ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮގަސްޓް 7 ވަނަ ދުވަހުގެ 10:45 ހާއިރު ހިންގި އޮޕަރޭޝަންގައި ނައިފަރު އައުބަނދަރު ސަރަހައްދު ތިންރުއްޕާރކް ކައިރިން 18 އަހަރުން ދަށުގެ ކުއްޖަކު ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ހަތަރު ރަބަރު ޕެކެޓް ފެނިފައިވެއެވެ.

ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ބޭނުންކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮގަސްޓް 9ވަނަ ދުވަހުގެރޭ 22:15 ހާއިރު ހިންގި އޮޕަރޭޝަނެއް ކަަމަށް މައުލޫމާތުދެއެވެ.

އެގޮތުން ފުލުހުންގެ އިންޓެލިޖެންސާއި ނައިފަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ދެރަބަރު ޕެކެޓު ފެނިފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހައްޔަރުކޮށްފައިވާ 18 އަހަރުން ދަށުގެ ކުއްޖާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 07 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

އަދި ދެވަނަ މައްސަލާއިގަ ހައްޔަރު ކުރި 26 އަހަރުގެ މީހާ ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 05 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މި ދެމައްސަލަ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު