ފަނޑިޔާރުގެ ދުވަހަކު ވެސް ރަނގަޅު ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ސްރީލަންކާގެ ކޮލަމްބޯގައި "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އަމުރުގައި ބައެއް ބޭފުޅުން ދޫކޮށްލަން އަމުރު ކުރިއިރު އެމައްސަލަތަކުގައި ހިމެނޭ ބައެއް މީހުން ދޫކޮށްލަން އަމުރު ކޮށްފައި ނުވާތީ އެކަމާއި ބެހޭ ގޮތުން ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތެއް ސާފުކުރަން "ވަގުތު" އިން ސުވާލު ދެންނެވުމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު "ވަގުތަށް" އިންޓަވިއު ދެއްވަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު "ވަގުތަށް" އިންޓަވިއު ދެއްވަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ރައީސް ނަޝީދު ވިދާޅުވީ އެކަކު ދޫކޮށްލާފައި އަނެކަކު ދޫކޮށްނުލަނީ ކީއްވެތޯ އަބަދުވެސް މީހުން ސުވާލު ކުރާ ކަމަށާއި އެއީ އަބަދުވެސް ފަނޑިޔާރު ގޭގެ މައްސަލައެއް ކަމަށެވެ.

މީގެ ކުރިން ތަކުރާރުކޮށް ތަފާތު ކޯޓުތަކުގެ ޙުކުމްތަކާއި އަމުރުތަކަށް ފާޅުގައި ދެކޮޅު ހައްދަވާފައިވާ ރައީސް ނަޝީދު މިއަދު ވިދާޅުވީ "ފަނޑިޔާރުގޭގެ ޙުކުމްތަކަށް ފާޅުގައި ފާޑުކިޔުން އެއީ ކުރެވޭނެ ކަމެއް ނޫން." ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު "ވަގުތަށް" އިންޓަވިއު ދެއްވަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު "ވަގުތަށް" އިންޓަވިއު ދެއްވަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ފަނޑިޔާރު ގޭގެ ޙުކުމްތަކަށް ފާޅުގައި ފާޑުނުކިޔޭނެ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއިރު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓް ބާތިލް ކުރަން ސުޕްރީމް ކޯޓުން ޙުކުމް ކުރުމުން ވެސް ރައީސް ނަޝީދު ވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެޙުކުމަށް ފާޑުވިދާޅުވެ ތަކުރާރުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ވެސް އެމަނިކުފާނުގެ އޯޑަރަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުން އޭނާ ދޫކޮށްލަން ތަކުރާރުކޮށް ސުޕްރީމް ކޯޓުން ކުރި އަމުރުތަކަށް ތަބާވެ ވަޑައިނުގެން ވެރިކަމުގައި ހުންނަވަން މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ.

ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ފަހު ވިދާޅުވެފައި ވަނީ ދެން އަބްދުﷲ ގާޒީ އަށް ކޯޓާއި 100 ފޫޓަށް ވެސް ކައިރި ނުވެވޭނެ ކަމަށެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުން ފެބްރުއަކީ 01 ގައި ނެރުނު އަމުރު ގަބޫލުކޮށް ފެބްރުއަރީ 05 ގައި ނެރުނު އަމުރު ގަބޫލު ނުކުރައްވަނީ އުއްތަމަ ފަނޑިޔާރު ނެތީސް ދިމާ އިދިކޮޅަށް ތިން ފަނޑިޔާރުން އަމުރު ނެރުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ގުއިނިންނި

    އެއްވެެސް އިރަކު ކަލެއަކީވެސް ރަނގަޅު މީހެއް ނޫން، އަދި ކެރަފާގޭ މުޅި އާއިލާއަކީވެސް މި ޤައުމަށް ދުވަހަކުވެސް ހެވެއް އެދުނު ބައެއްނޫން. ތާހިރު ވާހަކައެއް ކަލެއް ދައްކަން އެނގޭތަ

    • ސަޔާލީ

      ފަޑިޔާރުގެ ރަގަޅުނުވާއިރު 1ފެބްރުއަރީގެ ހުކުން ތަންފީޒްކުރަން ގޮވާލުން ތީ ބޮޑު ޖާކް ދެއްދޯ

    • Anonymous

      ދޮންކަލޯ! ކަލޯ ހަމަތަ؟

  2. އާއްޓޭ

    ޢަބްދުﷲ ގާޟީއަށް ކޯޓުތަކާ 100 ފޫޓަށް ކައިރި ނުވެވޭނޭބުނި މީހާ އެޢުޅެނީ މިރާއްޖެއާ 1000 ފޫޓަށް ކައިރި ނުވެވިގެން. ރާކަނިމަސް ކެވިފަ ހުންނާނީ އަދިވެސް ތިމާއަށްވުރެ ބޮޑެތި ބަސްބުނާތި މާމޮޅު މީހެއްކަމަށް

  3. އަބްދުއްލާ

    ފަނޑިޔާރުގެ ރަނގަޅެއްނުވާނެ ، ބައްޕަގެ މައްޗަށް ގިނަ ހުކުމްތަކެއް ފަނޑިޔާރުގެއިން ކުރީ އެއްވެސް ކުށެއްނެތި މައިޓް ކުންފުނީގެ ފައިސާ އަށް ވީގޮތްނޭގިޮ ޒިންމާވާޖެހި އިފްލާސް ކޮށް ގެދޮރު ވިއްކާލި ވީމާ ފަނޑިޔާރުގެ ކަމުދާނެތަ ؟ ދެންއޮތީ ވެލާނާގެ ތަޅާލާފަ އޮއްވާނުވަންނަން ހުއްޓާ ވެލާނާގެ އަށް ވަދެވިގެން ހުވަފެނުގާ އުޅުއްވަނިކޮށް އެތަނުގާ އޮތް އާސާރީ 3 ތަޅާ 2 ތަޅުދަނޑި ޖީބު ފުޅަށް އޮތީ ވަދެފާ ހުވަފެނުން ހޭލެވިގެނ އެތަކެތި ވެރިފަރާތައް ރައްދުކުރީމާ ވެސް ފަނޑިޔާެރު ގެއިން ހުކުމް ކޮށް އަރުވާލި ވީމާ ފަނޑިޔާރުގެ ރަނގަޅުވާނީ ކިހިނެތް

  4. ރިޒާ

    މިތަނުން ފުޅިއެއް އެއްޗެއް ނުފެނޭތަ9

  5. އަބްދުއްލާ

    ސްކޫލަށް ދާންނިކުމެ މަގުމައްޗަށް ބޮޑުކމުދާ މީހަކު ރަނގަޅުވާނެތަ ؟ ސްކޫލް ކްލާހން ނެރުނީމަ ފަޓްލޫނު ޒިބް ތިރިކޯށްގެން ހުއްޓާ ފެނިގެން ސްކޫލުން ކަނޑާލާ މީހާ ރަނގަޅުވާނެތަ ؟

  6. ޢަބުދުﷲ

    ނަޝީދު މިގައުމުގެ އެކިއެކި މައްސަލަތަކުގައި ދައްކާވާހަކަ މިހާރު ދިވެހިން އަޑު އެހުން ރަނގަޅެއްނޫން. ދީނަށް އިސްކަން ނުދީ ގައުމިއްޔަތަށް އެއްވެސް ބަލާލުމެއްނެތި ހަމައެކަނި ތިމާއަށް ވެރިކަން ހޯދުމަށް ތިކުރާ މަސައްކަތަކީ އެންމެހާ ދިވެހިން ނަފްރަތު ކުރަން ޖެހޭ މަސައްކަތެއް.

  7. އަގުރޭ

    ސްޕްރީމްކޯޓުގެ އަމުރައް ކިޔަމަންނުވީ އަންނަ އިންތިހާބުގައި އިދިކޮޅު ޅިޑަރުން ވާދަކުރުމުގެ ފުރުސަތުލިބި ޔާމީނަށް އިންތިހާބު ކާމިޔާބުވުމުގެ ފުރުސަރު އެއްކޮށް ގެއްލޭނެކަން ޔަގީންވީމަ

  8. މަހަށްދޭބަލަ

    ތެޔޮ ބޯޓާއި ރާއްޖެއާ ގުޅުން އެބަ ހުއްޓޭ ކިޔައިގެން ރަންރީނދޫ ޓްވިޓަރޭ މެން މާ ބޮޑަށް ފުއްޕަން ނަހަދާތި މަމެން ވަރަށް ނައްޓާކަމެކޭ ތަމެން ތިޔާ ކުރަނީ. މަމެންނާއި ވަރަށް ގާތް ކުދިންނޭ ޖަޕާނު ސޮފްޓް ސްކިން ހުންނަ ލަވްލީ ކުދިންނަކީ މަމެން ޖަޕާން ކުދިންނާއި ވާހަކަ ދައްކައިގެން ތިޔާ ކަންތައް ތޮއް ދޮށުން ދުއްވާލާނަމޭ މީ މަމެންގެ ވެރިކަން ދޯ. ތަމެންނަށް ކުރެވޭނެ ކުރާނެ އެއް ކަމެއް ވެސް ނޯންނާނެއޭ ދެން ތަމެން ރަނގަޅުވާނީ ތެޔޮ ބޯޓް އޭ ވެސް ނުކިޔާ އަކުން ބަކުން ކުޅެން ދޮންތަ މެން ގޯއްޗަށް ދިޔައިއްޔާ ނޫންތޭ މަމެން ބުނަން ނެތީމު ދޯ. މަމެން މީ ސީދާ ފުލުހުންގެ ކޮމާންޑަރ އިން ޗީފް އަދި މަމެން މީ ސީދާ ސިފައިންގެ ކޮމާންޑަރ އިން ޗީފް މަމެން މީ މަޖްލީހުގެ ކޮމާރންޑަރ އިން ޗީފް މަމެން މީ ސަރުކާރުގެ ކޮމާންޑަރ އިން ޗީފް މަމެން މީ ޖުޑިޝަރީގެ ކޮމާންޑަރ އިން ޗީފް. ތަމެން ބަލަގަ ފެހި ފޮތުގެ 6 ވަނަ މާއްދާގެ ދަށުން ވެރިކަން ހިންގުމުގެ ބާރު އޮތީ މަމެން ޕިންކީން ނަށް ރައްޔިތުންގެ %85 ވޯޓް އިން ދީފައި އޮތީ 2013 ގައި.

  9. ހަލާދެން

    ރާއްޖޭގެ އެއްވެސް ގާނޫނަކު ނޯންނާނެ ލިޔެފައި ސްޕްރީމް ކޯޓުން ހުކުމް ކުރާ އިރު އުއްތަމަ ފަނޑިޔާރު ހުންނަން ޖެހޭނެ ކަމަށް. އޮންނާނީ އަގްލަބިއްޔަތުން ސްޕްރީމް ކޯޓުން ނިންމާ ނިންމުމެއް ނިންމަން. ފެބްރުއަރީ 5 ވަނަ ދުވަހު އެއޮތީ އެކަން އެގޮތަށް ނިންމާފައި. ކެނެރީގެ ނަޝީދުގެ ގަމާރު ކަމުން އޭނާ ގާނޫނުގެ އަލިފުބާ ވެސް ނުދަނެ އަދި އޭނަ ދިވެހި މޭސްތިރި ހިންގި އިރު މީހުން ލައްވާ މަސައްކަތް ކުރުވާފައި ފައިސާ ނުދީ މަކަރާއި ހީލަތުން ފިލައިގެން އުޅުނު ގޮތަށް އޭނާ ހީކުރަނީ ސްޕްރީމް ކޯޓުގެ ކަންކަން އެޒާތަށް ރައްޔިތުންނަށް އޮޅުވާލެވޭނެ ކަމަށްތޭ. ނުވާނެ އެކަމެއް. އެކަން ޖެހޭނީ ހަނދާން ނައްތާލަން. ކެނެރީގެ ނަޝީދު ދެން 1 ފެބްރުއަރީ 2018 ގައި އޭނާ ރިޗަރޑް ބްރެންސަނޭ ގާތަށް ރަންރީނދޫ ޓްވިޓަރޭ މެން ވައްދައިގެން ޓްވިޓަރޭ މެންގެ އުނގު ރިޗަރޑް ބްރެންސަނޭ އަށް ވިއްކައިގެން ލިބުނު ކަޓް ފައިސާ އިން ސްޕްރީމް ކޯޓުގެ އުއްތަމައޭ އާއި ދަ ހުދު ޖަނގިޔަލޭ އަށް ކަޓް ދީގެން ނެރުނު ދަ ނަހަލާލު އަމުރު އެވާނީ ސީދާ މުތުލަގު ބާތިލް އެއްޗަކަށޭ. ކެނެރީގެ ނަޝީދު ދެން ގަޔާ ދުރަށް އަތުބުރު އަޅާ ތަމެން ރާއްޖޭގެ ވެރިކަން ބޭނުން ނަމަ. ގަޔާ ދުރަށް ދުރަށް ދުރަށް.

  10. ނުރަބޯ

    ކަލޭވެސް ފަނޑިޔާރުގެއެކޭ އެއްގޮތް. ކަލެއަކީ މިގައުމުގެ މިނިވަންކަމާ އިސްތިގުލާލާ، ކުރިއެރުމާ، ފަސޭހަ ކަމާ، ފާގަތިކަމާ، ތަނަވަސްކަމާ، އެއްބައިވަންތަ ކަމުގެ އިތުރުން މާތް ވެގެންވާ އިސްލާމްދީނަށް ހުރި ބޮޑު ބިރެއް.

  11. ވަގުންނޭ

    ކެނެރީގެ ނަޝީދަކީ އެއީ ދެން ކާކުތޭ އޭނާ އަކީ އެއީ ދުވަހަކު ވެސް އަތުން ފައިން މަސައްކަތެއް ކޮށްގެން ކައިގެން ބޮއިގެން އުޅުނު މީހެއް ނޫނޭ ދުވާލަކު 6 ފޮށި ފެގް ބޮއި ހުސްކުރާ މީހެކޭ އޭނާ އަކީ އޭނާ އަށް އެނޫން އެއް ވަރެއް ވެސް ނުވާނެއޭ. އޭނާ ގެ ވެރިކަމުގައި ޑީބީ ޝާހިދު މެން ފަދަ ފަސްމާމުލު ފަސް ވަގުން ކައިރިކޮށްގެން އެމެން ކުރާ ވައްކަން ކްރިމިނަލް ކޯޓު މެދުވެރިކޮށް ފޮރުވަން އުޅުމުން ރާއްޖެ ދެކެ ލޯބިވާ ގާޒީއަކު އެކަން ހުއްޓުވީމާ ކެނެރީގެ ނަޝީދު ވަގުން ސަލާމަތް ކުރުމަށް ޓަކައި ކޯޓް ތައް ފުނޑާލީއޭ ދެން މަމެން ކުރި ކަމަކީ އޭނާ ގޮނޑީގައި އިށީނދެގެން އިންދާ ގޮނޑިން އަނގަވަތަށް ވައްޓާލީ ގޮނޑީގެ ފުރގަހަތުގައި ތިބެފައި ކޮޅު ފައިން އޭނާ އިށީނދެގެން އިންގޮނޑީގައި ޖަހާ ދޯ.

  12. ލުކްވެލް

    ކެނެރީގެ ނަޝީދު މިޚަބަރުގެ އާރޓިކަލް ގެ ފޮޓޯ އިން ބަލާލާއިރު ވެސް އޭނާ އެހެރީ އެއްޗެއް ބޮއިގެން ކަމާއި މެދު މަމެން ވަރަށް ބޮޑަށް ޝައްކުކުރަމެވެ. މީނާ ވެރިކަން ކުރި އިރު ވެސް ބޮލަށް ތެޔޮ އަރައިގަނެގެން ގޮސް ތެޔޮ ބިޑި ބޯން އޮންނަނީ މާލެ ކައިރި ރިސޯރޓެއް ގައި ކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެކޭ މަމެން ބުނަން ނެތީމު ދޯ. ކޮންމެ ރެއަކު އޭނާ ލަންކާ ގައި ހުރެގެން ތެޔޮ ބިޑި އަނބުރައިގެން ބޯން އިންނަ ކަން އެއީ ލަންކާ ގައި ތިބޭ ހުރިހާ ދިވެހިން ދަންނަ ބޮޑު ސިއްރެކޭ ބުނަން މަމެން ނެތީމު ދޯ. ދެން މިވަރުގެ މީހަކަށް ހެޔޮ ނުވާނެ އެއް ނޫން ރާއްޖޭގެ ވެރިކަން ދޭން. މީނާއާއި ރަންރީނދޫ ޓްވިޓަރޭ މެން އެވަރަށް ގުޅެނީ އެއީ އެމެންނަކީ ވެސް ރާބޮއި ބޮއި ދެކޮޅުން ރެވޭ ވަރަށް އެބޮއި ނަގާ އަދި ތެޔޮ ބިޑި ބުއިމުގައި އަރާ ހުރި ބަޔަަކަށް ވާތީއެވެ. މީ ހަގީގަތަކީ. ރަންރީނދޫ ޓްވިޓަރޭ މެން މުޅި ގައިގައި ޓަޓޫ ކުރަހައިގެން އުޅެނީ އެއީ ދީން ގަބޫލުކުރާ އެއްޗެހި ތަކެއް ކަން ވެސް މަމެން މިހާރު ޝައްކު ކުރަމޭ މަމެން ބުނަން ނެތީމު ދޯ.

  13. ޕިސްޕިސް

    އަބްދުﷲ ގާޒީ އަކީ ކޮރަޕްޓު މީހެއް! އޭނާ ހައްޔަރު ކުރޭ!

  14. ޓުކުރި

    މިރުސޮދުނއެލުމުނފިލަރަަކަވިސޮރު

  15. ބަލާތި

    ސަރުކާރުގެ މަތީ މަގާމް ގައި ގިނައިން ތިބެނީ އެއީ ކޮލިޓީ އެއް ނެތް ކިއްލި ތަޅާ އިން މާރސްޓާރސް އާއި ޑިގްރީ ހަަދައިގެން ތިބޭ މީހުންނޭ އެހެންވެގެންނޭ އެމެން އެހާ އަވަހަށް ގަނެވެނީ. ކަން މިހެން ހުުރުމުން މިފަދަ ކަންކަން އެބަޖެހޭ ބަދަލު ކުރަން. ރާއްޖޭގެ ފުލުހުންނާއި ސިފައިންގެ އާއި އަދި ކަރެކްޝަނަލް ސާރވިސް ތެރޭގައި ކޮަރަޕްޝަން ބޮޑު ކަމުންނޭ ރާއްޖޭން ޑްރަގް ވެސް ނައްތާ ނުލެވިގެން އުޅެނީ ޖަލު އޮފިސަަރުން ލައްވާ ވެސް ޑްރަގް ގެ ވިޔަފާރި ކުރުވައޭ ޖަލުގައި ތިބޭމީހުން މިކަންކަމަކީ މީ އެންމެން ވެސް ދަންނަ ބޮޑު ސިއްރެކޭ އެތަނޭ މިއަދު މިފެނިގެން ދަނީ ކަރެކްޝަން ގައި ބޮޑުން ނަށް ތިބި މީހުން ރިޝްވަތުގެ ފައިސާ އަށް ހެއްލޭތީވެ އެމެން މަގާމުން ވަކި ކުރަން ޖެހުން. ސަމް ވަން އިޒް ހައިޑިންގް ދަ ޓްރުތް ވެން ވިލް ދިސް މިސްޓްރީ އަންފޯލްޑް. ޔޫ ކޭން ޗޭންޖް ދަ ވޯލްޑް. އައި ކާންޓް ޑޫ އިޓް ބައި މައިސެލްފް.

  16. ބީރޭ

    ރަނގަޅެއްނޫނިއްޔާ ބުނާނީ ރަނގަޅެއް ނޫނެ. އެއީތެދެއްކަން ޤަބޫލުކުރާނެ މިރާއްޖޭގެ ދެބައިކުޅައެއްބަޔަށް ވުރެންވެސް ގިނަމީހުން.