އަދާލަތު ޕާޓީގެ ލީޑަރޝިޕުން ކަން ކުރަނީ ޕާޓީ އުފެއްދި މަގުސަދާއި ހިލާފަތް ކަމަށް އަދާލަތު ޕާޓީގެ އާންމު މެންބަރުންތަކެއް ބުނެފިއެވެ.

މިއަދު އަދާލަތު ޕާޓީގެ އާންމު މެންބަރުންތަކެއް އިސްނަގައިގެން ޝީ ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ މިއަދު އަދާލަތު ޕާަޓީން ކަންކަން ކުރަމުންދަނީ ލީޑާރޝިޕްގެ ތިބި ދެތިން މީހެއްގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.

އަދާލަތު ޕާޓީގެ އާއްމު މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖެސް

"އަދާލަތު ޕާޓީގައި އޮންނާނެ ވަރަށް ވަރުގަދަ ދީނީ އިލްމުވެރިންގެ މަޝްވަރާ މަޖިލީހެއް. އެ މަޝްވަރާ މަޖިލީހުގެ ބަހެއް ނެތި ލީޑަރޝިޕްގައި ތިބި ދެތިން މީހަކަށް ޕާޓީގެ ގޮތް ނުނިންމޭނެ" އޭނާ ވިދާޅުވިއެވެ.

މިއަދު ނޫސްވެރިގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތަކުން ވިދާޅުވީ އަދާލަތު ޕާޓީ އުފެއްދި މައިގަނޑު މަގުސަދުތަކެއް ވާ ކަމަށާއި އޭގެ ތެރޭގައި އިސްލާމް ދީން ހިމާޔަތް ކުރާ ސިޔާސަތު ހިމެނޭ ސަރުކާރެއް ގާއިމު ކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ އާއްމު މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖެސް

" އަދާލަތު ޕާޓީއަށް އެތަށް ބައެއްގެ ފަރާތުން ބޮޑެތި އެހީތަކެއް ދަނީ ލިބެމުން. އަޅުގަނޑުމެންނަކަށް ނޭގެ އެފައިސާ އަށް ވާއެއް ނުވާއެއް. އަޅުގަނޑުމެން ގޮވާލަން އިލެކްޝަންސް ކޮމިޝަނަށް އަދާލަތު ޕާޓީ މި ހިންގާ ގޮތް ބެލުމަށް އަދި ފިޔަވަޅު އެޅުމަށް. އަދި ޕާޓީ އަށް ލިބޭ ފައިސާ އަށް ވާގޮތުގެ ތަފްސީލެއް އާންމު ކުރަން " އޭނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ އާންމު މެންބަރަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަދާލަތު ޕާޓީގެ އާންމު މެންބަރުން ތިބީ އަދާލަތު ޕާޓީގެ އިސް ދެތިން މީހަކު ކަން ކުރަމުންދާ ގޮތާއި މުޅިން ދެކޮޅުވެރިވެގެން ކަމަށެވެ.

އަދާލަތު ޕާޓީގެ އާއްމު މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖެސް

"އަޅުގަނޑުމެންނަށް ހީވޭ އަދާލަތު ޕާޓީގެ އިސްކޮށް ތިބި މީހުން ބްލެކް މެއިލް ކުރެވިފައި ތިބި ހެން. އަދާލަތު ޕާޓީ އަކީ އެމްޑީޕީގެ ފިކުރަށް ނޫނެކޭ ބުނެފައި އޮތް ޕާޓީއެއް. މިހާރުވެސް އެމްޑީޕީގެ މެންފެސްޓޯގައި ހުރި ކަންތައްތަކާއި ދެކޮޅަށް އަދާލަތު ޕާޓީން ބަސް ބުނަންޖެހޭ. މޭޑޭގައި އަދާލަތު ޕާޓީ އެއް އަސްލު ހަގީގަތުގައި ބައިވެރިއެއް ނުވޭ. އަދާލަތު ޕާޓީ ރައީސް ޝައިހް އިމްރާން މުޒާހަރާގައި ބައިވެރިވީ އަމިއްލަ ގޮތުން ކަން ބެލެވޭ " އޭނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީ ހިންގާ ގޮތް ބެލުމަށް އެ ޕާޓީގެ މެމްބަރުންތަކެއް ގޮވާލާފައިވާއިރު ދާދި ފަހުން އަދާލަތު ޕާޓީގެ އޮފީސް ބަންދުކޮށްފައި ހުންނަ ކަމުގެ ޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށް ލިބެމުންދާތީ އަދާލަތު އޮފީސް ހުންނަތަނާއި ހުޅުވިފައި ހުންނަ ވަގުތުތައް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށާއި އެކަން އާންމުކޮށް އިއުލާން ކުރުމަށް ޓްވިޓާ މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ އަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ޙލލ

    ތިއީ ސަލަފް ބައިގަޑެއް

    • ﷲ ހުރިހާކަމައް ދެނެވޮޑިގެންވޭ

      ސަލަފް ބައިގަނޑޭ ބުނުމަކީ ވ ލަދު ހުރި ކަމެއް ސަލަފް ބޭފުޅުންނަކީ މުސްލިމުންނަށް ކިހާ މުހިންމު ބައެއްކަން ދެނެގަތުމަކީ ވ މުހިންމު ކަމެއް

  2. ވަގުތު

    ކަލެއަށްތަ އިނގެނީ ޕާޓީ އުފެއްދި މަގުސަދު

  3. ނަތަންޔާޙޫ

    އަހަރެން އެއިރުވެސް މިހާރުވެސް މިބުނަނީ، ދިވެހިންނަކަށް އަދާލަތުކިޔާ ބައިގަޑެއް ބޭނުމެއްނުވޭ!

  4. ފާތުން

    ތިޔައުލެނީ ރުފިޔާ ޖެހި ތައްގަނޑު ހޯދުމުގެ ދަހިވެތިކަމުގައި ކަން ޔަގީން ކަސަވަރު. 1000 ރފ ގެ ނޫޓް ގެ ޕަލެޓް ހޯދައިގެން ގައުމާއިގެން ކުރިއަށް. ދީނީ ހިލާފް ދީން ހަތިޔާރަކަށް ކޮންމެ އިންތިހާބެއްގައިވެސް ތަމެން އުލޭތީ ނަފްރަތު

  5. ކަލޯ

    ކަލޯ ކަލޭމެން ޕާޓީ އެއް ހަދަންވީނު ތިހާ އިސްލާހަށް ލޯބި ކިރަންނާ. މީހުންގެ ތަރިކަ މުދަލާނުބެހި.މީ އެއްކަލަ ޕުއްޕު ޕާޓީން ފަންޑު ކޮށްގެން އުޅޭ ހައިއްކަ ހިކާ..

    • ފައްކަލޭ

      ކަލޯ ޕާޓީއަކީ ތަރިކަމުދަލެއްދޯ.. އެހެންވީމަ ދައުލަތުން ހަރަދުކުރަނީ ކީއްވެ.. ޕާޓީގަ ތިބޭ މޒިހުންގެ އަދަދުބަލާފަ ދައުލަތުން ފައިސާދެނީ.. އެހެންވިމަ އަދާލަތަކީ އިމުރާނުގެ މުދާގަޑެއް.. މޑޕ އަކީ އައްނިގެ މުދާގަޑެއް. ޖޕ އަކީ ގާސިމުގެ މުދާގަޑެއް.. ޕޕމގެ މިލްކުވެރިކަން ދައުވާކުރަނީ ވާރުތަވާ ދެމީހުން.. ދެން ކޮންޑިމޮކުރަސީއެކޭ ތިގޮވަނީ.. ތަރިކަމުދަލަކީ ވާރުތަވެރިންގެ އެއްޗެ..

  6. ދޮން ހަސަނު

    ހަހަހާ. ތުބުޅިއެއްލައިގެން ތިހެން އަރާއިދެ އަދި ބަދިވަރެއް ދެމިޔަސް ތި އެއްޗެއްސެއް ވޯރކްއެއް ނުކުރާނެ އަދި.

  7. ކެރެޓް

    އަނާރާ ނަޢީމް އުޅެނީ އިބޫމެންގެ ތުންފޮއްސެ ގޮތަށް ލަދުގަނޭ ފެނުނަސް

  8. ފޫޅު ދިގު ޕާަޓީ

    ތިހެން ކިޔާ ޕާޓީއެއް ނެތްތާ ކިތައްމެ ދުވަހެކެވެ.

  9. މަކުނުދޫ އާދަނު

    މަކުނުދޫ އަނާރާ އެޕާޓީއައް ވަދެހުރެ މޑޕ އާގުޅިގެން ސޭކުއަލީޒާހިރުއާގުޅިގެން އަދާލަތުގެ އަިހާގުވައްޓާލީ ފައިސާގެ ބޭނުމުގަ ޕާތީވިއްކާލީ މޑޕ އައް ހުރިހާ އިލްމުވެރިންގެ އަގު ވެއްޔާމޮޑެލިކަމުގެ ފުރިހަމަ ޒިއްމާނަގަންޖެހޭނެ އިސްކޮންތިބިމީހުން

  10. އިބްރާހީމް މުއްތަލިބް

    މިއީ ކޮންބައެއް އަދާލަތޭ ކިޔާ ވާހަކަ ދައްކަން. މީގައި އެެބަތިބި ދުވަހަކު އަދާލަތު ޕާޓީގައި ރެޖިސްޓްރީވެސް ނުވާމީހުން. އަނެއްކާ އެހީތަކޭ ކިޔައިގެން ވާހަކަ ދައްކާއިރު ޕާޓީ އޮފީހަށް މީގައި ހިމެނޭ މެމްބަރަކުވެސް ނުވަންނަތާ 3 އަހާރުވެއްޖެ. ދެން ނިކުމެ ކޯއްޗެއް ކިޔާކަށް ލަދެއްވެސް ނުގަނޭތަ.

  11. ލޯންސްޓަރ

    ރާޓޯ ކަލޭ ދޭބަލަ މަހަށް.

  12. ވަރުފު

    ތިޔަތަނުން އެބަފެނޭ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް މީހަކާއި ސަރުކާރާއި ކުންފުނިތަކުގެ ވަޒީފާ ތަކުގައި އުޅޭ އަޅުންވެސް. އަދާލަތު ޕާޓީ މީހަކު މިސަރުކާރުގެ ސިޔާސީ ވަޒީފާއެއްގައި ހުރެދާނެތަ؟ ޢަދާލަތު ޕާޓި ވަނީ ޔާމީނަށް ބައިބައި ކިޔާފަ! ތީހުސް ފައިސާގެ އަޅުން. ރައްޔިތުންނަކަށް އޮޅޮވާބުލެވޭނެ. ވަގުތަކަށް ނުކެރޭނެ މިކޮމެންޓް ޖަހާކަށް.

  13. ސަމިދް

    ނަސީބެއް ތިބޭފުޅުންނަށް ވިސްނުނުކަން ހަމްދުހުރި ހެއްދެވިފަރާރަށް

  14. ޙުސެން

    ތާއީދު އޮތިއްޔާ ތިއިންމީހަކު ޕާޓީ މަގާމަކަށް ނުހޮވެނީ ކީއްވެ.

  15. ޢަލީ

    ޝަހުސު އޮޅުވާލި ދައުވާ ތިމީހުނަށް ކުރަންޖެހޭ.

  16. އުމަރު

    އާންމު މެމްބަރެއް ނޫން.އެފެންނަ ރާޝިދު އެއީ ޕީޕީއެމް އެކްޓިވިސްޓެއް.

  17. ފިޔަވަޅު

    ބޯކާލީދެއްތޮ މޭޒުކާރިގައި ތިބި މީހުންގެ. ޕާޓީގެ މަގުޞަދު އެއޮތީ ސާފުކޮށް ފެންނަން. ހިތްހަމަ ނުޖެހޭ ކަމަށްވަނީނަމަ ވަކިވެގެން ޔާމީނުކައިރިއަށް ދޭ އަނިޔާވެރިކަން ދިފާއުކުމަށާއި ކޮރަޕްޝަނާއި ފަސާދައަށް އާބަސް ބުނުމަށް.

  18. ހުވަދޫ

    އަދާލަތު ޕާޓީއެއް އޮތްކަމެއް އެނގިފައެއް ނެތެވެ
    އެނަންބޯޑު ބޭނުންކޮށްގެން ބަޔަކުމީހުން ނާޖާއިޒް
    ފައިދާ ނަގަމުންދާ ދިއުން ހުއްޓުވަން އެބަޖެހެވެ

  19. ދިވެހިން

    މިހާރުން މިހާރަށް ތިޔަ ނަންބޯޑުއުވާލާ!

    • މުއާމެން

      މިވެންނަށް،ވީލެއްދީ ދެން. ވޯޓާއި ޖެހެނެމއެި ކޮން އަދާލަތަކާއު. ގޮސް ދޭއްބޭނުންބާކިންނަށް ތިޔާ ދެރެފެއު. ރިލޯޑެޑް އެންޑް ބްރެއިން ވޮޝެޑް ވިތ ވަން ޕެނީ. ޢެބެއު

  20. ސޮރީ

    ބަލަ މިތިބަ ރީލޯޑެޑް ބެގާސް އަހަރުން ވޯޓުދެނީ ބަދަލަކަށް. މިފަހަރު ޕާޓީ ބާއްވާނީ ތިޔަހެން ތިބި މުނާފިގުންގެ މުސައްލަޔަކަށް. ހިތުން ތިބިތަނަކުން ނިކުމެ ކުލައަރުވަނީ އަދާލަތު ޕީޕީ އާއި ގުޅުވަންދޯ އެއަކުން ކުރާނެ އެއްވެސް މަންފާއެއް ނެތް. މިގައުމަކުނެތް ޕާޓީވެގެން ވޯޓުދޭނެ އެކަކުވެސް. އެންމެން ތިބީ މާވަގުންނާ ދެކޮޅަށް

  21. Anonymous

    އެމްޑީޕީގާއުޅެނީވެސް ދިވެހި ރައްޔިތުން އެއީ ގިނަ ބައެއް ތިޔަކުދިންގެ މަންމަ ނުވަތަ ބައްޕަ ދެންވެސް އާއިލާގެ ކޮމެސްމީހަކު އެޕާޓީގާއުޅޭނެ އެމީހުން ނަކީ ކާފަރުން ޭ ގޮވާއެބަ އަނިޔާވެރިކަމަށް ތާއީދުކުރާނަމައިސްލާމުން އަދާލަތު ޕާޓީ ފަލީހަތްކޮށް ތިޔަވާހަކަދައްކަނީ ޔާމިނު އަތުން ފުލެޓު ހޯދުމަށް ކިމަށްބެލެވެއެވެ އަދާލަތު ޕާޓީއަކީ އަނިޔާވެރިކަމަށް ނޫނެކޭ ބުނާނެ ޕާޓީއެއް ތިޔައީފޭކެއް މަސަކީވެސް އަދާލަތު ޕާޓީގެ މެންބަރެއް

  22. ހާނިމް

    މި ބޭފުޅުން އެބުނީ ހަމަ އަހަރެން ދައްކަން ހުރިވާހަކަ. އިއްޔެ ލާދީނީ ވި މީހުން ކުއްލިއަކަށް ދީނީ ވީ ކިހިނަކުންތޯ.... އަޅުގަނޑުގެ ޚިޔާލަކީ ދެން އަދާލަތު އުވާލުން....

  23. ާއަފްލާ

    ސަލަފް ބައިގަނޑޭ ބުނެފަ އޮއތް ބޭފުޅާަށް ސަލަފްގެ މާނަ އިނގޭތޯ؟

  24. ާއަހު

    އަނާރާ ބުމަ ހަދަނީ ދީން އެނގޭ ބޮޑުކަމުން

  25. ހައި

    ތިޔައީ ސަލަފުގެ މެމްބަރުން ތިއުޅެނީ ލާރި ކޮަޅެއް ބޭނުންވެގެން

  26. ބޭބެ

    އަޅުގަނޑުގެ ނަންެ އޮންނާނެ އަދާލަތުގެ ފުރަތަމަ 3000 މީހުންގެ ތެރޭގައި.
    އެކަމަކު އެޕާރޓީގެ ބައެއް އިސްވެރިންގެެ ކަންތައް ކުރިގޮތުން އަޅުގަނޑު އެޕާރޓީންވަކިވީ.
    އެއީ އެމްޑީޕީ ގެ ފަހަތުން އެމީހުން ދިޔަހިސާބުން.

  27. ގަމާރުމޯލްޑިވިއަން

    ތުބުއްޅާ މެން ކޮން ހަޅޭކެއް ތި ލަވަނީ

  28. ކޮލެޖް

    އަނާރާއަށް އެގިފައޮތިއްޔޯ ފިރިހެނުންނާ ސާލާމް ކުރަން ނުޖެހޭނެކަމަށް އެކަމަކު މަޖްލިސް ތެރެއަށް ވަންނަން އުޅުނުއިރު ފިރިހެނުން މޮޑޭނެގޮތަކަށް މޮޑެން އަތްކޮއްޕާނެތަނަކަށް އަތްކޮއްޕަން އިދިކޮޅު ކޯލިޝަންގެ މަޖްލިސް މެމްބަރުންނަށް އަނާރާގެ ހަށިގަނޑު އަނާރާ ހިތަކަށް ދީގެން ފޮޓޯތަކުންނާއި ވީޑެއޯއިން އެހުރީ ފެންނަން އަނާރާ ކިޔެވި ފޮތުގަ އޮތިއްޔޯ ގައުމެއްގެ ރައީސް ދެކި ރުޅި އަންނަހށލަތުގަ އެކަންވެސް އެގޮތައް ކުރެވޭނެކަމަށް.

  29. ދަރީ

    ދެން އެހެން ޕާޓީއަކަށް ވަދޭ. ތިބުނާ އަދާލަތު ޕާޓީގެ ދީނީ އިލްމްވެރިންގެ މަޖްލީހުގެ މެމްބަރުން ތިވާހަކަ ދެއްކިނަމަ ބރުދަނެއް ހުރީސް

  30. އަލީ

    ތިޔައީ ސަލަފުގެ ބައިގަޑެއް.. ސަލަފު ޖަމްޢިއްޔާއިން މި ސަރުކާރާއި ދެކޮޅަށް އެއްވެސް ބަހެއް ނުބުނާނެ.. ސަބަބަކީ ސަލަފު ޖަމްޢިއްުޔާގެ ރައީސް އަބުދުﷲ އާއި ހައުސިން މިނިސްޓަރ މުއިޒުގެ އަބިކަބަލުންނަކީ އެއްބަޑު އެއްބަފާ ދެބެއިން.. މަޝްހޫރު ބާބުލް އަވާލީގެ ދެދަރިން.. މީ ހަޤީގަތަކީ...

    • މުޙައްމަދު

      ކަލެއަށް އެގޭތަ މައުމޫނު ޢަބްދުލް ޤައްޔޫމާއި ޔާމީން ޢަބްދުލް ޤައްޔޫމަކީ އެއްބަފާ ދެބެއިން .....، މިސަރުކާރުގަ ބަލަނީ ދީނުގައި އެކަމެއް އޮންނަގޮތަށް، ޤާނޫނާއި ޤަވާއިދަށް، ސަލުގެ އެތެރެއައި ބޭރުގައި އެއްވެސް ކިލަނބުކަމެއް ހުރިކަމުގެ އެއްވެސް ބަހެއް އަޑެއް އަދި ނެތް އެހެންވީމަ ސަލަފަށް އެއްޗެއް ބުނުމުގެ ފުރުޞަތެއްނެތޭ ބުނެވޭނީ .... ވަރަށް ސަލާމް

  31. އަލީ

    އިމުރާނު ޖަލުގައި އޮންނަތާވެސް އެތައް ދުވަހެއް. އެކަމު ތިމީހުން ތިވާހަކައެއް ނުދައްކާ. އެމްޑީޕީއާއެކު މަސައްކަތްކުރާތާ ވެސް އެތައް ދުވަހެއް. އެކަމު ތިމީހުން އުޅުނުތަނެއް ނޭނގެ. މިއޮއްހާ ދުވަހު ކޮންތާކު ތިއުޅުނީ. ތި އެންމެންނަށް ނިދި ޖެހިފަތަ ތިބީ.

  32. އިއްބަ

    މި ކަމާ އެންމެ ނައްޓާނީ އަލީ ނަޒީރު އާއި ޝިދާތާ

  33. އިއްބަ

    މިކަމާ އެންމެ ނައްޓާނީ ނަޒީރު އާ އިއްބަ

  34. ދފ

    ދެން އެހެން ވިއްޔާ ޕާޓީއިން ވަކިވެ ތިޔަ ޕްރެސް ކޮންފަރެންސްއަށް ފޮނުވި ބައެއްގެ ޕާޓީއާއި ގުޅެންވީނު. ކޮންމެ އިންތިހާބަކާއި ދިމާކޮށް މިކަހަލަ ބައިގަނޑެއް ނިކުންނާނެ. މިއޮތް ހުރިހާ ދުވަހު ކަލޭމެން ޕާޓީއެއް އޮތްކަން އިނގޭތަ؟ ޕާޓީ ތިޔަބުނާ ގޮތައް ހިންގަން ކީއްވެ ވަގުތު އޮތްވާ ނުދިޔައީ. އެތައްބަޔަކު ޖަލަށް ގޮސް މަދުބަޔަކުވެގެން ގަނަތެޅިގެން ޕާޓީ މިހިސާބަތް ގެނައިމަ ފަހުވަގުތު ނިކުމެ ފަލޮޅޭ ކިޔަނީ!!

  35. އަޙްމަދް

    ތީ ސަލަފުން ނެއް ނޫން!
    ތީ ޚަލަފުން"
    ސަލަފުންނަކީ
    ﷲގެ ރަސޫލާ (صلى الله عليه وسلم)އާއީ އެކަލޭގެފާނުންގެ ޞަހާބީ ބޭކަލުން (رَضِي الله عنهم)އާއި ތަޢާބީ ބޭކަލުން ނާއި އަތްބަޢަ ތާބިއީންނެވެ.
    ދެން ހެޔޮގޮތުގައި އެބޭކަލުން ނަށް ތަބާޢަވާ މީހުންނެވެ.
    ދައްނާށެވެ.ވީއރު އެބޭބޭ ކަލުން (ޞަލަފުއްޞާލިޙުން)ނަށް ހެޔޮގުތުގައި ތަބާޢާވާބަޔަކު ޕާޓީ ޕާޓީ ހަދައިގެން ޑިމޮކްރެސީ ކުރިއަރުވާ މުސްލިމު ވެރިން ނާއި ދެކޮޅުވެރިވެ އަންހެނުން ނާއި ފިރިހެނުން މަސްހުނިވެ މަގިުތަކަށް ނުކުމެ މުޒާހަރާ ކޮށް އެވެރިންނާއި އާއްމު މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެ ޕޯޑިއަމް ތަކުގަޔާ ޖަލްސާތަކުގަޔާ ހޮޅުއށިތަކުގަޔާ އާއްމު މީސްތަކުން އެއްވެ އުޅޭ އެއްމެހައި ތަންތާގާއި މުސްލިމު
    ވެރީން ނަށް ކުރވިފައިވާ ކުއްތަކުގެ ވާހާގޮވާ އާއްމު ރައްޔިތުންގެ ހިތްތަކުގައި މިޤައުމުގެ މުސްލިމުވެރީންގެ މައްޗަށް ރުޅިވެރިކަމާއި ނަފުރަތު އުފާދާ ވެރިކަމާއި ބާރުތަކާއި މުދަލާއި ފައިސާއަށް ދަހިވެތިވެގެން އުޅޭނެތޯއެވެ. ހަމަކަށަވަރުނެވެސް ނޫޅޭނެއެވެ.
    ވީއިރު މިރާއްޖޭގައި ދީންކުރިއެރުވުމުގެ ނަމުގައި އުފައްދާފައިވާ ސީޔާސީ ފިކުރުގެ ޖަމުޢީއްޔާޖާމާޢަތަށް "ސަލަފުން"ނުވަތަ (ޞަލަފުއްޞާލިހުން) ނަށް ނިސްބަތް ކުރަން ހެޔޮވާނެތޯ!
    މިއީކޮންފަދަ ނުބައިވެގެން ވާކެމެއްތޯއެވެ.
    ވިސްނާލުން ހުއްޓެވެ.

  36. ޖޮއްބެ

    ޢަދާލަތު ޕާޓީއަކީ މާތްވެގެންވާ އިސްލާމްދީނަށް ޚިދުމަތްކުރުމުގެ ގޮތުން އުފެއްދި ދީނީ ފިކުރުގެ ސިޔާސީ ޕާޓީއެކެވެ. ޕާޓީއިން ފުރަތަމަ ކަންކުރަމުން އައިސްފައިވަނީ ވެސް އެގޮތުންނެވެ. އެހެންނަމަވެސް ޕާޓީގެ އިސްސަފުގައި ތިބި ބައެއްވެރިންގެ އަމިއްލަ އެދުން ބޮޑުވެ ސަރުކާރާ ޒާތީވެ އިސްލާމްދީނާ ދިމާ އިދިކޮޅަށް ހަރަކާތްތެރިވާ ލާދީނީ ސެކިޔުލަރ ވިސްނުމުގެ ބައިގަނޑެއް ކަމަށްވާ އެމްޑީޕީގެ ފަހަތަށް ދިޔައީއެވެ. އެހެންކަމުން އެޕާޓީގައި ތިބި އިސްލާމްދީންދެކެ ލޯބިވާ މެންބަރުން ޕާޓީގެ މެންބަރު ކަމުން އިސްތިޢުފާދީފައި ދިޔައީއެވެ. މިހާރު އެޕާޓީއަކީ ޢަދާލަތު ޕާޓީއެއް ނޫނެވެ. އަދި ކިއެއްތަ "ޖަހާލަތު ޕާޓީއެވެ".