި ދުނިޔޭގައި ފުރަތަމަފަހަރަށް މަގުމަތީގައި ކޯޓު ހަދައިގެން އުޅެނިކޮށް ސޯޓު ބޭލުނީވެސް ރީކޯމޫސަގެ

  11. މުހައްމަދު

    އަދި އެއްކަމެއް މަދެއްނޫން ބުރޯ؟
    ޖީ އެމް އާރް އަށް ވެލާނާ އިންޓަނޭޝަނަލް އެއރޕޯޓް ދޭން ރާވާފާވާ ގޮތުގެ ޕްލޭންގެވާހަކަ ނުބުނަމެއްނޫންތޯ؟

  12. ސްކޯރޕިއަން

    ޤައުމުގެ ވެރިޔަކަށް ހުންނަވާ ބޭފުޅަކީ އަނިޔާވެރިއެއްކަމުގައި ނުވާނެ! ރައްޔިތުން ބޭނުންވާ ކަންތަކެއް އެމީހުން ބޭނުން ގޮތަކަށް ކުރަން ވެގެން ޤާނޫނާ ޚިލާފްވެގެން ކުށަކަށް އަރައިގަނެވެނީ. އެއަކަމަށް އަދަބު ލިބެނީ މިދެންނެވި އެއިރެއްގައި ހުންނަ ޤާނޫނުތަކުން. ނިކަންވިސްނަވާ ރައީސް މައުމޫނުގެ ވެރިކަމުގެ ތިރީސް އަހަރު މިހާރުވެސް އިދިކޮޅުގައި އޮތް އެމްޑީޕީއާއި އެޕާޓީއާއި ގުޅިފައިވާ ޕާޓީތައް ފާހަގަ ކުރެއްވީ އަނިވެރިކަމުގެ 30 އަހަރުކަމަށް. އަދި މިއަށްވުރެ އަނިޔާވެރި މީހަކު ނުފެނެޔޭ ގޮވީ ރައީސް މައުމޫނަށްވެސް. ނުބައި ސިފައިން ނުގޮވާކަށް އެއްޗެއްނެތް. ނުވީތާކަށް ސުންނީމުސްލިމެއްނޫނޭވެސް ބުނެ އެމައްސަލަ ކޯޓުގައި ދަޢުވާ ކޮށް ހިންގި. ދެންމިފެނުނީ މި ރައީސް މައުމޫނު ހަމަ މިއިދިކޮޅުމީހުންގެ އަވައިގަ ޖައްސައިގެން ޢާއިލާ އެއޮތީ ޖަލަށް ލެވިފައި. މިިހިސާބުން ނަޝީދުގެ ވެރިކަމަށް އަންނަންވެގެންވީ އެންމެ ބޮޑު ވަޢުދު ފުއްދެވުނީ. މިފެނުނީ އަނިޔާވެރީން. ވިސްނަވާ އަނިޔާވެރިވާގޮތް ބަދަލު ހިފާނެގޮތް.

  13. އަހުމަދު އަޖުވަދު

    ތިޔަވިދާޅުވީ ތެދުފުޅެއް. ރީކޯ

  14. އަހުމަދު އަޖުވަދު

    އަންނި، އާޢި މައުމޫނަކީ، ދާދި މިދާކަށްދުވަހާ ހަމަށް ދެ ހަތުރުން، ނަމަވެސް މިއަދު ދެ މިތުރުން. އަންނި މަސައްކަތްކރީ، ކޮންމެފަދަ ގޮތަކުންވެސް މައުމޫނުގެ ވެރިކަން ނިން،މަން، އަދި އެދުވަސްވަރު، މައުމޫނަށްވުރެ، ނުބައިމީހަކު މކާއިނާތުގައި ނމެތަކަމަށްބުނެ ދައްކަމުންދިޔަ ވާހަކަތަކާއި، ހަމައެގޮތައް ދެމީހުން ދެމީހުން ގުދޯ ގުދޯ ގޮވަމުން، ދިޔަކަން، އަދި ހަނދާނެއްނުނެތޭ. މިއަދު ކޮންވާހަކައެއް އަނެއްކާ ދައްކައިގެން ކީކުރަންތޯ ތިޔަ އުޅުއްވަނީ. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ.