ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ދައްކާ ވާހަކަ ގަބޫލުކުރަންޏާ އެ ބައިވެރިވެވެނީ ވަގަކާ ކަަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު އަހްމަދު އަދީބަށް ފާޑު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިރޭ އެމްޑީއޭގެ ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރިފާއު ވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދީބަށް އިޝާރާތް ކުރައްވާ ރިފާއު މިރޭ ވިދާޅުވީ، ކުށްކުށްކޮށްގެން ޖަލަށް ލާފައި ތިބި މީހުން އަހްމަދު އަދީބް ފަދަ ބޭފުޅުން ދައްކާ ވާހަކަ ގަބޫލުކުރަންޏާ ވަގުންނާ ބައިވެރިވެވުނީ ކަމަށެވެ.

"އަހުމަދު އަދީބު ބޮޑު ކުށްވެރިޔަކަށް ވީއިރު އޭނާގެ އުމުރު ޖަލުގައި އޮންނަން ޖެހޭ ވަރަށް ހުކުންތަށް އޮތްއިރު މިއަދު ކޮންމެ ފަދަ ވާހަކައެއް ދައްކަން ވެސް ޖެހިލުމެއް ނުވާނެެ. އިތުރަށް އެބޭފުޅާއަށް ލިބޭނެ އިތުރު ގެއްލުމެއްނުވާނެ. އެއީ ދިވެހި ގައުމަށް އެންމެ ގައްދާރުވި މީހާ. ވީމާ އިތުރަށް ވާހަކަ ދައްކައިގެން ލިބޭނެ ގެއްލުމެއް ނެތީމަ މި މަސައްކަތް ކުރަނީ ރައީސް ޔާމިންގެ އަބުރުފުޅު ކަތިލުމަށް" ރިފާއު ވިދާޅުވިއެވެ.

ރައީސް ޔާމިން ގޭގައި ފައިސާ ގުނި ކަމަށް ވިދާޅުވެ އަދީބު ދެއްކި ވާހަކަތަކަށް އިޝާރާތް ކުރައްވާ ރިފާއު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"އެވަރު ބޮޑު އަދަދެއްގެ ފައިސާ ދިވެހި ބޭންކަކުން ނަގައިގެން ކިހިނެތްތޯ ގެންދާނީ؟ 100 މިލިއަން ޑޮލަރު ދިވެހި ބޭންކުގެ މާލިޔަތަކު ނުހުންނާނެ. އަޅުގަނޑުމެންގެ އެންމެ ބޮޑު ބޭންކުން ވެސް އެއަދަދަށް ފައިސާ ނުނެގޭނެ. އެވިދާޅުވައި ފައިސާ ނަގައިގެން ގޮސް ރައީސް ގޭގައި ގުނީއޭ ބުނީމަ އެހާ ހިސާބުން ބުއްދި ހަމަޖެހޭ މީހަކު ގަބޫލެއް ނުކުރާނެ" ރިފާއު ވިދާޅުވިއެވެ.

ރިފާއުގެ ވާހަކައިގަ އަހްމަދު އަދީބްއަށް މިރޭ ބޮޑެތި ފާޑު ކިޔުންތަށް އަމާޒުކުރެއްވިއިރު އަދީބް ގެންދަވަނީ އެކި ހުކުމްތަކުގައި 33 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަބޯ

    ކުރި ހުރިހާކަމެއް ކުރީ އަދީބު ، ފަހުން އަދީބު އާ ގުޅުނީ ނަސީދު އެއީ މިނިވަންކުރާ ފޯމެއްގާ ކަރެކްސަނުގެ ތައްގަނޑު ޖަހާދޭ މަތިން އެ ފޯމްގާ ނަސިދު ބޭނުންވި ތައްގަނޑު ޖަހާދީ އަދި ނަސިދަށް އަދީބު ދިން ފައިސާ އިން ބައެއް ނަސީދު މީހަކު ފޮނުވައިގެން ޔާމީނުގެ އެކައުންޓަށް ޖަމާކޮށް ފ. ނިލަންދުގަ ހުރިމީހަކު އެވާހަކަ ސޯސަލްމީޑިޔާ އަށް އާއްމުކުރީ މި މީހުން ވައްކަން ކޮށްފާ އެހެންމީހެއްގެ ބޮލުގާ އެޅުވޭތޯ މަސައްކަތް މިކުރަނީ

  2. ޙުސޭނު

    ނޯ.....

  3. އަހްމަދު

    އަދީބުލައްވާ ވައްކަން ކުރުވީ ބޮޑު ވަގު ޔާމީން.

  4. ޕަކާ

    ކޮންމެ މީހަކު ވެސް ރައީސް ޔާމިންގެ އަރިހުގައި ހުރެގެން ސަނާ ކިޔާފަ ފަހަތުން ހިންގަނީ ބޮޑެތި ޖަރީމާ، ފަޅާ އަރާގެން އަދަބު ލިބުނީމަ މި ގޮވަނީ ވަގާ ވަގާ އޭ ކިޔާ، އަސްލު ވަގުން ހިފަނީ ޔާމީން

  5. ބޮޗަޅޭ

    ތީޔާއީ ނުހަނު އާމާނާތައް ރައްކާތެރީވާ ބޭފުޅެއްގެ ދުލުން ބުނެލާ ބަހެއް.. އެހެންނުން..

  6. ާއަލީ

    ސެޕްޓެމްބަރ 23ގަ އަދީބު މިނިވަންވާނެ

  7. ޙަޤީޤަތްބަލައިގަނޭ

    އަސްލު ހުރިހާ ވަގުންނާ ކޮރަޕްޓް މީހުންނާ މެދު ފިޔަވަޅު އަޅަން ކެރުނު ހަމައެކަނި ވެރިޔަކީ ރޔާމީން. އެއިން މީހަކަށް އަދަބެއް ލިބުނު ހަމައެކަނި ވެރިކަމަކީ ރޔާމީނުގެ ވެރިކަން...