އިމާމުންނާއި ޚަޠީބުން ތާޒާ ކުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގެ 10 ވަނަ ބައްދަލުވުން ރޭ ފަށައިފިއެވެ.

މި މަސައްކަތު ބައްދަލުވުމުގެ 10 ވަނަ ބުރު ކުރިއަށްދަނީ ކ އަތޮޅާއި ޅ އަދި އއ އަތޮޅުގެ އިތުރުން އދ އަދި ވ. އަތޮޅުގެ އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށްގެން މާލޭގައެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ މާލޭ ސިޓީއާއި އައްޑޫ އަދި ފުވައްމުލަކު ސިޓީއާއި ލ.އަތޮޅާއި ހދ. އަތޮޅާއި ނ. އަތޮޅު އަދި ގއ. އަތޮޅުގެ އިމާމުންނާއި ޚަތީބުންނަށް އަމާޒުކޮށް މިފަދަ މަސައްކަތު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ.

މިއަދުގެ ނިޔަލަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި އެ އަތޮޅުތަކުގެ އެކި ރަށްރަށުން 130 ފަރާތަކުންވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މާއްދާތަކުގެ ތެރޭގައި ފިޤްހު، ޤުރުއާން، ދިވަހިބަސް އަދި މޮސްކް މެނޭޖަންޓް ހިމެނެއެވެ.

އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށް މިފަދަ ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ، އިމާމުންނާއި ޚަޠީބުންނަކީ މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެފައި، އިމާމުންނާއި ޚަޠީބުންގެ މަސައްކަތަށް ޒަމާނާ ގުޅިގެން އަންނަންޖެހޭ ބަދަލުތައް އޮޅުންފިލުވައިދީ ހޭލުންތެރި ކުރުވުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ވޯކްޝޮޕްތައް ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުން

    އެއީ ވޯޓް ކޮންޓްރޯލަރުން ވީމާ މި މަހުން ފެށިގެން 15000.00ރ ގެ މުސާރަ ދެއްވަން ފެނޭ.

  2. އިމާމް

    ކޮންމެ އެއްޗެކޭ ކިޔަސް ކެނެރީގޭ ނަޝީދު ކަނޑާލި އިމާމުންގެ ހުރިހާ ރުފިޔާ އެއްފަހަރާ ދިނީ ރައީސް ޔާމީނުގެ ސަރުކާރުން...އެއީ 2014 ގަ އެވެސް ވޯޓަށް ދޯ ޅިޔަނާ....