އެމްޑީޕީގެ ވެރިކަމުގައި ވިއްކާލި ގައުމުގެ ހަރު މުދާތަށް ހޯދައި ދިނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދު ރަހީމު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިންގެ ލެޔާއި ދާ އޮހޮރުވައިގެން ހޯދާފައި ހުރި ގައުމުގެ ހަރު މުދާތަށް ވިއްކާލީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ.

" ދިވެހިންގެ ލެޔާއި ދާ އޮހޮރުވައިގެން ހޯދާފައި ހުރި ގައުމުގެ ހަރު މުދާތަށް ވިއްކާލީ އެމްޑީޕީގެ ސަރުކާރުން. އަލުން އަނބުރާ އެމުދާ މި ހޯދައިދެނީ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ސަރުކާރުގައި. މިއީ ދިވެހިން ދަންނަ ހަގީގަތެއް " އަދުރޭ ވިދާޅުވިއެވެ.

ސަރުކާރުން ބުނާ ގޮތުގައި އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ދިގު ދެމިގެންވާ ފަގީރު ކަމަކަށް ގައުމު ވައްޓާލަން ރޭވިގެން ހިންގާފައިވާ އަމަލެކެވެ. ނަމަވެސް ރައީސް ޔާމީން އަލުން ވެރިކަމަށް ވަޑައިގެން 300 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުކޮށް އެއާޕޯޓް ވަނީ ޖީއެމްއާރް އަތުން އަނބުރާ ހޯދާފައެވެ.

އެއާޕޯޓް ޖީއެމްއާރު އަތުން އަތުލި މައްސަލާގައި ޖީއެމްއާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކަން ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ދިވެހި ސަރުކާރުގެ މައްޗަށް އަމުރުކޮށްފަ އެވެ. އެ ފައިސާ ރާއްޖެއިން މިހާރު ވަނީ ޖީއެމްއާރަށް ދައްކާ ނިންމާފައެވެ.

އެމްޑީޕީ ސަރުކާރުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޖީ.އެމް.އާރު ކުންފުންޏަށް ކުއްޔަށްދީފައިވަނީ 28 ޖޫން 2010 ގައެވެ. އަދި އެ އެގްރީމެންޓް ނިމުމަކަށް ގެނެސްފައިވަނީ 27 ނޮވެމްބަރު 2012 ގައެވެ.

ޖީއެމްއާރު ކުންފުނި އަތުން އެއަރޕޯޓު ހޯދައި، އެތަނުގެ ހިންގުމާއި އެމްއޭސީއެލް ހަވާލުވި އަހަރު، އެމްއޭސީއެލްއަށް ފައިދާގެ ގޮތުގައި އެއް ބިލިޔަން ރުފިޔާ ލިބުނުކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގެވުމާ ދިވެހި ސަރުކާރުން ހަވާލުވިފަހުން، ދިވެހި ސަރުކާރުން ވަނީ އެއަރޕޯޓް ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭނެއް އިޢުލާނުކުރައްވައި އެކަމުގެ ޢަމަލީ މަސައްކަތް ފައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބްދުއްލާ

    ގާނޫނާ ހިލާފަށް އެއާޕޯޓް ވިއްކާލުމުން ލިބުނު ގެއްލުގެ ބަދަލު ހޯދަންނުޖެހޭތަ ؟ގާނޫނުނަންބަރު 1/68 ޖ ގައިވާގޮތުގެ މަތީން ޒިންމާކުރުވާ ބަދަލު ނުހޯދާ މަޑުކުރަނީ ކީއްވެތަ ؟

  2. ނުުރަބޯ

    އަދުރޭ އެ ވިދާޅުވީ ވަރަށްބޮޑު ތެދެކެވެ. ކެރަފާނަޝީދަކީ އެއްވެސް ލަދެއް ހަޔާތެއް ނެތި މިގައުމުގެ މުއްސަނދިކަން ބޭރުގައުމުތަކަށް ވިއްކާލި ނުބައި ޚާއިނު ޣައްދާރެކެވެ. ދެރަކަމަކީ ބައެއް ދިވެހިން އަދިވެސް ހަމަ އެއިރު ލިބުނު ނިކަމެތިކަމަށް އަދިވެސް އެދޭކަމެވެ. މިއީ އަސްލު ހަސަދަވެރިކަމުގެ ސަބަބުން ވާކަމެކެވެ. މާތް ރަސޫލުﷲ ޞ.ޢ.ޥ ގެ ޒަމާނުގައި އެކަލޭގެފާނު މުޝްރިކުންނަށް އިސްލާމްދީނަށް ގޮވައިލައްވާ ނަޞޭޙަތްޕުޅު އެރުވުމުން އެމީހުނަށް އެކަލޭގެފާނު އެ ޙަދީޘްފުޅު ކުރައްވަނީ ސާފު ތެދުކަން އެނގޭޙާލުގައި އެކަލޭގެފާނަށް ދަންނަވަނީ " ކަލޭގެފާނު ތިޔަވިދާޅުވަނީ ތެދުފުޅެއް ކަމަށްވާނަމަ (މައްޗަށް އިޝާރާތްކޮށްފަ) ތިއޮއްފެންނަ އުޑުން އެތިގަނޑެއް ތިމަންމެންގެ ބޮލަށް ވަށްޓާލަދޭށޭ ކަލޭގެފާނުގެ ކަލާނގެއަށް ދަންނަވާށޭ" މިއެވެ. ރީނދޫ މީހުންނަށްވެސް މިވަނީ މިކަހަލަ ގޮތެކެވެ. އެމީހުން އެދޭވެރިކަން މިގައުމު ގައި ގާއިމުވެއްޖެނަމަ ލަސްތަކެއްނުވެ ގައުމު ދަރަނިވެ ނިކަމެތިވެ ހަލާކު ވެގެން ދާނެކަން އެނގޭ ޙާލުގައިވެސް އެމީހުން އެދެނީ އެ ވެރިކަން ގާއިމު ވުމަށެވެ. މިއީ ހަމަ ކުރިންދެންނެވި ޙަސަދަވެރިކަމުގެ ސަބަބުން ވާގޮތެކެވެ.

  3. ބޯސަން

    ތިބުނީ ވަރަށް ރަގަނޅުވާހަކައެއް..އެމީހުން ހޭވިހުރިހާހަޑިއެއް ރަގަނޅުކުރަން މިޖެހުނީ ރައީސް ޔާމީންއަށް...މިއަދު ﷲ ވާގިފުޅާއެކް މިގައުމުގެ ވެރިކަން އެމަނިކުފާނަށް މިންވަރުކުރެއްވިކަމީ އަހަރަމެން ދިވެހިންގެ ނަސީބް..

  4. ބޯސަން

    ރައީސް ޔާމީން ކުރެއްވިކޮންމެ ކަމެއް ކުރެއްވީ ދިވެހިރައްޔިތުންއަށް ލާބަޔާމަންފާއަށް..އަދިވެސް އަހަރަމެން ބޭނުންވަނީ ކުރިޔަށްއޮތް 500އަހަރުވެސް އެމަނިކުފާން ދިވެހިދައުލަތުގެ އެންމެއިސްފަރާތުގެ ގޮތުގައި ހުންނަށް..ﷲ ރަޙްމަތްފުޅުން އެމަނިކުފާން އެކުރައްވާ މަސައްކަތުގައި ދެމިހުރުމަށް ކުރައްވާ ކޮންމެކަމެއްގައި އަހަރެމެން ދެމިތިބޭނަން..އިންޝާ ﷲ

  5. Anonymous

    ތިބުނީ ވަރަށް ރަގަނޅުވާހަކައެއް..އެމީހުން ހޭވިހުރިހާހަޑިއެއް ރަގަނޅުކުރަން މިޖެހުނީ ރައީސް ޔާމީންއަށް...މިއަދު ﷲ ވާގިފުޅާއެކް މިގައުމުގެ ވެރިކަން އެމަނިކުފާނަށް މިންވަރުކުރެއްވިކަމީ އަހަރަމެން ދިވެހިންގެ ނަސީބް.. މިފަހަރުވެސް ﷲ ވާގިފުޅާ އެކު އަޅަމެންނައް ޔާމިންއާއެއްކޮން މިގައުމް އާރާސްތު ކުރުމުގެފުރުސަތުދެއްވާށި އާމިން އިންޝާﷲ