ހދ.މަކުނުދޫ ފަދަ ރަށްތަކުގައި ވެސް އެއާޕޯޓް އަޅުއްވައި ދެއްވޭނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅޫވީ މަކުނުދޫ އަށް ވައިގެމަގުން އުދުހެވޭނެ ގޮތެއް ހައްދަވައި ދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ވިދާޅުވެފައި ވަނިކޮށެވެ.

އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މަކުނުދޫ ފަދަ ރަށްރަށުގައި ވެސް އެއާޕޯޓް އަޅުއްވައި ދެއްވާނީ ރައީސް ޔާމީން. އިންޝާﷲ ރައީސް ޔާމީންގެ ދެވަނަ ދައުރުގައި އެކަންކަން ފުރިހަމަ ކޮށްދެއްވާނެ. ރައްޔިތުންގެ މަންފާއަށް ކުރައްވާ ކަންކަމުގައި ރައީސް ޔާމީން ބައްލަވަނީ އެކަމަކުން ލިބޭ ފައިދާއަށް ވުރެ ބޮޑަށް ރައްޔިތުންނަށް ލިބޭ ފަސޭހައަށާއި ކުރިއެރުމަށް." ކަމަށެވެ.

30 މިނެޓް ކަަނޑުދަތުރު ކޮށްފައި ދެވޭ ހިސާބުގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމީންގެ ވައުދެކެވެ. އެވައުދުގެ ދަށުން އެމަނިކުފާނުގެ ސަރުކާރުން ގެންދަވަނީ ގިނަ އެއާޕޯޓްތަކެއްގެ މަސައްކަތްތައް މިހާރު ވެސް ކުރައްވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވަނީ ރައީސް ޔާމީންގެ ސަރުކާރުން މާގިނައިން އެއާޕޯޓް އަޅާކަމަށް ބުނެ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނަމަވެސް އިބޫ ރިޔާސީ އިންތިޚާބު ކެމްޕޭން ފެއްޓެވުމަށް ފަހު ތ.އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅުއްވައި ދެއްވަން ވަނީ ވައުދު ވެފައެވެ. އަދި މަކުނުދޫގައި އެއާޕޯޓެއް ނުވަތަ ސީޕްލޭންގައި ދަތުރު ކުރެވޭނެ ގޮތެއް ހައްދަވައި ދެއްވާނެ ކަމަށް ވަނީ ވައުދުވެފައެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ވެސް އެއާޕޯޓް އަޅާނެ ކަމަށް އިބޫ ރޭ ވަަނީ ވައުދުވެފައެވެ.

ރައީސް ޔާމީން އާއި އިބޫ ވާދަކުރައްވާ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނިޔާޒް

    100%ރަގަޅުވާހަކައެއް

  2. ލައިލާ

    އިންޝާﷲ ރައީސް ޔާމީންގެ ދެވަނަ ދައުރުގައި އެކަންކަން ފުރިހަމަ ކޮށްދެއްވާނެ. ރައްޔިތުންގެ މަންފާއަށް ކުރައްވާ ކަންކަމުގައި ރައީސް ޔާމީން ބައްލަވަނީ އެކަމަކުން ލިބޭ ފައިދާއަށް ވުރެ ބޮޑަށް ރައްޔިތުންނަށް ލިބޭ ފަސޭހައަށާއި ކުރިއެރުމަށް." ކަމަށެވެ.

  3. ޔާމިން

    ހދ.މަކުނުދޫ ފަދަ ރަށްތަކުގައި ވެސް އެއާޕޯޓް އަޅުއްވައި ދެއްވޭނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

  4. މާރިޔާ

    ސާބަހޭރައީސްޔާމިން

  5. އަލީ

    އަދުރޭ ބުންޏަސް ތެދުވާހަކައެއް.

  6. މޯޖޯ

    މީހުން ހަދާފައި ހުންނަ ޅެމުގެ ބައިތައް ލައިގެން އެހެންމީހުން ޅެން ހެދީމާ ކިޔާއުޅެނީ "ޅެންވެރިންގެ ފޮށި ފެޅުން" މިހެންނެވެ. ހިންނަވަރު އިބްރާހީމް މުޙައްމަދު މި ކުރާކަމަކީ ރައީސް ޔާމީނުގެ "ވަޢުދުގެ ފޮށިފެޅުން" ކަމުގައި ބުނެވިދާނެއެވެ.

  7. ސަމައި

    އެއާޕޯޓު އަޅާ ވާހަކަ މީހަކު ނުދައަކާ، ވައިގެ މަގުން ދެވޭނެ ގޮތުގެ ވާހަކަ ދެއްކީ އޭގެ ތެރޭގެ ސީޕްލޭންވެސް ހިމެނޭ، އެއާޕޯޓު އަޅަން ޖެހިއްޖެއްޔާ އެއާޕޯޓުވެސް އަޅާނެ ނުކުރެވޭނެ ކަމެއްގެ ވާހަކައެް ނުދައްކާ. މިދިޔަ ފަސް އަހަރުތެރޭ ހުން ނުފުއްދޭ ވައުދު ގިނައީ ކަލޯމެން ނަށް

  8. އަތޮޅޭ

    ރައްތައް ވިއްކައިގެން ތަން ތަން ހަދަނީ ރައްޔިތުން ފެލައިގެން . ތަކެތީގެ އަގު އެހާ ބޮޑު..ކޮން ތަރައްގީ އެއް މިކޮމެންޓް ނުޖަހާނެ