ސުޕްރީމް ކޯޓުގެ ވެބްސައިޓް ޑައުންވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓް ޑައުން ވެފައި ވަނީ ހޯސްޓިން މައްސަލައެއްގެ ސަބަބުންނެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓް ޑައުން ވުމާއި ބެހޭ ގޮތުން ސުޕްރީމް ކޯޓުން ވެސް އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓް މިއަދު ޑައުން ވެފައިވާއިރު ދައުލަތް ހިންގުމަށް ހުރަސް އަޅައި ސުޕްރީމް ކޯޓުގެ އައިޓީ ވިއުގައި ހުއްޓުމަކަށް ގެނައުމުގެ މަސައްކަތް މިހާރު ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ސީދާ އަމުރުގެ ދަށުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ އައިޓީ ވިއުގައި ހުއްޓުމަކަށް ގެނައުމުގެ މަސައްކަތް އުއްތަމަ ފަނޑިޔާރުގެ ބެއްލެވުމުގެ ދަށުން ކުރިކަމުގެ ހެކި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ވެބްސައިޓް މިހާރު ޑައުން ވެފައި ވަނީ ސުޕްރީމް ކޯޓުގެ އައިޓީ ވިއުގައި ހުއްޓުމަކަށް ގެނައުމަށް އުއްތަމަ ފަނޑިޔާރު ކުރިން ކުރި މަސައްކަތެއްގެ ސަބަބުން ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.