"ވައި ރައީސް ޔާމީން (ވައި.އާރު.ވައި)" އިން އެމްޑީޕީގެ ޔޫތް ވިންގަށް ޢިލްމީ ބަހުސަކަށް "ޗެލެންޖް" ކޮށްފިއެވެ.

ޓްވީޓާ އަށް ތަދު ކަމަށް ފާހަގަ ކުރެވޭ މިދުއަމް ސައުދާއި އެމް.ޑީ.ފީ ޔޫތު ވިންގުގެ ރައީސް މީކާއިލް ނަސީމާއި ދެމެދު މިއަދު ބަދަލު ކުރެވުނު ވާހަކަ ތަކުގައި މިދުއަމް ވަނީ އެމް.ޑީ.ޕީ ޔޫތު ވިންގާއި އިލްމީ ބަހުސެއް ކުރަން ތައްޔާރަށް ހުރިކަމަ ވިދާޅުވެ މީކާއިލް ތައްޔާރުތޯ ސުވާލު ކޮށްފައެވެ. މިދުޢަމް ސަޢުދު އެމްޑީޕީގެ ޔޫތް ވިންގަށް ބަހުސަކަށް ދައުވަތު ދީފައި މިވަނީ، އެމްޑީޕީގެ ޔޫތް ވިންގުގެ ރައީސް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

މީކާއިލް އިއްޔެ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ޕީޕީއެމްއިން ކޮންމެ އިލެކްޝަނަކާ ދިމާކޮށް މިނިވަން ފިކުރެއް ކަމަށްބުނެ ކޮންމެވެސް ނަމެއްގައި ވޯޓްލާ މީހުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މިއީ ސީދާ ރައީސް ޔާމީން ފަންޑް ކުރައްވައިގެން ހިންގަވާ ހަރަކާތެއްކަން ތުހުމަތު ކުރައްވައި މީކާއިލް ވިދާޅުވީ، 2013 ވަނަ އަހަރު "ވޭކް އަޕް މޯލްޑިވްސް" ގެ ނަމުގައި އެފަދަ ފިކުރެއް އުފަންކޮށްފައިވާ ކަމަށެވެ.

އެގޮތުން ވައި.އާރު.ވައި އަކީވެސް އިންތިޚާބާ ދިމާކޮށް އުފަންކޮށްފައިވާ އެފަދަ ފިކުރެއް ކަމަށް އޭނާ ޓްވީޓުގައި ސިފަކޮށްފައިވެއެވެ. މީކާއިލް މިހެން ވިދާޅުވި ނަމަވެސް ވޭކް އަޕް މޯލްޑިވްސް އަކީ އޭރު ގާސިމް އިބްރާހިމް އަށް ތާާއިދު ކުރި ގުރޫޕެއްކަން ފާހަގަ ކޮށްލެވެއެވެ.

މީކާއިލްގެ އެ ޓްވީޓަށް ރައްދު ދެއްވަމުން މިދުޢަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވައި.އާރު.ވައިގެ ފިކުރު އުފަން ކުރީ އެނާ ކަމަށްވާއިރު އެ ހަރަކާތާބެހޭ ގޮތުން އޭނާއަށް ވުރެ ބޮޑަށް މަޢުލޫމާތު އެނގޭނެ މީހަކު ހުންނާނެހެން ހީނުވާ ކަމަށެވެ.
އަދި ވައި.އާރު.ވައިއާ ބެހޭ ގޮތުން އުފެދިފައިޥާ ޚިޔާލު ތަފާތު ވުންތައް ސާފު ކުރެއްވުމަށް ސަޔަކަށް ނުވަތަ ބަހުސް އަކަށް އެރުމަށް މިދުޢަމްގެ ޓްވީޓުގައި އެމްޑީޕީގެ ޔޫތް ވިންގަށް ދަޢުވަތު ދީފައިވެއެވެ.

މިދުޢަމް މީގެ ކުރިން ފާހަގަ ކުރެވިފައިވަނީ ސޯޝަލިޒަމް ކުރިއަރުވަން މީސް މީޑިއާގައި ވާހަކަ ދައްކާ ބުލޮގަރެއް ގޮތުގައި އެވެ. ވައި.އާރު.ވައި ނުވަތަ ވައި ރައީސް ޔާމީން ފާހަގަ ކޮށްލެވެނީ ޕީ.ޕީ.އެމް އާއި ވަކިން ހިންގާ ޒުވާނުންގެ މޫވްމެންޓެއްގެ ގޮތުގައި އެވެ. ސަރުކާރުގެ ވަރަށް ގިނަ ޕޮލިސީތަކަށް ފާޑު ކިޔާ މި ޓީމުގެ ސުލޯގަން އަކީ "އައި ވިލް ރެލްޔޫ ވައި ޔާމީން، ޔޫ ޓެލް އަސް ހޫ އެލްސް" އެވެ. ވައި.އާރު.ވައި ގެ ބަހަކީ2018 ވަނަ އަހަރު އިންތިހާބުގައި އޮތް ދެ ޗޮއިސް އަށް ބަލާއިރު، އިގްތިސާދު، ގައުމު އަދި ދީން އެންމެ މުހިއްމު ތަނބުތައް ގޮތުގައި ބަލައި އެ ގުރޫޕުން ކުރި ދިރާސާ އަށް ބަލާއިރު މި ތިން މަސްދަރު ހިމާޔަތް ކުރުމަށް ވޯޓު ލާނީ ޔާމީނަށެވެ.

ވައިއާރުވައި އިން މާލޭގައި ބޭއްވި ސެޝަނެއްގެ ތެރެއިން

ދިވެހިންގެ ތެރެއިން ޓްވީޓަރއަށް ފޯރި ހުންނަ ގިނަ ބަޔަކު މިބަހުސްއަށް އިންތިޒާރު ކުރަމުން ދާއިރު އެކި ދާއިރާތަކަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ މި ބަހުސްއަކީ ވޯޓް ގެ "ފަހު ނިންމުން" ނިންމާނެ ބަހުސްއެއް ކަމަށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަލީ

    ސާބަހޭ ޔޫތުވިންގް

  2. ތަމީމް

    މިދުޢާމް އަކީ ބަހުސެއް ކޮށްލަން ކެރޭ މީހެއް ނަމަ، މަ ބްލޮކް ކޮށްލީ ކީއްވެ؟؟؟

    • ޛަމަސް

      ޢިހްތިރާމާއި ގަދަރަކީ ކޮންއެޗެއްކަން ނުދަންނަ ތާކުންތާކުނުޖެހޭ ވާހަދައްކާ މީނަށް ރައްދު ދިނުމަކީ ވަގުތުބޭކާރު ކުރުން

  3. ކަލިރި

    ބޮޑުތަނުގަޖެހުނީ

  4. ހުދާ

    އަާނ... އަސްލަށްވެސް ވަރަށް ވައި ވެއްޖެ ޔާމީންދެކެ. ރަނގަޅު ނަމެށް.

    • Anonymous

      އަސްލަކީ، އިދިކޮޅަކީ، އިލްމެއް ހިލްމެއް، ވަތަނެއް ދީނެއް މިއިން އެއްކަމަކަށްވެސް ލޯތްބެއް ހުރިބައެްނޫންކަން.

  5. ބަހުޘް

    ބަހުޘް ކުރުމަކުން ވޯޓެއް ނޭގޭނެ

  6. Anonymous

    އިލްމީ ބަހުސްއެއް ހުރިހާ ޓީ.ވީ ޗެނަލްތަކަކުން ގެނެސްދެއްވާ. ވަރަށް ބެސްޓް ވާނެ.

  7. Anonymous

    ހާދަ ތަފާތު ކުދިންކޮޅެއް. ތެދުވެރިކަމާއި ފައިދާއެއް ނެތި ކަންކަން ނުކުރާނަމަ ކާމިޔާބު ނުވާނެ.

  8. ރައްޔިތުން

    މޮޔަ ގޮވާނެ އަޅާ ނުލާ

  9. ބަރޯ

    ގުޑުލަކު މިދު ?

  10. ދ

    ކީއްވެބާ "ވައިރާރުވައި" އިންތިހާބާ ދިމާކޮށް އުފަންވީ؟ އިންތިހާބު ނިމޭއިރަށް ނޭގޭނެ ވާނުވާވެސް "ވޭކް އަޕް ނައު" ގޮތައް. އިންތިހާބާ ދިމާކޮށް ގައުމު މުހިއްމުވާކަމަށް ދެކޭ ބައިގަނޑުގެ ތެރެއިން ބައެއް. ކުރިން އޮންނަނީ ރަށްރަށަށް ގޮސް ކަޑަ ޖެހުން. މިހާރު ކަޑަ ޖެހުމުގެ އިތުރަށް މިއޮންނަނީ މިކަހަލަ ބައެއްލައްވާ ނޭގޭ މީހުންގެ ބޯކާލުން.

  11. އަހުމަދު687ް

    ކީއްވެބާ މުޅި އެމްޑިޕީގެ ސެންޓްރަލް ލީޑާރޝިޕްގައި ހުސް އަންނިގެ އާއިލާ މީހުން މިތިބެނީ
    މީކާއީލް ވެސް މީ އެފެމިލީ !
    މުޅި އެމްޑީޕީ ކޮންޓުރޯލް ކުރަނީ އަންނި