އަލްކައުން އިންބޭއްވި ތިން މުބާރާތެއްގެ ނަތީޖާ ފަޅުކޮށް ވަނަވަނައަށް އައި ކުދިންނަށް އިނާމާއި ހަނދާނީލިޔުން ހަވާލުކޮށްފިއެވެ.

އަލްކައުން އިން ބޭއްވި ތިން މުބާރާތަކީ އިންޓަރ ސްކޫލު ޤުރުއާން މުބާރާތާއި، އަލްކައުން ކުޑަކުދިންގެ ޤުރުއާން މުބާރާތާއި އަލްކައުން މަދަހަ މުބާރާތެވެ.

ނޭޝަނަލް އާރޓްގެލެރީގައި ބޭއްވި މިރަސްމިއްޔާތުގެ ޝަރަފްވެެރި މެހުމާނަކީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ރައީސް އަލްއުޘްތާޒު އިބްރާހިމް ރަޝީދު މޫސާއެވެ. އޭނާ ވަނީ ބައިވެރިންނާއި ވާހަކަފުޅުދައްކަވައި ޤުރުއާން ކިޔެވުމާއި ޤުއުރުއާނުގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅުދައްކަވާފައެވެ. އަދި މިފަދަ މުބާރާތްތަކުން ވަނަތަށް ހާސިލްކުރާ ކުދިން އެހެނިހެން މުބާރާތްތަކުގައިވެސް ރަނގަޅުވަނަތަށް ހާސިލްކުރުމަށް ގޮވާލެއްވިއެވެ. އެމަނިކުފާނު ވަނީ އަލްކައުން ތިން މުބާރާތުގެ ވަނަވަނައަށް އައި ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވެސް އިނާމާއި، މިލްކުވާތަށި ހުށަހެޅުއްވި މިމުބާރާތުގެ އިންޓަރ ސްކޫލު ޤުރުއާން މުބާރާތުގެ 1 ވަނަ ހާސިލް ކޮށްފައިވަނީ ނ.ހޮޅުދޫ މޭނާ ސްކޫލުގެ ދަރިވަރު މަރްޔަމް ރަޝާ ޒުހުރީ/އިރަމާގެ އެވެ. މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 1ވަނަ ސްކޫލަކަށް ހޮވިފައިވަނީ އިމާދުއްދީން ސްކޫލެވެ. 2 ވަނަ ނ.ހޮޅުދޫ މޭނާ ސްކޫލް ހޯދިއިރު 3 ވަނަ ލިބިފައިވަނީ އަލްމަދަރުސަތުން އަރަބިއްޔަތުން އިސްލާމިއްޔާއަށެވެ. މުޅި މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ ސްކޫލަކަށް ހޮވިފައިވަނީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. 2ވަނަ މަޖީދިއްޔާ ސްކޫލުގެ ހޯދިއިރު، 3 ވަނަ ލިބިފައިވަނީ ގދ.ތިނަދޫ އަބޫބަކުރު ސްކޫލަށެވެ. މިމުބާރާތުގެ ރާއްޖޭގެ 65 ސްކޫލަކުން 906 ކުދިން ވަނީ ކިޔަވާފައެވެ.

އަލްކައުން އިން ބޭއްވި މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު

އަލްކައުން ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ މުޅިމުބާރާތުގެ ބަަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދީ އއ.ތޮއްޑޫ / އަސްރަފީގެ / ފާތިމަތު ލައާލި މުހައްމަދެވެ. ހިތުން ކިޔެވުމުގެ ގޮފިން 1ވަނަ ހޯދީ ހ.ތިހްފާ / ޔޫސުފް އިޒްޔާން ބިން އިބްރާހިމް އަހުމަދު އެވެ. މި މުބާރާތުގައި 500 އަށްވުރެ ގިނަ ދަރުވަރުން ބައިވެރިވިއެވެ.

އަލްކައުން މަދަހަ މުބާރާތުގެ މުޅިމުބާރާތުގެ އެއްވަނަ ހާސިލް ކޮށްފައިވަނީ ކ.ކާށިދޫ ސްކޫލުގެ ދަރިވަރު / މަރިޔަމް އަރީން އީސާ / އައްސިދަ އެވެ. މަދަހަ މުބާރާތުގެ އެއްވަނަ ސްކޫލަކީ. ކ.އަތޮޅު މަދަރުސާއެވެ. 2ވަނަ ދަރަނބޫދޫ ސްކޫލު ހޯދިއިރު، 3 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ތާޖުއްދީން ސްކޫލެވެ.

މީގެ އިތުރުން އަލްކައުން ޅެންހެދުމުގެ މުބާރާތުގެ ވަނަތައް ހޯދި ފަރާތްތަކަށް ވެސް ވަނީ އިނާމު ހަވާލު ކޮށްފައެވެ. އެމުބާރާތުގެ 1 ވަނަ ގދ.ތިނަދޫ / އަލިދޯދި / އަލްފާޟިލް އަބްދުﷲ އަފީފް ހޯއްދެވިއިރު، 2 ވަނަ ލިބިފައިވަނީ މއ.އުރަހަ / އަލްފާޟިލް އަބްދުއްފަޝީދު ހުސައިންއަށެވެ. 3 ވަނަ ލިބިފައިވަނީ ހއ.އުތީމު / އަލިމަސް / އާދަމް އަބްދުއްރަހުމާނަށެވެ. ދިވެހި ބަހުގެ އެކަޑަމީ އިންވެސް އިނާމު ހުށަހެޅުއްވި މި މުބާރާތަށް އާންމުންގެ އެހީތެރިކަމާއި އެއްބާރުލުންވެސް ލިބިފައިވާކަމަށް އަލްކައުން އިން ފާހަގަ ކުރެއެވެ.

އަލްކައުންގެ މުބާރާތްތަކުގެ މެއިން ސްޕޮންސަރ އަކީ އެމްއޭސީއެލްއެވެ. މީޑިޔާ ޕާޓްނާއަކީ "ވަގުތު" އޮންލައިންއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުޙައްމަދު

    މާޝާ ﷲ ! ވަރަށް ރަނގަޅު

  2. މަރީ

    ހާދަ ގިނަ ކުދިންނެއް، ތިހުރިހާ ކުރިން ކިޔެވުމަކީ ވަރަށް ގިނަ ދުވަސްނަގާނެ ކަމެއް. ކޮންމެއަކަސް ވަރަށް ބޮޑު މަސައްތަތެއް. ގައުމީ މުބާރާތަށްވުވރެވެސް ބޮޑު މުބާރާތެއް ތިޔައީ.ގައުމީ މުބާރާތުގައިވެސް ކިޔެވީ 400 އެއްހާކުރިން. ތިޔަމުބާރާތްތަކުގައި އިންޓަރސްކޫލުން އެކަނިވެސް 906 ކުދިން. ﷲތިބައިމިހުންނައް ރަޙުމައް ލައްވާނެ.

  3. އަބްދުﷲ

    އަލްކައުނާއި ވަގުތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މަގޭ ތާއީދު . ޤުރުއާނުގެ ކަންކަމުގައި އުޅެންވާނީ، އޭރުން ދިރިއުޅުން އުފާވެރިވާނީ

  4. ވަގުތު ކިއުންތެރިއެއް

    މަބުނާނެ ވާހައެއް ނެތް ، މާޝާﷲ ތިޔައީ ވަރަށް ރަގަޅުކަމެއް ، ތިޔަކަމުގައި ޝާމިލުވާ އެންމެންނަށް ﷲ ހެޔޮޖަޒާ މިންވަރުކޮށް ދެއްވާށި!

  5. ހައްގު

    ތިއީ ހަގީގީ މިސާލެއް ރީތި ނަމޫނާއެއް

  6. މުޙައްމަދު

    ޙަޤީޤަތުގައި ވެސް އިންސާފުވެރި މުބާރާތެއް. މޫނަށް ކަށް ކަނދުރާ އަކަށް ބާލާފައި ނޫން ވަނަ ތައް ދެވިފަ އެހެރި. އަލްކައުނަށް ވވވވ ބޮޑަށް ޝުކުރުވެރިވަން.