ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔަވާހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އަޅާ 7000 ހައުސިން ޔުނިޓްގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ހުޅުމާލެ ތަރައްޤީ ކުރާ އެޗްޑީސީ އިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށް ދަނީ 7000 ހައުސިން ޔުނިޓްގެ ކޮންކްރީޓް މަސައްކަތެވެ. ގިނަ ހައުސިން ޔުނިޓްތަކުގެ ކޮންކްރީޓް މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ މިހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

7000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ދަނީ – ފޮޓޯ: އެޗްޑީސީ
7000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ދަނީ – ފޮޓޯ: އެޗްޑީސީ

މި 7000 ހައުސިންގް ޔުނިޓް ތަކުންގެ ތެރެއިން 1000 ހައުސިންގް ޔުނިޓަކީ ސިވިލް ސަރވިސް މުއައްޒަފުންނަށް ދޫކުރާނެ ހައުސިން ޔުނިޓްތަކެވެ. އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްޞަކޮށް 1000 ހައުސިން ޔުނިޓާއި ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ހައުސިން ޔުނިޓް، ދަފްތަރުގެ ރަށްވެހިންނަށް 1044 ފްލެޓް، ޑޮކްޓާރުންނާއި ނަރުހުންނަށް 475 ހައުސިން ޔުނިޓް ޓީޗަރުންނަށް 625 ހައުސިން ޔުނިޓް އަދި އެކަނިވެރި މައިންނާއި ބަފައިންނަށް 500 ހައުސިން ޔުނިޓް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ޢާއިލާ ތަކަށް 200 ހައުސިން ޔުނިޓާއި ނަޝީދުގެ ސަރުކާރުގައި ގުޅީ ފަޅުގައި އަޅަން ނިންމި ހައުސިންގ ޔުނިޓްތަކަށް ފައިސާ ދެއްކި ފަރާތްތަކާއި އަދި ގާކޮށި އިމާރާތުން ހައުސިން ޔުނިޓް ލިބި، ފައިސާ ނުދެއްކުނު ފަރާތްތައް ހިމެނޭ ގޮތަށް ދެބައި މީހުނަށް ގާތްގަނޑަކަށް 300 ހައުސިން ޔުނިޓް ދިނުމަށް ހަމަޖެހިފައިވާއިރު، މި 7000 ފްލެޓްގެ ތެރެއިން ދިވެހި ފުލުނުހުންނާއި އަދި ސިފައިންނަށް، ކޮންމެ މުއައްސަސާގެ މުއައްޒަފުންނަށް 300 ހައުސިން ޔުނިޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި ހައުސިން ޔުނިޓްތަކުގެ ތެރެއިން 256 ފްލެޓް ވަރަށް ޚާއްޞަ ގޮތަކަަށް ދޫކޮށްލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެއީ މާލޭ މާފަންނު ހުޅަނގު ދާއިރާއަށް ނިސްބަތްވާ 256 ގޭބިސީ އަކަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުން ވެސް އަންނަނީ ހުޅުމާލޭގައި ފްލެޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލީ

    ސާބަހޭ ރައީސް ޔާމީން

  2. ފެނޭތޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...

  3. ސީލާސީލާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި ދެން ތަމެން ސީލަބަލަ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ...

  4. ބޭބެ

    ސާބަސް ރައިސް ޔާމީން!! ހަމަ އައްސަރި ބަހާއި ސާބަސް!! ހަމަ ޙަގީގަތުގައިވެސް އަޅުގަނޑުގެ 48 އަހަރުގެ މިހާޔާތުގައި އަޅުގަނޑު ނުދެކެން މިވަރުގެ ވެރިއެއް!! މިވަރުގެ ނަތީޖާ ނެރޭ ވެރިއެއް ނުދެކެން!! މިރާއްޖޭގެ ކޮންމެ ދިމާލަކަށް ބެލިކަމުގައިވިޔަސް ރަށްތައް ބިނާކުރުމާއި ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތަށް ގާއިމުކޮށްދިނުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރަމުންދާތަން އެބަފެނޭ!! ވަރަށް ސްޓެރެޓިޖީކްކޮށް މަސައްކަތްތަށް ރާވާ ދުރަށް ވިސްނައިގެން މަސައްކަތްކުރާތަން ފެންނަނީ!! އޭގެ ކުޑަކުޑަ މިސާލެއް ދަންނަވާލަން!! ރަށްތައް ހިއްކުމަށްޓަކައި އަމިއްލަށް ގައުމީ އުޅަދެއް ބަނަދެގެން ގެނައުން!! އާދެ މަހާޖައްރާފު!! ދެން ގެނައީ ރާއްޖެއަށް ބޭނުންވާ ތެޔޮ ދުނިޔޭގެ ކޮންމެތަނަކުންވެސް ގެނެވޭ ވަރުގެ އަމިއްލަ ގައުމީ ބޯޓެއް!! އާދެ އެއީ 4000 ޓަނުގެ ތެޔޮއުފުލޭ އުޅަނދެއް!! މިއީ އަމިއްލަ ފައިމައްޗަށް މިދާއިރާތަކުން ތެދުވުމަށްޓަކައިކުރި ވަރަށް ރަގަނޅު މަސައްކަތެއް!! ދެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މުޅިން އާ ރަންވޭ އާއި މުޅިން އާ އިންޓަރނޭޝަނަލް ޓާމިނަލް އަކާއި ފިއުލް ފާމަކާއި ކާގޯ އޭރިޔާއަކާއި ސީޕްލޭން ހަބަކާއި އެކު މުޅި މަޝްރޫޢު އެގެންދަނީ އެއްބިލިއަން ޑޮރަލު އަގުހުރި މަސައްކަތެއް ކުރަމުން!! ބްރިޖް އެނިމުނީ!! މާލެވަށާ ރަގަނޅު ފެންވަރަކަށް މަގުހަދާ އެނިމެނީ!! ހުޅުމާލޭގައި 50 މެގަވޮޓުގެ މުޅިން އާއިންޖީނުގެ އަޅާ އިންޖީނުތައް ސްޓޯލްކޮށް އެނިމެނީ!! މިހެންގޮސް އެތައްކަމެއް!! އަޅުގަނޑު ބޭނުންވަނީ މިފަދަވެރިއެއް!! އަޅުގަނޑަށް ސީދާކޮށް އެއްވެސް ފައިދާއެއް ނުލިބޭ!! އެކަމަކު މުޅިގައުމަށާ ރައްޔިތުންނަށް މިކަމުގެ ސަބަބުން އެތައްކުރިއެރުމެއް ލިބޭނެ!!

  5. އަސަރީ

    2018ގެ އިންތިޚާބުވެސް ކާމިޔާބުކުރާނީ ރައީސްޔާމީނު އެހެންނުވާންވީކީއްވެތަ ރައްޔިތުގެ ޙައްގުގައި މަސައްކަތްކުރެއްވި ހަމައެކަނި ވެރިޔަކީ ރައީސް ޔާމީނު

  6. ބޮކި ބޮކި ބޮކި

    އަދިކިރިޔާ އޮށްތައް ފަޅަންފެށީދޯ ! މިވީ 5 އަހަރު އަދި ފުލެޓެ ލިބިފައެއްނެތް !

  7. އަޅުގަނޑު

    އަލްހަމްދުﷲ

  8. ޑރ ވަހީދު

    ވ. ސާފުކޮށް މިބުނަނީ ޔާމީނުގެ ސަރުކާރުގަ، ސަރުކާރުން ފަށާ ނިމުނު އެއްމެ ފުލެޓެއްވެސް ނުހުންނާނެ! މިކަހަލަ ފުލެޓެއް ދެއްކި މީހަކަށް ލަގުޒަރީ 3 ރޫމުގެ އެޕާރޓުމަންޓެއް ހުޅުމާލެއިން ހިލޭ ދޭނަން! ދެން ކޮން ފުލެޓެއްގެ ވާހަކައެއް ދައްކާކަށް! އަންނި އިރުގަ ނޫނީ ވަހީދު އިރުގަ ހަދާ ނިމިފަހުރި ތަންތަން ހަމައެކަނި ދެވުނީ!

  9. ސަޅިއޭ

    ތީ ރައީސަކީ.. ހަމަ ހަބޭސް.. ދިވެހިންގެ އުންމީދާ ގުޅިފައިވާ ރައީސަކީ ހަމަ ތީ