މިއަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބު އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރައްވައިފިނަމަ، ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެ 3 ކަމެއް، އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙް (އިބޫ) ހާމަ ކުރައްވައިފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މިއަދު އެދެނީ އިންސާފު ޤާއިމް ކޮށް ދިނުމަށް ކަމަށާއި އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ކުރައްވާނީ އެމަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެން ޑޯ-ޓު-ޑޯ އަށް ގޮސް ރައްޔިތުންނާއި ބައްދަލު ކުރާއިރުގައި، ދެކެވޭ ވާހަކައަކީ އިންސާފް ޤާއިމް ކޮށްދޭށޭ. މިތަނުން އަދުލު އިންސާފް ގެއްލިފައޭ މިއޮތީ. އެއަށް ފަހުގަ ދެން މި އެއްވެސް އެހެން ކަމެއް މި އަންނަނީ. އިންސާފެއް ނެތޭ އިންސާފު ޤާއިމް ކޮށް ދޭށޭ. ވައްކަމާއި ކަރަޕްޝަނާއި ފަސާދަ އިންތިހާއަށް ގޮސްފައޭ މިއޮތީ މިތާންގަ. އަނިޔާ ވެރިކަން ހައްދު ފަހަނަ އަޅާފަ އޭ މިއޮތީ. މިއަށް ހައްލު ހޯދަ ދޭށޭ." އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މިއަންނަ މަހު 23 ގައި އޮންނަ އިންތިޚާބު ﷲ ގެ އިރާދަފުޅާއިއެކު ކާމިޔާބު ކުރެއްވުމަށްފަހު 17 ނޮވެންބަރު ވަނަ ދުވަހު ވެރިކަމާއި ހަވާލުވަޑައިގަން ފުރަތަމަ ކަމެއްގެ ގޮތުން ފަށާނެ މަސައްކަތަކީ، "އިންސާފު ޤާއިމް ކޮށް ދިނުމުގެ މަސައްކަތް" ކަމަށެވެ.

މިގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ކުރައްވާނެ މަސައްކަތަކީ ސިޔާސީ ލީޑަރުންނާއި ސިޔާސީ ހައްޔަރީން އަދި ނުޙައްޤުން އަނިޔާ ލިބޭ މީހުން މިނިވަން ކުރުން ކަމަށް އިބޫވިދާޅުވިއެވެ.

"ފުރަތަމަ ކަމެއްގެ ގޮތުގައި ފަށާނެ މަސައްކަތީ މިއަދުވެސް ޖަލުތަކުގައި އެބަތިބި، ނުޙައްޤުން އަނިޔާ ލިބޭ އެތައް ބަޔަކު. ކުރީގެ ރައީސުން އެބަތިއްބެވި. ކުރީގެ ރައީސުން އެބަ ތިއްބެވި ރާއްޖެ ނާދެވިފަ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބަތިބި ނުޙައްޤުން އަނިޔާ ލިބޭ. އިރާދަ ކުރެއްވެޖިއްސާ އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ ދުވަހު، އެބޭފުޅުންގެ ޢާއިލާ ތަކާއިއެކު ގެޔަށް ވަޑައިގެން ރައްޓެހިންނާއި އެކު އުޅުމުގެ ފުރުސަތު ލިބިގެންދާނެ." އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެ ދެވަނަ މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ "ރައްޔިތުންގެ މާލިއްޔަތުން ގެއްލިގައިވާ އަދި ވަގަށް ނަގާފައިވާ ފައިސާ ހޯދުމުގެ" މަސައްކަތެވެ. މިގޮތުން އިބޫ ވިދާާޅުވީ އެމަނިކުފާނުގެ ސަރުކާރުން އެކުލަވާލާ އުސޫލުތަކެއްގެ މަތިން ޤާއިމް ކުރާ ކޮމިޓީއަކުން ނުވަތަ މުއައްސަސާއަކުން އެމަސައްކަތް ވެރިކަމާއި ހަވާލުވާ ދުވަހު ފައްޓަވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމަކީ ތާރީޚް ދުށް އެންމެ އަނިޔާވެރި ވެރިކަންކަމަށް ވިދާޅުވެ، އިބޫ ވިދާޅުވީ، ތިންވަނަ ކަމަކަށް ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާފައިވާ ގޮތް ނޭނގޭ 30 މަރު ތަޙްޤީޤް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"ތިންވަނަ ކަމަށް، މިވޭތުވެދިޔަ 5 އަހަރަކީ މިރާއްޖޭގައި އަނިޔާވެރި ކަމާއެކީގައި އެއްވެސް ޙައްޤެއްނެތި، އިންސާފެއްނެތި، ބެލުމެއް ނެތި. ވީ ގޮތެއް ނޭނގި އެތައް ބަޔަކު މަރުވެ، ގެއްލިފައިވާ 5 އަހަރު." އިބޫ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

  1. ސޯލިހު

    ބަރާބަރު އިބޫ! އިބޫ އޯކޭ!

    • އިސްމާލް

      ނުކިޔަވާ އިބޫ ކުރާނީ ކައިރީގަ ތިބޭ މީހުން ކުރަން ނިންމާ ކަންކަން.. ދެން ފެންނާނީ އަނެއްކާވެސް ގައުމުގެ ވަސީލަތްތަކާ ރައްތަކާ ވިއްކަމުން ދުވާތަން

  2. އަބްދުއްލާ

    މިހާރު އެންމެ ފުރަތަމަ ވައުދެއް އެވީ ގާނޫނާ ހިލާފު ކަނަކަން ކުރުމަށް . ސަރީއަތުން ހުކުމެއް ކޮށްފައިވާ އެއްވެސް މީހަކު މައާފްދިނުމާ އަދަބު ލުއި ކުރުމުގެ ގާނޫނުގެ ދަށުންނޫންގޮތަކަށް ނުކުރެވޭނެ. މިހާރު ގާނޫނުއަސާސއަކު ނެތް ރައިސަށް އެއްވެސް މީހަކަށް ހަމަހުރެފާ މައާފްދެވޭކަން . މައާފްދިނުމަށް ވަކި އިޖްރާތު ތަކެއް އެބަހުރި މި އިޖްތު ތަކުގެ ބޭރުން ކަމެއްކޮށްފިނަމަ ފުރަތަމަ ދުިވަހު ވެރިަކަމުގެ ސައްހަކަން ގެއްލލުނީ ހުވަޔާހިލާފް ވެވުނީ އެހިސާބުން ސްޕްރީމްކޯޓްގެ އަމުރަކުން މަގާމުން ވަކިކުރެވިދާނެ.

  3. ޔާމީން

    ބުރޯ، ކޮބާހޭ ކަލޭމެންގެ ލީޑަރު ބަނޑު އެޅި

    4.8 ބިލިއަން ރުފިޔާ؟ ކަލޭމެންގެ ވެރިކަމުގަ

    ކިތައް މީހުން މެރީ... 3 އަހަރު މިރާއްޖޭގައި

    ބަލާވެރިކަން ކޮއްފަ، އަނެއް ރާއްޖެއޭ ކިޔާ

    މުޅި ޤައުމު ފަސާދަ ކޮއްފަ ،ބޭރު މީހުންނަށް

    މިޤައުމަށް އަރަން ގޮވާ، ޓުއަރިޒަމް ބޮއިކޮޓު

    ކޮއް، ދީނީ މިނިވަންކަން ނެތް ކަމަށް ގޮވާ

    ދަތިކުރުމުގެ ފިޔަވަޅު އަޅަން އާދޭސްކޮށް....

    މި ހުރިހާ ކަމެއް ކުރަމުން ވެސް ތިބެ ގޮވަނީ

    ތިމަންނަމެން މި އުޅެނީ އިސްލާހު ކުރަންށޯ

    ބަޔަކު މޮޔަވެދާނެ އެއްނު

  4. ބަތޮލް

    3 ކަމެކޭ ކިޔާފަ 4-5 ކަމެއް ކިޔައިފި. ކޮން ޤާނޫނެއްގެ ދަށުން ކޯޓުން ހުކުމް ކޮށްފަ ތިބި ބަޔަކު ދޫކުރަނީ؟ ޤާނޫނުގެ ނަން ބުނެލަދީބަލަ މައުލޫމާތައްޓަކައި. އަނެއް ސުވާލަކީ ދެން މިހާރު ހުރި "އަނިޔާވެރި" ކޯޓުތައްވެސް އުވާލަނީތޯ؟ މިހާރު އޮތް ޕީޕީއެމް މެޖޯރިޓީއޮތް މަޖިލީސް ވެސް އުވާލަނީތޯ؟ ދެން ގަންޖާ މޮޔަ ސޮރު "ބޮލުގަ ބަޑިޖެއްސި އައިސިސްއަށް" މީހުން ފޮނުވާ ސިފައިންގެ އުވާލަނީތޯ؟

    • ?
  5. ކެނެރީ

    ފުރަތަމަ ދުވަހުވެސް ގާނޫނު ފުނޑު ފުނޑު އަރުވާޅުން ސާބަސް އިބޫ ވެރިއެއްގެ ގޮތުގައި އަހަރެން ހަމައެކަނި އިބޫ ބަލައިގައްނާނީ ޖުނުބު ވެރިއެއްގެ ގޮތުގައި އެގޮތުގައި ކުރިއަށްދޭ ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ މަގާމަށް އިބު އެކަށީގެންނުވޭ ސޮރީ ސޮރީ ވެރީ ސޮރީ.....

  6. ޤައުމު

    ކޮންމެހެން މައުމޫން މިނިވަން ކުރާކަށްނޫން އެއުޅެނީ. އަންނި ރާއްޖެ ގެންނަން އެއުޅެނީ. މިހާރުވެސް ހިތުން ކިޔާލަ ކިޔާލާ ހުންނާނެ މަމީ ޤައުމުގެ ރައީސޭ.

  7. ޑިމޮކްރަޓިސްޓް

    ހޭބަލިވެބަލަ. ކަލެޔަކަށް ނޭންގޭދޯ އެމީހުން ޖަލަށްލާފަ އެތިބީ ކުށެއްކޮށް އެކަން ސާބިތުވެގެން ކަމެއް. މައުލޫއޮޅުވާ ސިޔާސީ ލާނެކަމެއްނެތް. ކުށެއްކުރީމަ ހުކުމް އަންނާނެކަން ބޭނުންނުވާމީހަކަށް މަށެއް ހަމަ ގައިމުވެސް ވޯޓު ނުދޭނަންކަން ކަށަވަރު.

  8. ވިސްނާމީހާ

    ގޮތްނޭނގޭ 30 މަރޭކިޔާފަ އަދަދު ބުނާއިރު ތީ ވަރަށްބޮޑު ތުހުމަތެއް އިބޫ... ދޮގު ނުފަތުރާ ރައްޔިތުންނަށް އޮޅުވާނުލާ އުޅުނަސް ރައްޔިތުން ވޯޓުދެންޏާ ދޭނެ ނުދެންޏާ ނުދޭނެ ނުހައްގުން ހައްޔަރުކޮށްފައޭ ބުނާ އިރު މިސަރުކާރުން ޤާނޫނާއި ޚިލާފަށް ހައްޔަރުކޮށްފައިވާ އެކަކުވެސް އިދިކޮޅަކަށް ނުދެއްކޭ ފުރަތަމަ
    އިންސާފޭ ކިޔާއިރު އެމްޑީޕީގެ ވެރިކަމުގެ 3 އަހަރުގައި ސްޕްރީމްކޯޓަށް އައްޔަންކުރި މީހުން އަދިވެސް އެތިބީ އެކަމަކުވެސް އިންސާފެއްނެތޯ؟؟؟ ހައްހައް

  9. އިންސާފު

    ހާދަ ހެވާ ދޯ ގައުމުގެ ރަސަކައް ވީމާ ދުވަހަކުވެސް ކުށެއް ނުކުރާނެ ޔޭތަ ތިބުނަނީ.. ހުކުމް ކޮއްފަ ތިބި ބަޔަކު ހަމަ ހިތަން އެރީމަ ދޫކޮއްލުމަކީ ވެސް އިންސާފު ނެތުން ތާ. ތިހެން ވެއްޖެޔާ ޖަލުގަ ނުތިބޭނެ އެވެސް ކުއްވެރިޔަކު. ސިޔާސީ ވީމަ އޯކޭ ދޯ ކޮންމެ ކަމެއް ކުރިޔަސް ޖަލަކައް ނުލެވޭނެ ޔޯ ދޯ ތި ކިޔަނީ.. އެހެންވީމަ ޔާމީނުވެސް ޖަލައް ނުލެވޭނެތާ އެއީ ވެސް ރައިސްއެއްތާ

  10. އަބޫބޭ

    އިބޫ އަހަރެންގެ ބޭބެ ވެސް އެބަ އޮއް ޖަލުގަ 1 މީހަކު މަރާގެން އަދި 7 މީހެއްގެ ގަޔަން ވަޅި ހަރާގެން އުމުރއް ޖަލަން ލާން ހުކުން ކޮއްފަ އޭނަވެސް ތި ގޮތައް ދޫކޮއްލަދީ.. ދެންއަންނަ އިންތިހާބެއްގަ ސިޔާސީ ދާއިރާ އައް ނުކުނާނެ.. އޭރުން ހުރިހާ ކަމެއް ނުކުރިކަމައް ވާނެ ތާ.. މިހާރު ތިވީ ގޮތުން ސިޔާސީ މީހުންނަކީ ދުވަހަކުވެސް ކުށެއް ކުރާބައެއް ނޫންތާ

  11. އިންސާފު

    އެކަމަކު ވާ.. އިހައްދުވހކު ބުނީ ތިމަންނަގެ ވެރިކަމެއްގަ ގާނޫނަކާ ނުކުޅޭނަމޭ.. ދެން ކިހިނެއް ތި މީހުން ނެރޭނީ.. ކިޔާ އެއްޗެއް ދިމާނުވޭ ތީ ވާވަރު

  12. ހަސަން

    ކަލޭމެން މިރާއްޖެގަ ކުރި ބޮޑެތިވައްކަންތަ ބަލަބަލަ މިރާއްޖެ ވިއްކާލަން އުޅެނީއެއްނުން ކަލޭމެން.

  13. ބޭހޮއްކޮ

    ތީހަމަ ޔަގީނުންވެސް ނުކުރާނެ ކަންކަން އެބުނާ އެއްޗެއްގެ އިދިކޮޅަށް ވިސްނާ އޭރުން ދިމާވާނެ

  14. ޖޮއްބެ

    ތިޔައީ އަހަރެމެންނަށް އޮޅިފައިވާ ކަންކަމެއް ނޫނެވެ. އިބޫއާއި ޙަވާލު ވެފައިއޮތް ކަންކަން ތިރީގައި އެވަނީއެވެ
    1- ވެރިކަމުގެ ހުވާކުރުން.
    2- އަންނި މިނިވަންކޮށް އަންނި އަށް ނައިބުރައީސް ކަން ދިނުން.
    3- ވެރިކަމުން އިސްތިޢުފާދީ އަންނި އާއި ވެރިކަން ޙަވާލުކުރުން މިއެވެ.

  15. ޏ.މުލައް

    ކަލޯ ބުނަންތަ ވާހަކައެށް
    - އަދި ތަންކޮޅެއްގިނައިން ކެވުނު ނަމަ އިތުރު މަޝްރޫއުތަކެއް ފެންނާނެހެން ހީވަނީ
    - ކަލޯމެންގެ ކުރީގެވެރިކަމުގަ ކާފަ ރައްޔިތުން ފެލާފަ، މުވައްޒަފުން ވަޒީފާތަކުން، ކަނޑާފަ، މުސާރަ ކަނޑާފަ، ރައްތައް ވިއްކާފަ، ހަރުމުދާތައް ވިއްކާފަ، އެއްވެސް ކަމެއް ނުކުރެވުނު. ނާގާބިލުބައެއްގެ އަތައް އަނެއްކާވެސް މިގައުމު ދީގެން އެ އަނިޔާވެރި ދުވަސްތައް އަލުން ދެކޭކަށް ރައްޔިތުން ބޭނުމެއްނުވޭ

  16. ޙަމީދު

    ޢިބޫ ތިކަންކޮއްފާނެ އެއްވެސްވައުދެއްނުފުއްދޭނެ އެންމެ ދޮޅުއަހަރުން ކޮންވައުދެއްތަ ފުއްދޭނީ އިބޫ ނުކެޜޭނެބުނާކައް ދޮޅުއަހަރުދުވަހުން އިންތިހާބެއްނުބާވާނަމެކޭ އަދިއިތުރައްއެންމެދުވަހަކުވެސް ވެރިކަމުގަހުއްތަވެސް ނުދޭނެ ހަމަޖެހޭނީ ފައިބާން

  17. އަލީ

    ކުއްވެރިން ޖަލުން މިނިވަން ކުރުން އެއީ އިންސާފު ފުނޑުފުނޑު ކޮށްލުން. ދެން ގައުމަށް އަންނާނެ ހަމަނުޖެހުން ނިކަން ވިސްނާލާ؟ މިކަހަލަ ގަމާރު މީހަކު ވެރިކަމަށް ލާފި ނަމަ އަނެއްކާވެސް ކުންފުނިތައް ވިއްކާ ރާއްޖެއަށް ފައިސާ ވަންނަ ދޮރުތައް ބަންދު ކުރާނީ. އެއީ ކުރިންވެސް ނަޝީދު ހޮވިގެން ވީގޮތް.

  18. ސުވާލު ޖާޑީ

    މާރބްލް ގެސްޓްހައުސް އިން ރެޑްހޭންޑް ކޮށް ދެއަންހެނުންނާއެކު ކަމެއް ކުރަން ތިއްބާ ހައްޔަރު ކުރި އެމް.ޑީ.ޕީގެ އިސްވެރިޔާ ދޫކޮއްލީ އިންސާފުންތޯ.
    އެމް.ޑި.ޕީގެ ލޯގޯގަ ތިއްިންނަ ތިލަފަތް ހަމަހަމަތޯ.
    ފްލެޓް ބަހާނެ އުސޫލާއި ބެހޭގޮތުން ޝިފާޒު ބުނީ ކީކޭތޯ؟ އެމް.ޑީޕީއަށް ބަހާފަޔޭ އެހެން ބަޔަކަށް ލިބޭނީ.
    ގާނޫނާ ޚިލާފަށް ކިތައް މީހުން ހައްޔަރު ކުރިތޯ؟
    މި ގަރުނުގައި ގައުމު ދުއް ޚާއިނުން ޖަލުން މިނިވަންކޮށް ލަންކާގައި އަދިވެސް އުޅެމުން އެދަނީ އިންސާފުންތޯ. އިންސާފެއް ނުގެނެވޭ ތިވަރު ބަޔަކަށް. ހަމަ ކުރިން ވެސް ހެދިގޮތް ހަދާނީ. ވިޔަސް ވާނީ އެޔަށްވުރެ ގޯސް.

  19. ބޫސުފްޔާން

    ޢިބޫ ކޮބާކަލޭ..ކަނޑުވާފިހާރައިންނެގިމުދަލުގެރުފިއާ3މިލއަންރުފިއާގެމުދާނަގާގެނޮހުރެގެން އަންގަނުކޮފާ

  20. ރާއްޖެ

    ވެރިކަމަށް ކަލޭ އަންނަދުވަހު ކަލޭ ހައްޔަރު
    ކުަރަންޖެހޭ ގާނޫނާޚިލާފް ކަންކަން ކުރަން ދޫވެފައި
    ހުރެއްޖެނަމަ ގައުމުފސާދަވެދާނެ.

  21. ނަބީލާ

    މާތްﷲ ތިބާއަށް މިިދިވެހިރާއްޖޭގެ އެންމެއިސް ވެރިކަމުގެ މަޤާމަށްއައުމަށްއޮތް ފުރުޞތުތައް ބަންދުކުރައްވާންދޭވެ! އާމީން

    • ވިސްނާ

      އާމީން. ބަންދުކުރައްވާށި.. ހަމަރަގަޅަށްމިބުނަނީ އަހަރެން އެބަރޫރޫއަޅާ މީނާއަށް ވެރިކަން ލިބިއްޖެނަމަ މިގައުމުގަ ހިގާފާނެ ހަމަނުޖެހުންތަކަށް.. ވަރަށްބިރުވެރި.. ގައުމެނޫންނާނެ.. އެބަކިޔާނުން އިންވެސްޓަރުންގެ އިތުބާރުބޮޑުކުރާނަމޭ.. ކިހާބޮޑުވާނެ މިފަދަ ޖަރީމާހިންގީމަ.. ޖަޒީރާގަ ތިބެންކިޔަނީ މިހެންވެގެންމިމީހުން.. އތަނަކުން ލިބޭއެއްޗެކައިގެން ތިބޭށޯ.. މިމީހުން ޔޫރަޕްގަ..

  22. މޫސާ

    އެހެން ކަމަށް ވަންޏާ އިބޫގެ އަނިޔާވެރިކަމާއި ނާއިންސާފު މާބޮޑު! ީކަހަލަ އިންސާފެއް އަހަރެމެނ ބޭނުމެއްނޫން!

  23. މުހައްމަދު

    ކަލެއާއި ނަޝީދުގެ "ޔަހޫދީ ހިންދީ" ޖަމާއަތުން ހަވާލުކުރި އެއްމެ މުހިއްމު މަސައްކަތުގެ ވާހަކަ ޖީ އެމް އާރް އާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ކަލޭގެ ވެރިކަމުގެ ފުރަތަމަ100 ދުވަހުގެ ތެރޭގާ ހަވާލުކުރަންޖެހޭވާހަކަ ކީއްވެތޯ ނުބުނެ ފޮރުވާއިގެން ތިޔަހުންނެވީ...

  24. ސްކޯރޕިއަން

    އެމްޑީޕީގެ މެނިފެސްޓޯ ގެ ފުރަތަމަ ތިންކަމެއްގެ ތެރޭގައި ތިޔަ ފުރަތަމަ ކަމަކަށް އިންސާފު ޤާއިމްކޮށްދެވޭނީ ކޯޓުތައް ތަޅުއަޅުވައިގެން ޖުޑީޝަރީ ސިސްޓަމަކީ އޮންނަން ނުޖެހޭ އެއްޗެއްގެ ގޮތުގައި އެމްޑީޕީގެ ޤައުމީ މަޖްލީހުން ނިންމައިގެން. އެމްޑީޕީއަކަށް ފަހުމުނުވި ވެރިކަމުން ފައިބާން އަމުރު ކުރި ކާރނަލް ނާޒިމް ސަލާމަތް ކުރަން އެއްވެ މާލޭ ކުޑަތަން ކުރިއިރުވެސް ތިމަންނާމެން މިކުރަނީ ކޮންކަމެއް ކަން. މިހާރު މިޤައުމުގައި މޫނަކަށް ނުބަލާ ހައިބަތަކަށް ނުބަލާ އިންސާފު އެންމެ އާދައިގެ މީހާއިން ފެށިގެން އެންމެ މައްޗަށް އިންސާފު ޤާއިމް އެބަކުރޭ ކުށްވެރި ވެއްޖެނަމަ. ތިޔަހުރިހާ އިންސާފެއް ޤާއިމްކުރެވުނީ އިސްތިއުފާ ދެއްވި ރައީސް މިނިވަންކޮށްލީމާ.

  25. މަރޭ

    އަބުދުﷲ އަށް ނޭގޭތަ މިގައުމުގައި ޝަރީއަތްކޮއްފައިވާ ގިނަ މައްސަލަތަކަކީ ގާނޫނާއި ޚިލާފަށް ކޮއްފައިވާ ޝަރީއަތް ކަމެވެ.

  26. ސސސ

    ފުރަތަމަ 3 ދުވަހު ތިކަން ނުކޮށް ތިބެވިދާނެ. އެއިރުން އޮންނާނީ ވައުދު ފުއްދިފަ. ބާކީ ހުރިދުވަސްތަކުގައި އުޅޭނެ ގޮތް ދެނެވޮޑިގެންވާނީ ﷲ. 3އަހަރު ބަނޑުއެޅި ލާރީގެ އަދަދަށްބަލާއިރު ސަހަލުގޮތަކަށް ނުދާނެ. ކޮންވާހަކައެއް ދައްކާކަށް އިބޫ ފުރަތަމަ 3 ދުވަހު ކުރަންޖެހޭ ކަމަކީ ޖަލުގައިތިބި މީހުން ދޫކުރުން.

  27. ހުސޭނުބޭ

    "ރައްޔިތުންގެ މާލިއްޔަތުން ގެއްލިގައިވާ އަދި ވަގަށް ނަގާފައިވާ ފައިސާ ހޯދުމުގެ"
    އެހެންވިއްޔާ ވޯޓުގެ ކުރިޔަށް ރައްކުރިއަރުވާ ކޮމިޓީތަކުން ދިރުވާލި 166 މިލިއަން ރުފިޔާ ގެނޭ!

  28. ޒާ

    ތީގެ މާނައަކީ ޤާނޫނުން ވެރިމީހާއަށް ލިބިފައި ނެތްބާރުވެސް އޭގެ ބޭރުން ހިފާނެ ވާހަކަދޯ؟ ވަރަށް ތާހިރު.

  29. މުހައްމަދު

    އާމީން

  30. ައަލި

    ގުދޯ ގުދޯ ކިޔަނީ. މި މީހުންގެ އަނިޔާވެރި 3 އަހަރު ވެސް މި ތިން ކަންތައް ކޮށްފަ ހުރީ.ތަންކޮޅެއް ތާހިރު ވާހަކަ އެއް ދެއްކިނަމަ މަވެސް ގަބޫލުކުރީމުސް

  31. ވިސްނާ

    އިބޫ ޖަލުގައިވާ ފަރާތެއްދޫކުރައްވާނަމަ ޖަލުގައިވާހުރިހާ ކުށްވެރިންދޫކުރައްވަންޖެހިލައްވާނެ
    އެއީ ގާނޫނުގެކުރިމަތީގައި ހުރިހާފަރާތެއްވެސްހަމަހަމަވާތީ މައާފްދިނުމާ އަދަބުލުއިކުރުމުގެ
    ގާނޫނުގެދަށުންނޫންގޮތަކަށް ތިކަންކުރައްވައިފިނަމަ ފުރަތަމަދުވަހު އިބޫ ގާނޫނާ ޚިލާފްވެ
    ލެއްވީ އެހެންކަމަށްވާނަމަ.........................................

  32. އަހުމަދު އަޖުވަދު

    އަބަދުވެސް، އެނގޭ އިބޫގެ ފުރަތަމަ ކަމަކީ، ނަޝީދު ދޫކޮށްލުންކަން. އެއީ އޮޅިފަ އޮތްކަމެއްނޫން.

  33. ސޯދިގު

    ކަލޭ ފަތަށް ސީލާ ..ދަޑިފަނުން ގެ ހަދައިގެން. ތީ ކަލޭމެންގެ ސަރުކާރަށް ނިސްބަތްވާ ކަންކަން. މި ސަރުކާރުން ފަހަތުން ނުދެުވެ މަޑުން ތިބީމާ ތި ތިބެވުނީ ސަލާމަތުން. ނޫންނަމަ ތި ހުރިހާ މީހުން ތިބޭނީ ޖަލުގައި. އެއޮތީ އަދިވެސް ނިޔާޒު ނެރުނު އޮޑިޓް ރިޕޯޓުތައް. ތީން ގޮލައަކު ސަލާމާތްވާންނެތް. ރޔ ގެ 2 ވަނަ ދައުރުގައި މި ހރިހާ ފަސާދައިުގެ މައްސަލަބަލާ ތި ހުރިހާ މީހުން ޖަލަށްލާން ގޮވާލަން.

  34. މާއިން

    ޢުމުރަށް ޖަލަށް ލާފައި 3 ނޮވެމްބަރ ގައި އެތަކެއް ޝަހީދުން މަރާލި ހެންވޭ ރު ހަޖަރާ ލުތްފީ މިނވަންކޮށް ރާއްޖޭން ބޭރަށް ފޮނުވީ އަންނިއެއްނޫންތަ؟ ހުރިހާ ކުށްވެރީން އުޞޫލުން ބޭރުން މިނިވަން ކުރަން އެމްޑިީޕީ މީހުން ތިއުޅެނީ އެއި އަދުލުއިންސާފު ޤާއިމުކުރަނީތަ؟ފިނިފެންމާ ލޯންޗް ގޮއްވާލައި ދިވެހިރާއްޖޭގެ ރައްޔިތުންގެ ފައިސާ ކަމާ ޙަވާލުވެހުރެ އިޚްލާސް ތެރިކަން އިސްނުކޮށް އެގޮތް މިގޮތަށް ތަޅާލި މީހާ ވެސް މިނިވަންކުރަނީތަ؟1 ފެބްރުއަރީގައި އެމްޑީޕީ އަޑީގައި އޮވެގްން ނެރުވަން އުޅުނު ޙުކުމަކީ އެއީ) ކިހިނެއްނެރެން އުޅުނު ޙުކުމެއްތޯ ނުބަލައި ިތިމާމެން ކުރި ކަމެއްވީމަ އެކަންކުރިމީހުންވެސް ޖަލުން ނެރެނީތަ؟މިއީ ހުސް އިންސާފު ހޯދަނި.އެހެންބަޔަކުކުރުމުން ނާއިންސާފުވަނީ.ތިމީހުން ވެރިކަމަށް އެރިކަމަށް އެރީމަ ތިހުރިކަމެއް އޮންނާނީ ހަމަޔާ އިންސާފުން އިރާދަ ކުރެއްވިއްޔާ އަހަރެމެން ތިބޭނީ ބަލަން.

  35. މިލީ

    ފައިސާ ކާވާހަކަ އެމްޑީޕީ އަކަށް ނުދެއްކޭނެ. އައްޑޫކޮންވެންޝަން ސެންޓަރ އަޅަން 900މިލިއަން ރުފިޔާ ޚަރަދު ވީކަމަށް ބުނިއިރު މުޅި އައްޑޫސިޓީ ތަރައްޤީކުރެވޭނެ ރުފިޔާ އެއީ.އެކަމަކު އެތަނުގެ ނަމުގައި ފައިސާ ނަގައިގެން ހެދި ގޮތް އަހަރެމެން މިތިބިބަލަން.ތިމާމެންގެ އެކްޓިވިސްޓުން އޭރު އުޅުނީ ހިތުހުރި ގޮތަށް.އެއީ އެއްމެ ތިން އަހަރު ލިބމުން ހެދިގޮތް.އެއަށް ވުރެ ގިނައިން ވެރިކަމެއް ކުރަން ލިބުނު ނަމަ މުޅި ދައިލަތް ދަވާލާނެ. ވާހަކ ދައްކަން މާރީތި ބަޔެއްނޫން. ވެރިކަން ފޭރިގަންނަް ތިބެ ތަޅާ ހުސް ބޭކާރު އަނގަ. ޔާމީން ވަރުވެސް ނުވާނެ.ތިއުޅެނީ ރައްޔިތުން ހައްލައިގެން ވެރިކަން ފޭރެން.

  36. އަލީ

    ހަނދާން ނައްތާލާ ނުވާނެ ކަމެއްގެ ވާހަކައިން ރައްޔިތުން ގުނބޯނަހައްދާ ކަލޭ އެކަނއ ކުރާނަމަ ފުރަތަމަ ޖެހޭނީ ގާނޫނު އަސާސީ އިސްލާހުކުރަން އެކަމެއް ނުވާނެ ދެން ކިނިނެއްގާނޫނާ ޚިލާފަށް އެމީހުން ދޫކުރަނީ މޮޔަނުގޮވާ ހުރެބަލަ.

  37. ޣަންޖާ

    އަހަރެމެންނައް އެގޭ ކަލޭ ތިއުޅެނީ ޖަލުގައިތިބި ކުއްވެރިން ދޫކޮއްލާށޭ ކިޔާފަ އަންނިވެސް ދޫކޮއްލާފަ އެއްއަހަރު ތެރޭގަ އަނެއްކާ އިންތިހާބެއް ބާއްވާފަ ކެނެރީގޭ ބުއްޅަބެއަށް ވެރިކަން ހަވާލްކުރަން މޮޅު ވާހަކަ ދައްކާނެ ކަމެއްނެތް ކަލޭތީ ބުއްޅަބޭގެ ޕަޕެޓް އެއް’ އިންޝާﷲ ވެރިކަން ނުލިބޭނެ އިރާދަދުރެއްވިޔާ

  38. މާބޭބެ ނޭފަރު

    އިބޫ ހުސްވައުދު ނުވިއްޔާ ރަނގަޅުވާނީ. ތިޔަ ގޮތަށް މި ޅ. އަތޮޅުގެ ގޮނޑިވެސް ފުރީމެއްނު. ލަދުން ބޯ ހަލާކު

  39. މުރާދު

    ދޮޅު އަހަރުގެ ޑީލެއްގެ ދަށުން ވެރިކަމައް ކުރިމަތިލައިގެން ތިއުޅެވެނީ ހަމަ ޕަޕެޓެއް އުޅޭޭހެން.

  40. އަލީ

    އިންސާފް ޤާއިމް ކުރެވޭނީ ﷲ ގެ ޝަރިއަތް ތަންފީޒްކޮށްގެން. އަމިއްލަ އަތުން ހަދާ ޤާނޫންތަކަކުން އަދުލު އިންސާފް ޤާއިމް ނުކުރެވޭނެ

  41. މައުސް

    ކޮބާ އެއަރޕޯޓް ވިއްކާލުން ، އިންޑިޔާއާ އެމް އެންޑީއެފް ހަވާލު ކުރުން ، ކޯޓްތައް ކުއްޔައް ދިނުން

  42. ނިކްސް

    މާދަމާ ހޭލާފައި ކުރާނެ 3 ކަންތައް
    1- ރަނގަޅު މީހަކަށްވުން
    2- އެހެން މީހުނަށް އެހީވުން
    3- މޫދު ސާފުކުރުން

  43. ދޮޅު އަހަރުގެ ދޮޅު ރޯނާ

    ކާކު ރާއްޖެ ނާދެވިފަ ހުރީ؟ ކާކު މަނާކުރީ؟ އެކަކަށްވެސް ރާއްޖެ އަންނާކަށް މަނައެއް ނޫން ރާއްޖެއިން ޑީޕޯޓް ތިބި ބިދޭސީން ފިޔަވައި. ކަލޭ ނަރުދަމާ މަތީ އަޅައިދޭ ވާހަކައާއި އެއަރޕޯޓ މަތީ އެއަރޕޯޓް އަޅާ ވާހަކަ ދައްކާ ގޮތަށް ހުރިހާ ވާހަކައެއް ދައްކަމުން ހިނގާ. ކިޔާނެ އެއްޗެއް ނޭނގޭ ބޮޑު އޮރި. ހީވަނީ ސިލޯނު އޮރިއެއްހެން.

  44. ޗިއްލޫ

    ގާނޫނެއްނެތީތޯ؟؟؟ ގާނޫނީ ގޮތުން ހުކުންކޮށްފަވާ ކުއްވެރިން ދޫކުރުމަށްވެސް ވަކި ގާނޫނުތަކެއްއޮވޭ!

  45. ޙަބޭސް

    އެ3.ކަންތައް އެދުވަހު ނިމޭނެ ދޯ

  46. ގޮމާ

    އިބޫއަށް ކުރަން ހަވާލުކޮށްފައި އޮތް ކަމަކީ ވެސް ތީ އެހެންކަމެއް ނުކުރެވޭނެ ދެންޖެހޭނީ އިސްތިއުފާދީފައި އަންނިއަށް ވެރިކަން ހަވާލުކުރަން