ޠަބީއީ ގޮތުން ހދ.ކުޅުދުއްފުށި ސިޓީއަކަށްވާނެކަމަށާއި، އެކަން އެރަށުގެ އާބާދީ 10،000 އަށް އެރުމުން ވާނެކަމަށް ވިދާޅުވެ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ޞާލިހު (އިބޫ)، ރޭ ކުޅުދުއްފުށީގައި ދެއްކެވި ވާހަކަފުޅުތަކަށް ރައީސުލުމްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ރައްދު ދެއްވައިފިއެވެ.

ރައީސް ޔާމީން، މިހެން ވިދާޅުވެފައިވަނީ ތ.ބުރުނީގައި ދައުލަތުން ޚަރަދު ކުރައްވައިގެން ހިންގެވި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް، މިއަދު ހެނދުނު އެރަށުގައި ބޭއްވި ޖަލްސާގައި އެރަށު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

"ދެންމެ ތޯރިޤު އެވިދާޅުވީ ކުޅުދުއްފުށި ސިޓީއަކަށް ވާނެ ގޮތް. ޠަބީއީ ގޮތުން އެކަން ވާނެ. 9000 އެތައް ބައެއް އުޅޭ ރަށެއް ކުޅުދުއްފުއްޓަކީ. ހަމަ 10،000 ހަމަ ވާއިރަށް، މިހާރު ޤާނޫނު އޮތް ގޮތުން، ކުޅުދުއްފުށީ ސިޓީއަކަށް ވާނެ. އޭގައި އެބޭފުޅުން ނުޖެހޭ މުޑުވަށް ކުރައްވައިގެން އިތުރު މީހުން ދުނިޔެއަށް އުފައްދައިގެން ނޫނިއްޔާ 10،000 ހަމަ ކުރާކަށް ނުޖެހޭ. އެހެންވީމާ، ޠަބީއީ ގޮތުން ވާނެ ކަންކަން އެހުންނަނީ." ރައީސް ޔާމީން މިއަދު ބުރުނީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ރައީސް ޔާމީން ފައްޓަވާފައިހުރި ތަރައްޤީގެ މަޝްރޫޢުތައް، އިދިކޮޅު ފަރާތްތަކުގެ ކެންޑިޑޭޓު، އިބޫ ވެރިކަމަށް ވަޑައިގަތްކަމުގައިވިޔަސް، ނުހުއްޓުވާނެކަމަށް ވިދާޅުވި ވާހަކަފުޅުތަކަށްވެސް ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.

އެގޮތުން، ކުޅުދުއްފުށީގައި ސަރުކާރުން ޚަރަދުކުރައްވައިގެން ބިނާކުރައްވާ އެއަރޕޯޓާ ދެކޮޅަށްވެސް އެންމެ ބޮޑަށް ވާހަކަ ދެއްކި ފަރާތްތަކަކީވެސް، މިހާރު އިދިކޮޅުގައި ތިއްބެވި ފަރާތްތައްކަމަށް ރައީސް ވިދާޅުވިއެވެ. އެރަށުގައި އޮންނަ މަށި ކުޅިން ކިސަޑު ނަގައިގެން އެކަން ކުރަން އުޅުމުން އެފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކީ ކަމަށާއި، އެމަޝްރޫޢު ނުފެށި ދިގުލައިގެން ދިޔައީވެސް އެސަބަބާ ހެދިކަމަށް ރައީސް ވިދާޅުވިއެވެ. އެފަރާތްތަކުން އޭރު ބުނަމުން ދިޔައީ، ކުޅުދުއްފުއްޓާއި ހަނިމާދޫ އާ ދެމެދު ބޭނުންވަނީ ފެރީއެއްކަމަށާއި އެހެންނަމަވެސް، މިހާރު އިދިކޮޅުވެސް، އެއާޕޯޓުގެ މަޝްރޫޢު ހުއްޓުވައި ނުލައްވާނެކަމަށް ވިދާޅުވަމުންދާކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.

"ކުޅުދުއްފުށީގެ އެއާޕޯޓުގެ ކަންތައް ދިޔައީ މި ދެންނެވި ކަހަލަ ގޮތަކަށް. މިހާރު އެއާޕޯޓު އެޅުމަށް ޗަސްބިން ހިއްކައިގެން ނުވާނެކަމަށާއި އެއިން ލިބޭނެ ގެއްލުންތަކުގެ ވާހަކައާއި އަދި ފެރީ އަކުން އެކަން ދެކޮޅު ޖެއްސޭނެކަމުގެ ވާހަކަ އެންމެ ބޮޑަށް ދެއްކެވި ބޭފުޅުންނަކީ އެބޭފުޅުން (އިދިކޮޅު ފަރާތްތައް). އެކަމަކު މިއަދު، ކުޅުދުއްފުށީގައި އެއާޕޯޓު އެޅޭނެކަން ޔަޤީންވީމާ ޗަސްބިން ހިއްކާ، އެއާޕޯޓުގެ ޓާމިނަލް އަޅާ ސަރަޙައްދު ސާފުކޮށް، އަދި އެތަނަށް މޮބިލައިޒްކޮށް މަސައްކަތް ފެށީމާ މިހާރު ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅުއްވާނެ ވާހަކަ އެވިދާޅުވީ." ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ، ކުޅުދުއްފުށީގައި އިތުރު އެއާޕޯޓެއް އަޅުއްވާނެކަމަށް، އިދިކޮޅު ފަރާތްތަކުން ވިދާޅުވެދާނެކަމަށާއި އަދި އެހެން ރަށަކަށް ވަޑައިގެން، އެރަށެއްގައި ހުރި އެހެން ޚިދުމަތެއް ދެއްވާނެކަމަށްވެސް ވިދާޅުވެދާނެކަމަށްވެސް ރައީސް، ސަމާސާ ރާގަކަށް މިއަދުވެސް ވިދާޅުވެފައިވެއެވެ.

އިބޫ ވަނީ މިއަދު ކުޅުދުއްފުށީ އެއާޕޯޓް އަޅާ ސަރަޙައްދަށް ވެސް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަލީ

    އަސްލު ވާގޮތަކީ ނުކިޔަވާ ހުރީމަ ނޭނގެނީ ކަންތައްތައް ކުރާނެގޮތް. އިބޫއަށް މިހާރު އިނގޭ އެއާޕޯޓު އެޅޭކަން އެކަމު އޭނައަކަށް ނޭނގޭ އޭނައަކީ އަދިވެސް ވެރިކަން ކުރަން ގާބިލް މީހެއްނޫންކަން. އެހެންނުވާނީ ނަޝީދު ހުރީ އެވަރަށް ޗިޕުތަޅާފަ.

  2. ރަޝީދާ

    ދޮގެއްނޫނޭ ރައީސް އެ ވިދާޅުވީކީ! ކުޅުދުއްފުށި އެއޮތީ ތަރައްޤި ފުރިހަަވެފަ! ސިޓީއަކަށް މިހާރު އޮތް ހަމައެކަނި ޝަރުޠަކީ 10000 ގެ އާބާދީ! އެ ޢަދަދު ހަމަވާއިރަށް އެރަށް ސިޓީއަކަށް ބަދަލުވާނެ! ދެން އިބޫ ގޮސް މޮޔަގޮވީމާ މީހުން މަލާމަތެއްނު ކުރާނީ؟

  3. ކުޑަ އާދަމްބެ

    ޢިބޫމެންނަކަށް ނުހުއްޓުވޭނެ މިސަރުކާރެއްވެސް އދި އެއްވެސް މަސްރޫޢުއެއްވެސް ،، ހިންނަވަރޭ މެން ދާންވީ ޖެއްސުންކުރަން ........

  4. މޯޖޯ

    އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހުރި މޮޔަކމާއެވެ. ކަލޯ ހިންނަވަރު ހަދާބަލަ ސިޓީއަކަށް. ހައްހައްހައް!

  5. ހިންނަވަރު ކުޑަބޯ

    ހިންނަވަރޭމެން ދައްކާ ވާހަކައިން އެއޯމެންގެ ކޮސްކަން އެބައެނގޭނު. ލަދުގެ ކަންފުޅެއްވެސް ހުރިނަމަ ޔާމީނާ އިދިކޮޅަށް ނުކުމެ މޮޔަގޮވާކަށް ނުކެރުނީސް.

  6. ޒީނާ

    ކޮންމެ މީހަކު ވިޔަސް މިފަހަރު މަ ވޯޓު ދޭނީ 10000 ރުފިޔާދޭފަރާތަކައް،

  7. ލާމަސީލު

    އިބޫއަކަށް އަސްލު ނޭނގޭ ދޯ ވާނުވާއެއް.އެހެންވެ ހަމަ ނުުޖެހޭވާހަކަވެސް ދެއްކޭނެ. ވެރިޔަކަށް ކުފޫ ހަމަވާ މީހެއްނޫން އެއީ.. އެވަރު އިނގޭ ދހިވެހި ރައްޔިތުންނަށް

  8. ޙާލުގެދުލުން

    މިޤައުމަށް އަންނަ ތަރައްޤީ ދެކެފައި އެއުޅެނީ ހޭކުޑައިވެގެން

  9. ސަރީފާ

    އަސްލު ވާނުވާގަ ދޯ މިހުންނަވަނީ. ޗާޖު ކޮއްފަ ފޮނުވާލީމާ ގޮސް ގޮވޭ ކޮސްވެސް ނޭގެ. ހިންނަވަރޭ ކަލޭ މަހައްދޭ.

  10. ސީނު

    އަތޮޅެ ތެރެއަށް ގެންނަން އުޅުނު ކޮންމެ ތަރައްޤީ އެއް ސީދާގޮތުންނާއި ނުސީދާގޮތުން ވެސް ހުއްޓުވަމުން ދާބައެއް ރައީސް ތި ބުނުއްވާ ބައިގަނޑަކީ، ބައެއް ރައްރަށުގަ ރީނދޫ ކައުންސިލަރުން ތިބެގެން ތަރައްޤީ އައް ހުރަސް އަޅަމުން އައީ، ރީނދޫމެންގެ ބާރު ނެތްތަންތަނުގަ ބޭރުގެ ގައުމުތަކުގެ ނުފޫޒުގެ ބޭ ބޭނުންކޮާްގެން ހުއްޓުވާ، ލަސްކޮއް އެމަސްރޫ އާއިމެދު ރައްޔިތުން ހިތުގަ ނަފުރަތު އުފައްދާ ތަރައްގީ އައް ހުރަސް އަޅަމުން ތަރައްޤީ ނައްތާލަމުން އަންނަ ބައެއްތީ

  11. އިހުމާލު އިބޫ

    ކިކަލޭގެ ނުކިޔަވަ ހުރީމާ މިހެން މި ވަނީ މިހާރު ހިތަށް އަރާނެ ޔާމީން ހާދަ މޮޅޭ ތަރަށްގީ ގެންނަން އެހެންވެގެން ހިތާ ދެކޮޅައްވެސް ކުޅުދުއްފުށި އެއަރޕޯޓު އަޅާގޮތް ބަލައިލަންވެސް ދެވުނީ.