މިރޭގެ ވަގުތެއްގައި މާލޭގައި މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

މިރޭ 12:40 ކަންހާއިރު މާލޭގައި މީހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ ބީޖީ ސަހައްދުގައެވެ. މަންޒަރު ދުށް މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިމީހާއަށް ހަމަލާދީފައިވަނީ 8 މީހުންގެ ގުރޫޕް އަކުން ކަމަށާއި ހަމަލާދިނުމަށްފަހު އެސަހައްދުން ހަމަލާދިން މީހުން ފިލާފައިވާ ކަމަށެވެ.

މަންޒަރު ދުށް މީހާ ބުނިގޮތުގައި މިމީހާގެ ބޮލަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށާއި މިމީހާއަށް ހަމަލާދީފައިވަނީ މަގުމަތީގެ ހުރި ކާނު ގާގަނޑުން ކަމަށެވެ. މިމީހާގެ ބޮލުގައި ގަލުން ތަޅާ ޒަޚަމްކޮށްލިއިރު، މިމީހާ ވަނީ ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ގެންގޮސްފައި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

މިހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، މިހާދިސާއާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް މިހާތަނަށްވަނީ ލިބޭ ގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޯބުރާންތި

    ފުލުހުން ސިޔާސީ ކުޅި ނުކުޅެ މިކަން ހުއްޓްވަން އެބަ ޖެހޭ

    • ސަގަރޭ

      ކަލޭ ހުއްޓުވަބަލަ. ތިހާމޮޅިއްޔާ

      • ސަގަރޭ ބައްޕަ

        ކަލެއައް ވަރައް ބާރު ކުރޭ ދޯ

        • ސަގަރޭ ކާފަ

          ޕޮލިހުން ސިޔާސީ ކުޅި ކުޅެފަ ވަގުތެއްނުވޭ .. ހުއްޓުވަން ޖެހޭނެ އެމީހު މިކަން ނުވަންޔާ ރައްޔިތުގެ ލާރި ނުކައި ގެޔައް ދޭ