ރައީސް ޔާމީންގެ ސަރުކާރުން ކުޅުދުއްފުށީގައި ތަރައްގީކުރާ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙް (އިބޫ) މިއަދު ބައްލަވައިލައްވައިފި އެވެ.

އިބޫ މިހާރު ކުޅުދުއްފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެއާޕޯޓް ސަރަހައްދަށް ވަޑައިގެން އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެވިއެވެ. އޭނާ އާއި އެކު ކުޅުދުއްފުށީގެ އެމްޑީޕީގެ އިސް ބައެއް ބޭފުޅުންވެސް ވަނީ އެސަރަހައްދަށް ޒިޔާރަތްކުރައްވާފަ އެވެ.

އިދިކޮޅު އިއްތިހާދުން ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އިބޫ ވަނީ އޭނާގެ ވެރިކަމުގައި ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ވައުދު ވެފައެވެ.

ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް އަޅަން ނިންމުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ އެކަމާއި ދެކޮޅު ހައްދަވާފައެވެ.

ކުޅުދުއްފުށީގައި އެއާޕޯޓު އަޅަން އެމްޓީސީސީގެ ކޮންނަ ބޯޓު، މަހާޖައްރާފުން ޖެނުއަރީ މަހު އެރަށުގެ މޫދުން ހަ ހެކްޓަރު އަދި ކުޅިން ނުވަ ހެކްޓަރު ބިން ވަނީ ހިއްކައިފަ އެވެ. ނަމަވެސް ރަންވޭގެ މަސައްކަތް ފެށެން އޮތީ ރަށުގެ އިރުމަތީ ފަރާތުގައި މީހުން ދިރިއުޅެމުން އަންނަ 18ގެ ނަގައިގެންނެވެ.

އެ 18 ގެ ނެގުމަށްޓަކައި ކުޅުދުއްފުށީގެ އެހެން ސަރަހައްދަކުން ބިން ދޫކޮށް އަދި އިމާރާތްކުރަން ފައިސާ ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އެގެތަކުގެ އަގުކޮށް އެ މައުލޫމާތު ގޭވެރިންނާ ވެސް ވަނީ ހިއްސާކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ދޭން ބުނާ އަގަށް ގެތަކުގެ ވެރިން އެއްބަހެއްނުވެ އެވެ. އެހެންވެ ގެތައް ނެގުމުގެ މަސައްކަތް މިހާރު އޮތީ ހުއްޓިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޢަލީ ހަމީދު

    ބަނޑުއަކިރި..

  2. ނަފީސާ / ކުޅުދުއްފުށި

    މިމީހުންގެ ލަދު ޙަޔާތެއްގެ ކަންފުޅެއްވެސް ނެތްދޯ؟

  3. ޙަފްޞާ / މާލެ

    ކިހާވަރެއް ކޮށްލި މިބައިގަނޑު ތިކަން ކުރިޔަނުދެން! މިހާރު ބަލާބަލަ ދައްކާ ވާހަކަ؟ ރައްޔިތުން ގޯނިފުލަށްވައްދަން ތެޅި މަރުވަނީ... މިހާރުވެސް ދިމާވެފައިހުރި ދަތިތަކަކީ މި ބައިގަޑު އަޑިގައޮވެގެން ޖައްސާ އުދަގޫކަން ކަށަވަރެވެ.

  4. ކައުންސެލަރު

    މިހާރު ތިޔަހުރީ ހިމާޔަތްކުރަން އަމިއްލޕާޓީން ގޮވިކުޅި ހިއްކަން އަޅާފައޮތް ވެލިތައްމަތީގަ. ކޮބާލަދު

  5. މޯޑް

    މިސަރުކާރުން ކޮންކަމެއްހޭ ކުޅުދޫފުއްޓައްކޮދިނީ، އަޅެފަހެ ހެޔޮނުވާނެ ހަމަހޭވެރިވެބަލަ ތިޔަހިނގަނީ މިސަރުކާރުން އަޅައިދޭ އެއަރ ޕޯރޓް ހަދާ ބިމުންނެ، އެމަސައްކަތް ކުރަމުންދާ ގޮތޭ ތިބަލަނީ، މަނިކުފާނައް ކިހިނެއްވެފަތޯ ތިހުންނެވީ؟ ތިޔަވަރުގެ މީހަކަށް
    ޤައުމު ހިންގަން ހަވާލުކުރަން ހެޔޮވާނެތޯ؟

  6. ބޭބެ

    ކަލޯނޭ ބަލާލާފަ ހިންދިރުވާލާފަ ތިރަށުން ކުރުނބަލެއް ބޮޔެގެން އަވަހަށް ފައިބާ!! ހިތާހިތާ ބުނާ ޔާމީން މީ ވަރުގަދަ މީހެކޭ!!

  7. ސްކޯރޕިއަން

    އިބޫކަނޑު ހިއްކައިގެން ވެސް ގެއަޅާދީފާނެ! މިވަގުތު އިބޫއެހުންނެވީ ކޮންމެ ކަމެއްވެސް އަގައިން ބުނެލާއިރަށް ކޮށްދެވޭވަރުގެ މަޤާމަކަށް ކުރިމަތިލައްވައިގެން އާދެވިއްޖެނަމަ! ދެން ބޮޑަށް ހީވަނީ ޔާމީން ހިއްކެވި ތަނުގައި އިބޫއަޅުވާނީ ފްލެޓްހެން. ފުލެޓް އަޅުއްވާ ނިމިގެން އެއަރޕޯޓުއަޅާނެ ތަނަކާވިސްނަވާނީ. ކޮންމެއަކަސް ވައުދުތައް ހަމަފުނިފުނި ޖެހެމުން މިއަންނަނީ ވޯޓް ކަރުދާސް ކޮޅުގައި ފާހަގަޖަހަންވީ ދިމާއޮތީ ސުވާލުމަކެއްގައި ނުފެންނަކުލައިން ކޮމާކޯޅިއެއްގައި އޮތީ ވެރިކަންކުރާނީ ހަމައެނިންމިގޮތަށް ދޮޅުއަހަރުތޯ!!
    ފަސޭހަކަމަކަށް ނުވާނެ

  8. ސަލާސް

    އެމްފަހުންއެތަނައްޕާވީ

  9. މުޙައްމަދު

    ނުކިޔަވާ ތިބޭމީހުން ކަންކުރާގޮތަކީ ތިއީ ކޮޕީ ކޮއްފަ ބުނާނީ މަވަރެއްނެތޭ ހހހހހ

  10. ހދ

    އިބޫ ކޮންމެހެނވެސް ބަލަންޖެހޭ އެއާޕޯޓްއަޅާ
    ސަރަހައްދު އެމީހާ ނުބަލައިފިނަމަ ތިކަން
    ކުއަކަށް ނުދާނެ ތިބާބާވަތުގެ ދެއުޅި ެއެއްނުވާ
    މީހުން ވެރިކަމަށް އަންނަން މަސޢްކަތް ކުރުމަކީ އާކަމެއްވެސްނޫން ރައްޔިތުން ސިހޭނެ
    ކަމެްްވެސް ނޫން

  11. އަބުޅޯބެ

    އިބޫ އަނެއްކާ މިއަދު ހަމަދުވަިެއްބާ ކުރިޔަނުދޭން އުޅުނު ކަމެއް ކުރާތަންބަލަންދާން ލަދެއްނުގަނޭދޯ

  12. ޙަސަން

    ތީ ހުސް ދޮގު

  13. ހުސޭނުބޭ

    އެހެންވިއްޔާ ވަރަށް އަވަހަށް ކުޅުދުއްފުށީ އެއަރޕޯޓު މަތިން އެއަރޕޯޓެއް އަޅާނެ!!!!!